ކުރަފީގެ އުދަގުލުން ސަލާމަތްވުމަށް މީހަކު ކުރި ކަމަކުން އޭނާގެ ގެއަށް ބޮޑު ގެއްލުމެއް ލިބިއްޖެއެވެ.

ކުއީންސްލޭންޑް ފަޔާ އެންޑް އެމާޖެންސީ އިން ބުނީ، ކުރަފިން ސަލާމަތްވުމަށް މީހަކު ބޭނުންކުރި ސްޕްރޭގެ ސަބަބުން އޭނާއަށާއި، ގޭގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށެވެ.

އޭނާ އެ ބޭނުންކުރި ސްޕްރޭގެ ސަބަބުން އެގޭގެ ގޭސްފުޅި ގޮވީއެވެ. ގޭސްފުޅި ގޮވައި ގޭގެ ކުޑަދޮރު ތަޅައިގެން ދިޔައިރު، ބަދިގޭގައި ހުރި ތަކެއްޗާއި، އެ މީހާއަށްވެސް އަނިޔާތަކެއް ވިއެވެ. އަދި އޭނާއަށް ހޮސްޕިޓަލުން ފަރުވާވެސް ދިނެވެ.

ފުލުހުން ބުނީ،އެ މީހާ ބޭނުންކުރި ޕެސްޓް ސްޕްރޭއަކީ އަލިފާން ބޭނުންކުރާތަނެއްގައި ބޭނުން ކުރުން ރަނގަޅު ނޫން ސްޕްރޭއެއްކަމަށްވެސް ބަޔާންކޮށްފައިވާކަަމަށެވެ. އަދި އެ މީހާ އެ ބޭނުންކޮށްފައި ވަނީ އެއްވެސް ވަރަަކަށް އެއަށް ސަމާލުކަން ނުދީކަމަށް ވަނީ ބުނެފައެވެ.

އެ ހާދިސާ ހިނގިއިރު އެގޭގައި އިތުރު ބަޔަކުވެސް އުޅުނެވެ. ނަމަވެސް އެހެން ބަޔަކަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. ގެއްލުން ލިބުނީ ކުރަފިން ސަލާމަތްވުމަށް މަސައްކަތް ކުރި މީހާއަށެވެ. އެ މީހާ ބޮލުން ތަންގަނޑެއް ވަރަށް ބޮޑަށް ވަނީ ފިހެގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢާލިމް

    ރާއްޖޭގައި ވިއްކަން ހުންނަ ހުރިހާ ސްޕްރޭއެއްގައިވެސް ގާތްގަނޑަކަށް %40 ވަރު ޕްރޮޕޭން ނޫނީ ބޫޓޭން ހުންނާނެ. މިއީ ވަރަށް ފަސޭހައިން އަލިފާން ހިފާ ގޭހެއް. ވިސްނައިނުލާ ބޭނުންކުަރާނަމަ ހިތާމަވެރި ހާދިސާެއެއް ހަމަ ދިމާވެދާނެ.

  2. މުއުމިން

    شفاك الله
    ތިފަދަ ދިރޭ ތަކެއްޗަށް ވެސް އޯގާތެރިވާންޖެހޭނެނު

  3. މުއުމިން

    شفاك الله
    އިންޝާﷲ ކުރިއަށްވުރެ ހެޔޮގޮތް މިންވަރު ކުރަށްވަވާށި. އާމީން
    ވީމާ އަޙުންނާއި އުޙުތުންނޭ އެފަދަ ދިރޭ ތަކެއްޗަށްވެސް އިންޝާﷲ އޯގާތެރިވާންވާނެ