ފިލްމު އިންޑަސްޓްރީއަށް އޮންނަ ނަފްތަރު ،1992 ވަނަ އަހަރުން ފެށިގެން ފިލްމު އިންޑަސްޓްރީގައި ހަރަކާތްތެރިވަމުން އަންނަ ކާޖޮލް ހާމަކޮށްފިއެވެ. ކާޖޮލް ބުނީ އޭނާ ދުވަހަކުވެސް އެކްޓަރަކަށްވާން ބޭނުން ނުވާ ކަމުގައެވެ.

ކުޅަދާނަ އެކްޓަރ އަދި އަޖޭ ދޭވްގަންގެ އަންހެނުން ކާޖަލް ދޭވްގަން އަކީ ބޮލީވުޑްގައި ފާހަގަކޮށްލެވޭ ތަރިއެކެވެ.

"ދިލް ވާލޭ ދުލްހަނިޔާ ލޭ ޖައޭންގޭ" އިން މައްޝޫރު ވި ކާޖޮލް ވަނީ ބޮލީވުޑްގެ އެތައް ކާމިޔާބު ފިލްމުތައް ކުޅެ ގިނަ ބައެއްގެ ލޯބި ހޯދާ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައެވެ.

އިންޑިއާގައި ބޭއްވުނު "ޓޭކް ޓޫ ވިތް އަނޫޕަމާ އެންޑް ރަންޖީވް" ސޯގައި ވާހަކަ ދައްކަމުން ކާޖޮލް ބުނީ ހަގީގަތުގައި އޭނާ ދުވަހަކުވެސް އެކްޓަރަކަށް ވާން ބޭނުން ނުވާކަމަށެވެ. ކާޖޮލް ބުނީ އޭނާ ދެކޭގޮތުގައި އެކްޓިންގެ ދާއިރާއިން ކުރާ މަސައްކަތައް ލިބެންޖެހޭ ހައްގު އާމްދަނީއެއް ނުލިބެއެވެ. އެކްޓު ކުރުމަށް އެހާ ބުރަކޮށް މަސައްކަތް ކުރުމަކީ ހައްގު ކަމެއް ނޫންކަމަށް ކާޖޮލް ބުނެފައިވެއެވެ.

އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ކާޖޮލް ފާޑުކިޔާފައިވާއިރު އޭނާ ފިލްމު އިންޑަސްޓްރީގައި މަސައްކަތް އެކުރަނީ ކީއްވެކަމެއް އޭނާ ބުނެފައެއް ނުވެއެވެ.

ކާޖްލް އެންމެ ފަހުން ފެނިގެންދިޔައީ 2015 ވަނަ އަހަރު ރިލީސް ކުރި ޝާހްރުކްހާންގެ ފިލްމު "ދިލްވާލޭ" އިންނެވެ. އެ ފިލްމުގައި ކާޖޮލް އަދާކުރި ދައުރަށް ވަނީ ގިނަ ބައެއްގެ ލޯބި ލިބިފައެވެ. ކާޖަލް ދެން ފެނިގެންދާނީ މިމަހު 12 ގައި ނެރުމަށް ހަމަޖެހިފައިވާ "ހެލެކޮޕްޓާ އީލާ" އިންނެވެ.