އިންޑިއާ މީހުންނަކީ އަބަދުވެސް ތަފާތު ކަންތައް ކުރާ ބައެކެވެ. ހާއްސަކޮށް އިންޑިއާ މީހުން ބައެއް ކަންކަމާއި ބެހޭ ގޮތުން ގަބޫލު ކުރާ ގޮތް އެހެން މީހުންނާއި ވަރަށް ތަފާތެވެ.

މިހާރު މީޑިއާގެ ސަމާލުކަމަށް އައިސްފައި ވަނީ އިންޑިއާގައި ހުޅުވާފައި ހުންނަ ރެސްޓޯރެންޓެކެވެ. "ނިއު ލަކީ" ގެ ނަން ދީފައިވާ މިރެސްޓޯރެންޓުން ޚިދުމަތް ހޯދާ މީހުންނަކީ ވަރަށް ނަސީބުގަދަ ބައެއް ކަމަށް ރެސްޓޯރެންޓްގެ ވެރިމީހާ ބުނެއެވެ.

ރެސްޓޯރެންޓްގެ އެންމެ ހާއްސަ ކަމަކީ ރެސްޓޯރެންޓްގެ އެތެރޭގައި އެކި ސައިޒުގެ 32 މަހާނަ ހުރުމެވެ. ރެސްޓޯރެންޓްގެ ވެރިން މަހާނަ ކީނަމަވެސް ހަޤީޤަތުގައި ފެންނަން ހުންނަނީ ސަންދޯއްތަކެކެވެ. އެސަންދޯއްތަކުގެ ތެރޭގައި އެތައް އަހަރެއްވީ ކަށިތައް އެބަހުއްޓެވެ.

ރެސްޓޯރެންޓް ހުރި ސަރަހައްދަކީ 1950 ވަނަ އަހަރު ކުޑަ ގަބުރުސްތާނެއް އޮތް ސަރަހައްދެކެވެ. އެސަރަހައްދުގައި އޭރު ހުރި 32 މަހާނަ އަދިވެސް އެގޮތައް ބެހެއްޓުމަށް ފަހު އެތަނުގައި ވަނީ ރެސްޓޮރެންޓެއް ހުޅުވާފައެވެ. ރެސްޓޯރެންޓް ހުޅުވީ 1987 ވަނަ އަހަރު އެވެ.

ރެސްޓޯރެންޓްގެ މެނޭޖަރު ބުނާ ގޮތުގައި އެތަނުން ޚިދުމަތް ހޯދާ މީހުން ބޭނުންވާ ކަންތައް ފުރިހަމަ ވެއެވެ. އެމީހުންނަކީ ނަސީބު ގަދަ ބަޔަކަށް ވެއެވެ.

މިފަދަ ބާތިލް އަޤީދާތައް ގަބޫލު ކުރާ އެތައް މިލިއަން ބަޔަކު އަދިވެސް އިންޑިއާގައި ދިރިއުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަހުރަ

    ރެސްޓޯރެންޓް ތީމްއަކަށް މިކަންތައް ލުން އެއީ ހިސާބަށްވުރެ ބޮޑުވަރު!!! މިޔަށް ކިޔޭނީ ތީމްތަށް ކަނޑައެޅުމުގައި ހައްދުފަހަނަ އަޅާ ދިޔުން!!!