މިދިޔަ ބުރާސްފަތި ދުވަހު މަރާލި، އިރާގުގެ މަޝްހުރު މޮޑެލް، ތާރާ ފާރިސްގެ އެންމެ ފަހުގެ ވަގުތުކޮޅު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.

ތާރާ މަރާލާފައި ވަނީ، އޭނާގެ ކާރުގައި އިރާގުގެ ސިޓީއަކުން ބަޣުދާދަށް ދަތުރުކޮށްފައި ދަނިކޮށް ސައިކަލަކުން ދިޔަ ދެ މީހަކު އޭނާއަށް ބަޑިން ހަމަލާ ދިނުމުގެ ސަބަބުންނެވެ. މި ހާދިސާގައި ތާރާގެ ބޮލަށް ދެ ވަޒަނާއި މޭމައްޗަށް އެއް ވަޒަން އަމާޒުވެފައިވާއިރު، ހޮސްޕިޓަލަށް ނުގެންދެވެނީސް ވަނީ މަރުވެފައެވެ.

މަރާލި ތާރާ ފާރިސް

މިހާރު އާންމުވެ ދައުރުވަމުންދާ ވީޑިއޯއިން ތާރާގެ އެންމެ ފަހުގެ ވަގުތުކޮޅު ފެންނައިރު، އެ ވީޑިއޯއިން އޭނާއަށް ހަމަލާދިން ދެމީހުން، ހަމަލާދިނުމަށްފަހު ސައިކަލަށް އަރައިގެން ފިލަންދާ މަންޒަރު ފެނެއެވެ. އޭރުވެސް މަޑުމަޑުން އޭނާގެ ކާރު ދިޔައީ ކުރިއަށް ދުއްވަމުންނެވެ.

އޭގެ ފަހުން މާގިނައިރެއް ނުވެ، އެ ސަރަޙައްދުން މީހަކު ދުވެފައި ގޮސް ތާރާގެ ކާރުގެ ދޮރުކޮޅުވާލައި އެހީތެރިވުމަށް މަސައްކަތްކުރާ މަންޒަރު ވީޑިއޯއިން ފެނެއެވެ. ނަމަވެސް ކާރު ތެރޭގައި އެވަގުތު ހުރި ތާރާ ނުވަތަ އޭނާއަށް ހަމަލާދިން މީހުންގެ މޫނު ވީޑިއޯއިން ސާފެއް ނުވެއެވެ.

ތާރާއަކީ އިރާގުގައި 2015 ވަނަ އަހަރު ބޭއްވި ރީތީގެ ރާނީ ހޮވުމުގެ މުބާރާތެއް ޔާމިޔާބު ކުރި އަންހެނެކެވެ. އޭނާއަށް އެއަށްފަހު އާންމުންގެ ބޮޑު ސަމާލުކަމެއް ލިބުނުއިރު، ފަހުން ދިރިއުޅުން ގްރީސްއަށް ބަދަލުކޮށްގެން އުޅުނީ ޤައުމުން ބޭރުގައެވެ. ނަމަވެސް އޭނާ މަރާލާފައި މިވަނީ ގްރީސްގައި އުޅުމަށްފަހު އެނބުރި ޤައުމަށް އައިތާ ގިނަ ދުވަސްތަކެއް ނުވަނީސްކަމަށް ވެއެވެ. ތާރާ މަރާލިއިރު އޭނާ ތައްޔާރުވަމުން ދިޔައީ ޔޫއޭއީއަށް ދިރިއުޅުން ބަދަލުކުރަން ކަމަށް އާއިލާގެ ފަރާތުން ނޫސްތަކުގައި ބުނެފައިވެއެވެ.

2015 ވަނަ އަހަރު ތާރާއަށް ލިބުނު ކާމިޔާބީއަށްފަހު އޭނާ ފަހުން ފެނިގެން ގޮސްފައިވަނީ ޔޫޓިއުބު ވީޑިއޯތަކުންނެވެ. އެތައް މިލިއަން ވިއުސް އޭނާގެ ވީޑިއޯތަކަށް ލިބެމުންދިޔައިރު، މީސްމީޑިއާގައި އެތައް ހާސް ބަޔަކު އޭނާ ފޮލޯކުރަމުންދެއެވެ. ތާރާއަކީ މުޅި އިރާގުންވެސް ހަވަނައަށް އެންމެ ގިނަ މީހުން ފޮލޯ ކުރާ މޮޑެލްއެވެ.

ތާރާހެ ކުއްލި މަރުގެ ޚަބަރުން އެތައް ބަޔަކަށް ސިހުން ގެނުވިއިރު، އެ ޚަބަރާއިއެކު ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި ހިތާމަވެރި ޝުޢޫރުތައް ފާޅުކުރަމުންނެވެ. އަދި ތާރާ އާއި އާއިލާއަށް އިންސާފު ހޯދައިދިނުމަށް، ކަމާއި ބެހޭ ފަރާތްތަކަށް އޭނާގެ ފޭނުން ދަނީ ގޮވާލަމުންނެވެ.

ތާރާ މަރާލި މައްސަލަ އާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާކަމެއް ނޭނގެއެވެ. އަދި އެކަމުގެ ފަހަތުގައި ތިބި ބަޔަކު މިހާތަނަށް ހަމަލާގެ ޒިންމާވެސް އުފުލާފައެއް ނުވެއެވެ. ނަމަވެސް އޭނާ މަރާލުމުގެ ކުރިން ތަފާތުއެކި ގޮތްގޮތަށް އޭނާއަށް މަރުގެ އިންޒާރު ލިބެމުންދިޔަ ކަމަށް ވެއެވެ. ތާރާގެ އިތުރުން، ފާއިތުވެދިޔަ ދުވަސްތަކުގައި އިރާގުގެ ބައެއް އެހެން މޮޑެލްއިންނަށްވެސް ބައެއް ފަރާތްތަކުން ދަނީ މަރުގެ އިންޒާރުދީ ނުރައްކާ ކުރިމަތިކުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަނާ

    ސަހަރޯ ތީ މުސްލިމެއް ބާ

  2. Anonymous

    ނަރަކައިގެ އޮވެގެން ދެން މޮޑެލް ކުރޭ. ދެން ލަލަލާ

    • އައިިިސިސް

      ދިވެހި އައިސިސްކަލޭގެ ދެން އުޅެން ޖެހޭނީ އެނޮނިމަސްގެ ގޮތުގައި

  3. މަ

    ތުބުޅިތަކަށް ކެތްނުވާނެ އަންހެނެއްގެ ރީތިކަން ހާމަކޮށްފިއްޔާ. ޖަހާލަތުކަން ދުވަހަކުވެސް މިދުނިޔެއަކުން ފިލައިގެންނެއް ނުދާނެ.