ޗޮކޮލެޓަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ އެއްޗެކެެވެ. ގިނަ ބަޔަކު އެންމެ ފޭވްރޭޓް އެއް ކެއުމުގެ ގޮތުގައި، ޗޮކެލެޓް ފާހަގަކުރާއިރު، އާއްމުކޮށް ހާއްސަ ދުވަސް ދުވަހު ހަދިޔާއަކަށްވެސް ލިބޭ އެކައްޗަކީ ޗޮކްލެޓެކެވެ. އަދި ޗޮކްލެޓް ބޭނުންކޮށްގެން ތަފާތު އެއްޗެހިވެސް ހަދާ އުޅެއެވެ. ކުރިން ޗޮކްލެޓް ބޭނުންކޮށްގެން ހެދުންވެސް ހަދާފައި އެބަހުއްޓެވެ.

މިފަހަރު މިހިރީ ޗޮކްލެޓް ބޭނުންކޮށްގެން ގެއެއް ހަދާފައެވެ. ފްރާންސްގައި ހަދާފައިވާ މި ގެއަކީ އެއްކޮށްހެން ޗޮކްލެޓުން ހަދާފައިވާ ގެއެކެވެ.

ގޭގެ ފުރާޅުން ފެށިގެން ފާރާއި، ގޮސް، ގޭގައި ހުންނަ ގަޑިއައި، އަދި ގާތްގަނޑަކަށް އެ ގޭގައި ހުރި ހުރިހާ އެއްޗެއް ހަދާފައި ވަނީ ޗޮކްލެޓް ބޭނުންކޮށްގެންނެވެ.

މި ގޭގެ އެންމެ ހާއްސަ ކަމަކީ މި ގޭގައި ދިިރިއުޅެން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮތުމެވެ. އެކަމަށް ޖެހޭނީ ރިޒަވޭޝަން ހައްދާށެވެ. އަދި މި މަހުގެ 5 އަދި 6 ގައި އެ ގޭގައި އުޅެން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އެބަ އޮތްކަމަށް ރިޕޯޓްތައް ބުނެއެެވެ.

މިއީ ގިނަބައެއްގެ ހުވަފެނެއް ހަގީގަތަކަށް ވުން ކަހަލައެވެ. ބައެއް މީހުންނަކީ ޗޮކްލެޓް އެމީހުންގެ ފޭވަރޭޓްއަކަށްވުމުން، އެ ބޭނުންކޮށްގެން ގެތައް ހެދުމާއި، އަދި އެ ނޫންވެސް ކަންކަން ކުރެވޭނެ މަގުމަތައް ހޯދުމަށް ވިސްނި ބައެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރައްޔިތުން

    ގެ ކިހާ ދުވަހެއް ވަންދެން ހަލާކުނުވެ ހުންނާނެބާ

  2. ސްނޯ

    ގެ ކާލަމާ

  3. ހުސޭނުބޭ

    ކުޑަކުދިބަޔަކު ކުޅެލަން ތި ގެއަށް ވައްދަންވީ! އޭރުން އެގޭނެ ތި ގޭގެ މޮޅުކަން!

  4. ދަންނަ ނުދަންނަ

    ޗޮކުލެޓޭ؟ އަހަން ނުވެސް ދަންނަން އެޔެއް އަޅެފަހެ

  5. ރާނީ

    ހަޖަމްނުވޭ މެލްޓެއް ނުވޭ ތަ