އިންސާނިއްޔަތުކަމުގެ މާތް ސިފައަކީ އަހަރެމެން ކޮންމެ މީހެއްގެ ގައިގައިވެސް އަށަގަންނުވަން ޖެހޭ ސިފައެކެވެ. ޙާލަތަކަށް ނުބަލާ، އިންސާނިއްޔަތު ކަމަށް، އެމީހެއްގެ ފެންވަރުން، ކުރެވެން ހުރި މަސައްކަތެއްވެސް ކުރަން ޖެހެއެވެ.
މިއީ އެފަދަ ރިވެތި މިސާލެކެވެ. އިންސާނިއްޔަތުކަމުގެ ފުރިހަމަ ނަމޫނާއެކެވެ.
އަވަށްޓެރި އިންޑިޔާގެ ޗަޓިސްގަރުގެ ސްކޫލެއްގައި ކިޔަވަމުންދާ ހުޝްބޫ ނިރްމަލާއަކީ، އޭނާގެ ގައިގައި އުފެދުމުގައިވެސް ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން، އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާ ކުއްޖެކެވެ. މިފަދަ އެއް ގޮންޖެހުމަކީ، އިމްތިޙާން ހޯލަށް ދިޔުމަށް ކުރިމަތިވި ގޮންޖެހުމެވެ.
ހުޝްބޫގެ ފައިގައި ހުންނަ އުނިކަމެއް ސަބަބުން، އޭނާއަށް ހިނގުމުން މަހުރޫމްވާއިރު، އޭނާ ކިޔަވާ ސްކޫލުގައި ވީލްޗެއަރ އާއި ވީލްޗެއަރ އެރުވުމަށް ރޭމްޕެއް ނުހުރެއެވެ. އެހެންކަމުން، އެއް ތަނުން އަނެއް ތަނަށް ދިޔުމަށް، އެތައް ތަކުލީފެއް އުފުލަން ޖެހެއެވެ.
މިފަދަ އެތައް ތަކުލީފެއް، އިމްތިޙާން ހަދާ ހޯލަށް ދާން އުފުލަން ޖެހޭއިރު، މިކަމަށް އެހީތެރިވިދިނީ ހުޝްބޫގެ ނަމޫނާ ރައްޓެއްސެކެވެ. އެއްވެސް ދެވަނަ ވިސްނުމަކަށް ނުގޮސް، އުރާލައިގެން ހޯލަށް ގެނެގޮސްދިނީއެވެ.
ހުޝްބޫ އުރާލައިގެން، އޭނާގެ ރައްޓެއްސެއް ގެންގޮސްދޭ މަންޒަރު ފެންނަ ފޮޓޯއެއް، މީސް މީޑިޔާގައި ވެސް އާއްމުވެފައިވާއިރު، އެތައް ބަޔަކު ދަނީ އެކުއްޖާއަށް ތަޢުރީފު ކުރަމުންނެވެ. އެހެންނަމަވެސް، އެއީ ކޮން ކުއްޖެއްކަމެއް އަދި އެކުއްޖާގެ ނަމަކީ ކޮބައިކަން އާއްމުކޮށްފައިވެއެވެ.
ހަމަ ޔަޤީނުންވެސް، މިއީ އިންސާނިއްޔަތުކަމުގެ ނަމޫނާ އެކެވެ. ރަޙުމަތްތެރިކަމުގެ ނަމޫނާއެކެވެ.
އިންޑިޔާ އަވައްޓެރި ޤައުމުތަކުގެ ލިސްޓުން އުނިކޮށްފިން... ހަތުރުވެރި އިންޑިޔާ ކިޔާބަލަ ނޫނީ ހަސަދަވެރި މޯދީ ގެރިންގެ ގްއުމު