އެއާޕޯޓެއްގެ ތެރެއަށް އެއްލާލަފައި އޮތް ދަބަހެއް ފެނިއްޖެނަމަ ބައެއް މީހުން ބިރު ގަނެއެވެ. އެ ދަބަސް ތެރޭގައި އޮތީ ކޮން އެއްޗެއްކަން ނޭނގި އެތައް ބަޔަކު އަންތަރީސްވެފައި ވެސް ތިބެއެވެ. އެފަދަ ހާދިސާއެއް އިޓަލީގެ ރޯމް އެއާޕޯޓެއްގެ ތެރޭގައިވެސް މި ވަނީ ދިމާވެފައެވެ.

ރޯމްގެ އެއާޕޯޓް ތެރެއަށް އެއްލާލަފައި އޮތް ދަބަހެއް ފެނިގެން އެއީ ބޮމެއްކަމަށް ހީކޮށް ހަރަކާތްތެރިވީ ފުލުހުން ތަކެކެވެ.

އެއްލާލާފައި އޮތް އެ ދަބަސް ތެރޭގައި އޮތީ ބޮމެއް ކަމަށް ހީކޮށް، ފުލުހުން އެ ދަބަސް ގޮއްވާލިއިރު، އޭގެ ތެރޭގައި ހުރީ ކާށިތަކެކެވެ. ދެން ހުރީ އަންނައުނު ތަކެކެވެ.

އިޓަލީ ފުލުހުން އެ ދަބަސް ގޮއްވާލިއިރު، އެ މަންޒަރު ބަަލަން ގިނަ ބަޔަކު ތިއްބެެވެ. އެ ދަބަހާއި 10 މީޓަރު ދުރުގައި މީހުން ބަހައްޓައިގެން އެ ދަބަސް ގޮއްވާލިއިރު، އޭގައި ހުރި ކާށިތައް ފެނިގެން އެތައް ބަޔަކަށް އެކަން މަޖާ ކަމަކަށް ވިއެވެ. އެ ދަބަސް ގޮއްވާލުމަށްފަހު، ފުލުހުން ވަނީ އެ އަތަނުގައި ބަހައްޓާފައި ގޮސްފައެވެ.

އެއީ ކާކުގެ ދަބަހެއްކަން އެއްވެސް މީހަކަށް ނޭނގެއެވެ. އެހެން ނަމަވެސް އެއީ ބޮމެއް ނޫންކަން ޔަގީން ވުމުން އެތައް ބަޔަކަށް ހިތްހަމަ ޖެހުން ލިބުނުކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބާ

    ތިއަށްވުރެ މާ މަޖާ ޔޫރަޕްފަދަ ތަންތަނުގެ އެއާޕޯޓާއި މަތިންދާބޯޓުތަކުގައި އަރަބި ބަހުން މުސްލިމަކު ޙަމްދުކޮށްލާ އަޑުއިވުނަސް އެއުޅޭ ގޮތަކުން.މިހާރުވެސް އަރަބިން "ބަން" އަޑުހަރުކޮށް ކިޔާލަބަލަ ވާގޮތެއް ބަލާލަން.ތިވެރިން ހޭ ހުރެއްޖެއްޔާ ރަނގަޅު.

  2. އިންވެސްޓިގޭސަން

    އެއީ އޮޅުމަކުންވެސް މުސްލިމެއްގެ ދަބަހަކަށް ވެބަލަ...އެމީހުން ހީވާނީ ބޮލުންނާ ފޫކޮޅުން އަލިފާން ރޯވެގެން އުޅޭހެން. ބޮން ނުގޮވިޔަސް އެމީހުން ތިބެނީ ގޮވާފަ.