ބަޅިދަ މީމްސްއަކީ މިހާރު މީސްމީޑިޔާގައި އެންމެ ގަދަޔަށް ދައުރުވަމުން އަންނަ އެކައްޗެވެ. ތަފާތު އެކި ގޮތްގޮތަށް މީސްތަށް ހަދަމުން އަންނަ އިރު، އާއްމުކޮށް ފެންނަނީ އަލިއާއި ބަޅިދަ އާ ގުޅުވައިގެން ހަދާފައި ހުންނަ މީސްތަކެވެ. ނަމަވެސްބަޅިދަ އަކީ އައްޔަށް ދުވާ އެއްޗެއްގެ އިތުރުން ތަފާތު އިތުރު ކަމެއް ކުރާ އެއްޗެކެވެ.

ބައިލޮޖިސްޓެއް ކަމަށްވާ ލިނޯޑް ކާނިއޯ ބުނާ ގޮތުގައިބަޅިދަ އަކީ ދޫނިތަކުގެ ކަރުނަ ބޯ ސޫއްޕެކެވެ. މީނާ މިކަން ހޯދާފައިވަނީ ބްރެޒިލްގެ ޖަންގައްޔެގެ ތެރެއަށް ގޮސް އުޅުމުގެ ތެރޭގައެވެ. މިމަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ލިނޯޑް ނަގާފައިވާއިރު، މިވީޑިއޯ ވަނީ މީސްމީޑިޔާތަކުގައި ވަރަށް ބޮޑަށް ދައުރުވާން ފަށާފައެވެ.

ލިނޯޑް ބުނި ގޮތުގައި އޭނާއަށް މި ބަޅިދަ ފެނިފައިވަނީ ދޫންޏެއްގެ ލޮލުން ކަރުނަ ބޯންއިންދާ ކަމަށެވެ. އަދި ވާގޮތެއް ބެލުމަށް ކަނުލާ ބަލަން އިންތާ، މި ސޫފި ގޮސް އެހެން ދޫންޏެއްގެ ލޮލުންވެސް ކަރުނަ ބުއި ކަމަށް މީނާ ބުނެފައިވެއެވެ، މިއީ ބްރެޒިލްގެ ޖަންގައްޔެގައި މިފަދަ ގޮތަކަށް ސޫތްޕެއް ކަރުނަ ބުއި ފުރަތަމަ ފަހަރެވެ.

ލިނޯޑް ބުނި ގޮތުގައި މިގޮތަށް ލޮލުގައި ހުންނަ ކަރުނަ އަކީ ސޯޑިއަމް އަދި ޕްރޮޓީން ފަދަ މާއްދާތަށް އެކުލެވޭ އެއްޗެއް ކަމަށެވެ. އަދި ކަރުނަ ބުއިމަކީ ސޫފިތަކަށް ބޭނުންވާ ކާނާ ލިބިގެންދާނެ ކަމެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ކަނުލާ ބަލައި ހޭ!!!!