ކަތި ނަޒަރުން އެތައް ބައެއްގެ ސަމާލުކަން ހޯދި ޕްރިޔާ ވާރިއޯ މީސް މީޑިޔާގައި ހިއްސާ ކުރާ ކޮންމެ ޕޯސްޓަކަށް އޭނާއަށް ފައިސޭ ލިބޭކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

އޭނާއަކީ މިހާރު އިންސްޓަގްރާމްގައި މަޝްހޫރު މީހެކެވެ. އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ފަސް މިލިއަން ފޮލޯވާސް އެބަތިއްބެވެ.

މިހާރު ދުނިޔޭގެ ގިނަ ބަޔަކު ދަންނަ ޕްރިޔާއަށް މީސްމީޑިޔާގައި ކުރާ ކޮންމެ ޕޯސްޓަކަށް ފައިސާ ލިބޭކަމަަށް ބުނެފައި ވަނީ އިންޑިއާ ޓީވީއިންނެވެ. އިންޑިއާ ޓީވީން ބުނިގޮތުގައި، ޕްރިޔާ މީސް މީޑިޔާގައި ހިއްސާކުރާ ކޮންމެ ޕޯސްޓަކަށް އަށް ލައްކަ ރުޕީސް ލިބޭނެއެެވެ.

އެހެން ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މަލިޔާލަމް ފިލްމެއްގައި ހިމެނޭ ލަވައެއްގެ 30 ސިކުންތު ވީޑިޔޯ ކޮޅަކުން އެތައް ބައެއްގެ ސަމާލުކަން ލިބުނު ޕްރިޔާ ބުނިގޮތުގައި، އޭނާ އެހާ ބޮޑަށް މަޝްހޫރުވެދާނެކަމަށް ހީވެސް ނުކުރެެއެވެ. އަދި އެއީ އެއްވެސް ވަރަަކަށް މަޝްހޫރުކަމެއް ހޯދަން ކުރިކަމެއް ނޫންކަމަަށްވެސް އޭނާ ބުނެފައި ވެއެވެ.

ޕްރިޔާއަށް މިހަރު ގިނަ ފިލްމްތަކެއް ކުޅުުމަށް ފުރުސަތު ލިބެމުންދެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަކީމު

    ނަސީބު އަތުގައި ހިފަނީ ބުނެފައެއް ނޫނެވެ.

  2. ބެރީ ސަމްލާ

    މަށަޢް ކޮންކަމެއްތޯ

  3. ޭާަހާސާ

    މޮޅު