ކާޑޭޝިއަން އާއިލާގެ މެމްބަރުންގެ ތެރެއިން އެންމެ ހަގު ކައިލީ ޖެނާ އޭނަގެ މީހާރުގެ ލޯބިވެރިއާ މަޝްހޫރު ރެޕަރ ޓްރެވިސް ސްކޮޓް ކައިވެނިކުރަން ހުށައެޅުމުން އެ ހުށައެޅުމަށް ދެކޮޅު ހަދައިފިއެވެ.

މަޝްހޫރު ހޮލީވުޑްގެ ޚަބަރުތަށް ގެނެސްދޭ އޮންލައިން މަޖައްލާ "ހޮލޯވުޑް ލައިފް" އާއި ހަވާލާދީ ބައެއް މީޑިއާ ރިޕޯޓުތަށް ބުނާގޮތުން ކައިލީ އާއި ކައިވެނިކުރަން އޭނަގެ މީހާރުގެ ލޯބިވެރިއާ އުމުރުން 25 އަހަރުގެ ރެޕަރ ޓްރެވިސް ސްކޮޓް ހުށައެޅުމުން ކައިލީ ވަނީ އެހުށައެޅުމަށް ނޫނެކޭ ބުނެފައެވެ.

ރިޕޯޓުތަށް ބުނާގޮތުން ކައިލީ ކައިވެނި ކުރަން ހުށައެޅި ހުށައެޅުމަށް ނޫނެކޭ ބުނީ ކައިލީ މިވަގުތު ބޭނުން ވަނީ ކައިވެނިކުރުމަށް ވުރެން ބޮޑަށް އެހެން ކަންކަމަށް ވަގުތު ހުސްކުރަން ކަމަށެވެ.

ކައިލީ މި ނިންމުން ނިންމާފައިވަނީ އޭނަގެ ދައްތަމެންގެ ލަފާގެ މަތިންނެވެ.

ދާދި ފަހުން ކައިލީ އަންހެން ކުއްޖަކު ވިހާފައިވާއިރު އެކުއްޖާ ވިހެއި ފަހުން އޭނާގެ މިހާރުގެ ލޯބިވެރިޔާ އުޅެނީ އެހެން ގެއެއްގައެވެ. ކައިލީ ވިހާފައި ވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސެންޑައި ސިނައި އެލް އޭ ހޮސްޕިޓަލްގަ އެވެ.ކައިލީ ބަނޑުބޮޑުވެ ވިހާފައި ވަނީ މަޝްހޫރު ރެޕާ ޓްރާވިއާ ސްކޮޓްގެ ދަރިއަކަށެވެ. ކައިލީއާއި ސްކޮޓް ވަކިން އުޅޭތީ ގިނަ ބައެއް ސުވާލު އުފައްދާފައިވާއިރު މިކަމާއި އެދެމީހުން ކުރެ އެކަކުވެސް އަދި ވާހަކައެއް ނުދައްކައެވެ.

މީގެ ކުރިން ޓްރެވިސް ސްކޮޓް ބުނި ކަމަށް "ރޭޑަރ އޮންލައިން" ގައި ލިޔެފައިވަނީ އޭނާއާއި ކައިލީގެ ގުޅުން މިހާރު ނިމިފައިވާ ކަމަށެވެ. "އަހަރެމެން ދެމީހުންނަކީ އެކީ އުޅުމަށް ގާބިލް ބައެއްނޫން" ޓްރެވިސް ސްކޮޓް ބުިކަމަށް އެ އޮންލައިންގައިވެއެވެ. އެކަމަކު އަބަދުވެސް ކައިލީދެކެ ލޯބިވާނެކަމަށާއި ދަރިފުޅު ދެކެވެސް ލޯބިވާނެކަމަށް އޭނާ ބުނެފައި ވާކަމަށް އެ ނޫހުގައި ރިޕޯޓް ކޮށްފައިވެއެވެ.