ބޮލީވުޑް އެކްޓަރު ރަންބީރް ކަޕޫރަކީ އަބަދުވެސް ފުޓްބޯޅައަށް ހާއްސަ ލޯތްބެއް ހުންނަ އަދި ސްޕޭންގެ ބާސެލޯނާގެ ކުޅުންތެރިޔާ ލިޔޮނަލް މެސީގެ ވަރަށް ބޮޑު ފޭނެކެވެ. އެކްޓަރެއްގެ ގޮތުގައި ނުފެނިއްޖެނަމަ، ދެން ފެންނާނީ ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ކަމަށްވެސް މީގެކުރިން ރަންބީރް ވަނީ ބުނެފައެވެ.

ފުޓްބޯޅަ ދެކެ އިންތިހާ ލޯބިވާ ރަންބީރަށް އިއްޔެ 36 އަހަރު ފުރިފައިވާއިރު، މިފަހަރުގެ އުފަންދުވަސް ހުރިހާ ގޮތަކުންވެސް އޭނާއަށް ވަރަށް ހާއްސައެވެ. އެއީ އޭނާގެ ލޯބިވެރިޔާ އެކްޓްރެސް އާލިއާ ބަޓްގެ ފަރާތުން "ސަޕްރައިޒް" ކޭކެއް ލިބުމުގެ އިތުރުން އޭނާ އެންމެ ސަޕޯޓް ކުރާ ފުޓްބޯޅަ ކުޅުންތެރިޔާ މެސީގެ ފަރާތުން ބާސެލޯނާގެ ޖޯޒީއެއް ލިބުމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން މެސީ ވަނީ "ސަޕްރައިޒްކޮށް" ރަންބީރާއި ބައްދަލުކޮށް އަދި މެސީގެ ސޮއި ކޮށްފައިވާ ޖޯޒީއެއް ރަންބީރަށް ހަދިޔާ ކޮށްފައެވެ. ގައިމުވެސް ފޭނަކު އުފާވާނެ ވަރަށް ރަންބީރް ހުންނާނީ އުފާވެފައިތާއެވެ. އެއީ މިފަދަ ގޮތަކަށް އެމީހެއް ސަޕޯޓް ކުރާ ފޭނަކާއި ބައްދަލުވެ އޭނާގެ ފަރާޓުން އުފަންދުވަހު ހަދިޔާ އެއް ލިބުމަކީ ކޮންމެކޮންމެ މީހަކަށް ވާނެ ކަމެއްވެސް ނޫންވިއްޔާއެވެ.

ރަންބީރާއި މެސީ "ފޭން ޓައިމް" ކޮޅެއް އެކުގައި ހޭދަކޮށްލާފައިވާއިރު، އެދެމީހުން އެކުގައި އާއި އަދި ރަންބީރް ޖާރޒީ ލައިގެން ހުރެ ނަގައިފައިވާ ފޮޓޯތައް މިހާރު މީސްމީޑިއާގައި ދައުރުވަމުން އެބަދެއެވެ.

https://www.instagram.com/p/BoTePTgF2ff/?utm_source=ig_embed

 

ކޮންމެއަކަސް، މިފަހަރުގެ އުފަންދުވަސް ރަންބީރަށް ހުރިހާ ގޮތަކުންވެސް ހާއްސައެވެ. އެރޭ 12 ޖެހިއިރު އާއިލާގެ ފަރާތުން ކޭކެއްވެސް ފަޅާފައިވާއިރު، ބޮލީވުޑްގެ ބައެއް ތަރިންވެސް ވަނީ އުފަންދުވަހުގެ ތަހުނިޔާ އަރިސްކޮށް ހަދިޔާތައް ފޮނުވާފައެވެ.