އިންޑިއާގެ އެކި އަވަށްތަކުގައި އަންހެން ކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެެރެއިން ރާޖިސްތާނުން ވެސް ވަރުގަދަ ފިޔަވަޅެއް އެޅުމަށް ނިންމައިފިއެވެ.

މަދްޔަ ޕްރަދޭޝްއަށްފަހު ރާޖިސްތާނު އަވަށުން އަޅަން ނިންމި ފިޔަވަޅަކީ އުމުރުން 12 އަހަރު ނުފުރޭ އަންހެން ކުދިން ރޭޕް ކުރާ މީހުން ދަން ޖައްސާ މަރާލުމެވެ. މިހާރު އެ ބިލް އޮތީ ފާސް ކުރުމުގެ މަގުމަތީގައެވެ. އެ ބިލަށް އަމަލު ކުރުމަށް ވަރަށް އަވަހަށް މަސައްކަތް ކުރާނެކަމަށް ބުނެފައިވާ ކަމަށް އެ އަވަށުގެ އޮފިޝަލުން ހާމަކުރެއެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަސް ތެރޭގައި މަދްޔަޕްރަދޭޝްއިން ވެސް މިފަދަ ބިލެއް ވަނީ ފާސްކޮށްފައެވެ. ރާޖިސްތާނު އަވަށުގެ އެ ބިލް ގާނޫނީ ގޮތުނަ ފާސްވުމާއެކު އެ އަވަށް ވެގެންދާނީ އިންޑިއާގައި މިގޮތަށް ނިންމި ދެވަނަ އަވަށަށެވެ.

މި ނިންމުން އެ ސިޓީންވެސް ނިންމަން ޖެހުނީ އަންހެނުންނަށް ކުރާ ގޯނާތަކާއި ގުޅޭ މައްސަލަތައް އިތުރުވެ އެކަން ހުއްޓުމަކަށް އަންނަތަން ނުފެނުމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުއުމިން

    މާތްﷲ ޤުރުއާން ގަ އެންގެވި ގޮތަށް މުސްލިމުންނޭ އިންޝާﷲ އަމަލުކުރަމާ.
    މާތްﷲ އަށްޓަކާ.

  2. ހާޖަރާ

    ތީތީ ކަޑަ. ތިޖެހުނީ ކޮންތާކު. ކަލޭމެން ބޭނުންވީމާ ދަންޖައްސާ މެރޭ އަދި އެ ޖަސްޓިފައިވެސް ވޭ.. އެކަމަކު އިސްލާމުން މަރުގެ އަދަބު ﷲ ކަނޑައަޅުއްވީއޭ ބުނީމާ ބާބެރިކް.. މީގައި މަޖާ ކަމަކީ މިއުޅޭ އެސްޖޭ ޑަބްލިއު ގްރޫޕްތައްވެސް ފޭކް ޑަބަލްއިސްޓޭންޑަރޑް ކަމުން... ދަންޖައްސާކަށް ނުޖެހޭ... ހަމަ ޖަލަށް ލާ.. އެހެން ނޫނީ އިސްލާމުންގެ ގިސާސް އާއިވެސް އަނގަނުލާ މަޑުން ތިބޭ.. މުސީބާތެކޭ

  3. އައިޝާ

    ކީއްކުރަން ދަންޖައްސަންވީ? ކުދި އަނިޔާ ދީގެން މަރާ!!!

  4. ކަޑަކަޑަ

    ކޮބާއެއްކަލަ އަލިފުތާލު ކޮބާ ޔޫރަޕިއަން ޔޫނިއަން ކޮބާ އެެއްކަލަ އައްނި