ބޮލީވުޑްގައި މިހާރު ވިދަމުން އަންނަ އަދި އެންމެ ގިނަބަޔަކު އެމީހަކު ހޯދުމަށް އިންޓަނެޓްގައި "ސާޗް" ކުރާ އެއް ފަންނާނު، ސަނީ ލިއޯންގެ ހަޔާތުގެ މައްޗައް ބިނާކޮށް ސީރީޒް އެއް ހަދަން ނިންމައިފިއެވެ.

ސަނީ ލިއޯންގެ ހަޔާތުގެ މައްޗަށް ހަދާ ސީރީޒް ދެއްކުމަށް ހަމަޖެހިފައިވަނީ އިންޑިޔާގެ މަޝްހޫރު ސީރީޒް ސްޓްރީމްކުރާ ވެބްސައިޓެއް ކަމަށްވާ "ޒީ5" އިންނެވެ. މިކަން ސަނީ ލިއޯންގެ އިތުރުން ޒީ5 އިންވެސް ވަނީ އެމީހުންގެ ޓްވިޓާ އެކައުންޓް މެދުވެރިކޮށް ޔަގީންކޮށް ދީފައެވެ.

ސަނީ ލިއޯންގެ މި ސީރީޒް އަށް ކިޔުމަށް ނިންމާފައިވަނީ "ކެރެންޖިޓް ޓު ސަނީ" އެވެ. މި ސީރީޒްގައި އޭނާގެ އެންމެ ކުޑައިރުއްސުރެ މިއަދާ ހަމައަށް އޭނާގެ ހަޔާތުގައި ދިމާވެފާޗައި ބޮޑެތި ހާދިސާތަކާއި މިހާތަނަށް އަދި އާންމުންނަށް ނޭނގޭ އެތަށް މައުލޫމާތުތަކެއް ހިމެނޭނެ ކަމަށް ވެއެވެ.

ސީރީޒް އާއި ބެހޭ ގޮތުން ސަނީ ލިއޯން ކޮއްފައިވާ ޓްވީޓްގައި ވަނީ "އަހަރެން ކެނެޑާ ދޫކޮއްލީ ކީއްވެ؟ އަހަރެންގެ ނަމަކަށް "ސަނީ" އަހަރެން ނެގީ ކީއްވެ؟ އަހަރެންގެ ހަޔާތް އޮތީ ކިހިނެތް؟ މި ސުވާލުތަކަށް ޖަވާބު ހޯދުމަށް "ކެރެންޖިޓް ޓު ސަނީ" ޒީ5 އިން ބަލަން ތައްޔާރުވޭ"، މިހެންނެވެ.

https://www.instagram.com/p/Bf_Jh5qBzOM/?taken-by=sunnyleone

ސަނީ ލިއޯން ވަނީ ބޮލީވުޑަށް ބަދަލުވިފަހުން އޭނާގެ ނަން ބޮލީވުޑްގައި ވަރުގަދަ ކޮށްފައެވެ. އޭނާ ނަން ބޮލީވުޑްގައި ވިދާލީ ރިއަލިޓީ ޝޯ "ބިގް ބޮސް" ގައި ބައިވެރިވި ފަހުންނެވެ. އޭގެ ފަހުން އޭނާ ވަނީ ކާމިޔާބު އެތަށް ފިލްމެއް ކުޅެފައެވެ. އޭގެ ތެރޭގައި "ވަދާލާ"، ރާގްނީ އެމްއެމްއެސް2" އަދި "ރައީސް" ހިމެނެއެވެ. ސަނީ ލިއޯން ބޮޑަށް ލޭބަލް ވެފައިވަނީ ބޮލީވުޑްގެ "އައިޓަމް ގާލް" ގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ާއަނއެކޭ

    ތިޔާ ބަލަން ކެރޭނޭ މީހަކު ނުހުންނާނެ.

  2. ާއަނއެކޭ

    ތިޔަ ބަލާކަށް މީހަކަށް ނުކެރޭނެ.

  3. ޙަގސގ

    ހަޑި ކުޅޭތަން ބަލަން ބޭނުން މީހަކު ބަލަންވީ އެ ސީރީސް?

  4. މިހާ

    ކޮން އިރަކުން ފިލްމު ނެރެނީ

  5. ވައްޑެ

    ސަޅި އައި ލަވް ޔޫ ސަނީ

  6. ހަމީދު

    ސަނީ ހާދަ ރީއްޗޭ

  7. ހުސޭނުބޭ

    ސަނީ ލިއޯން ކުޅެފައި ހުރި މޮޅެތި ސީރީޒްތައް މަދީތަ؟ އަހަރެމެން ދުލުގައި ހިފައިގެން ދަމާނެކަމެއް ނެތް.