ޤަބޫލު ކުރަން ދަތިވިކަމުގައިވިޔަސް، ބުޅަލުގައި ކާބޯތަކެތި ހަދައިގެން ބޭނުންކުރާ ހަމައެކަނި ޤައުމަކީ ޗައިނާއެއް ނޫނެވެ. އަވަށްޓެރި އިންޑިޔާގައިވެސް މިކަމަކީ އާއްމު ކަމެކެވެ. ބުޅާ މަހުގައި ބިރިޔާނީ ހެދުމަކީ އެޤައުމުގައި ހަމަ އާއްމުކޮށް ކޮށް އުޅޭ ކަމެކެވެ.

އެގޮތުން، ދާދިފަހުން، އިންޑިޔާގެ ހައިދަރުއާބާދުގެ ސިޓީއަކުން، ބިރިޔާނީ ކެއްކުމަށް ވަގަށް ނަގައިގެން އުޅުނު 12 ބުޅާވަނީ، އަތުލައިގަނެފައެވެ.

"އިންޑިޔާ ޓައިމްސް" އިން ބުނެފައިވާގޮތުގައި މީގެ ތެރޭގައި ގިނައިން ހިމެނެނީ ގޭގޭގައި އޮޅުކޮށްގެން ގެންގުޅޭ ބުޅަލެވެ. އަދި، އެސޮރުމެން ހޯދުމުގެ މަސައްކަތް ފުލުހުން ފެށީވެސް އޭގެ ވެރިން، އެމައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމުންކަމަށް ބުނެފައިވެއެވެ.

އިތުރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ފުލުހުން، މި ބުޅާތައް ސަލާމަތްކުރުމަށް ހިންގާފައިވަނީ އަންޑަރ ކަވަރ އޮޕަރޭޝަނެކެވެ. އެގޮތުން، ބުޅާތައް ވަގަށް ނަގައިގެން އުޅުނު މީހުން ހޯދަން ގޮސްފައިވަނީ، ބުޅާ ގަންނަ ބައެއްގެ ގޮތުގައިކަމަށް ނޫސްތަކުގައިވެއެވެ.

އިންޑިޔާގައި ބުޅަލުގައި ބިރިޔާނީ ކައްކައިގެން ކައި އުޅޭތާ ވިއްސަކަށް އަހަރުވެދާނެކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފޮތް ބަންޑެލި

    ޅަދަރިންނޯ؟؟؟؟