ވައްކަން ކުރުމަކީ ކުރުން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ވައްކަން ކުރުން އިތުވެއްޖެެެއެވެ. ހުއްޓުވަން އެތައް މަސައްކަތްތަކެއް ރެއާއި ދުވާލު ފުލުހުން ކުރެއެވެ. އަދި ވަގުން އަދިވެސް ޖަލު ގޮޅީގައި ތިބި ވާހަކަވެސް ދައްކާލަން އެބަ ޖެހެއެވެ.

އެކަމަކު މިހާރު ދައްކާލަން މިއުޅެނީ އެ ވާހަކައެއް ނޫނެވެ. ވައްކަން ކުރަންވެގެން ފެށި މަސައްކަތެއްގެ ނިމުން ހިތިވި ގޮތުގެ ވާހަކައެވެ.

މެރީލޭންޑަށް ނިސްބަތްވާ ވަގަކު މަސައްކަތް ކުރީ ރެސްޓޯރެންޓަކުން ވައްކަން ކުރާށެވެ، އެގޮތުން އޭނާ ބޭނުންވީ އެ ރެސްޓޯރެންޓްގެ ބިއްލޫރިގަނޑު ތަޅާލުމަށްފަހު އެތެރެއަށް ވަދެ ވައްކަން ކުރާށެވެ. އެހެން ނަމަވެސް އެކަން އޭނާއަށް ކާމިޔާބެއް ނުވިއެވެ.

އެކަން ކުރުމަށް އޭނާގެ ނެގި އެޅިގަލުން އެ ރެސްޓޯރެންޓްގެ ބިއްލޫރިގަނޑެއް ނުފެޅުނެވެ. އެ ބިއްލޫރިގަނޑު ތަޅާލުމަށް އެއްލި އެޅިގާ އެ ބިއްލޫރިގަނޑުގައި ޖެހުމަށްފަހު، އެނބުރި އައިސް ޖެހުނީ އެ މީހާގެ ބޮލުގައެވެ.

އޭނާ އެ ބިއްލޫރިގަނޑު ތަޅާލުމަށް ތިން ފަހަރެއްގެ މަތިން މަސައްކަތް ކުރިއެވެ. ނަމަވެސް ތިން ވަނަ ފަހަރަށް އެ ބިއްލޫރިގަނޑުގައި ޖެހުމުން، އެ އެޅިގާ އައިސް ޖެހުނީ އޭނާގެ ބޮލުގައެވެ.

އެއީ ބުލެޓް ޕްރޫފް ބިއްލޫރި ތަކެކެވެ.

މިދިިޔަ މަހުގެ 20 ވަނަ ދުވަހު އެ ހާދިސާ ހިނގިއިރު، އެ ހާދިސާ ހިނގާދިޔަ ގޮތް ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯ މީސް މީޑިއާއަށް ލާފައި ވަނީ ޕްރިންސް ޖިއޯޖް ކައުންޓީގެ ފުލުހުންނެވެ.

ވިއްކަން ކުރަން އުޅުނު އެ މީހާ އެނބުރި ދާތަނަކަށް ދިޔައީ، ވަރަށް ރަނގަޅު ފިލާވަޅެއް ލިބިގެންކަން ޔަގީނެވެ.

ވައްކަން ކުރަން އުޅުނު މީހާގެ ވީޑިއޯ މިލިންކުން ފެނިވަޑައިގަންނަވާނެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ވަގުތު

  ދުނިޔާގަ ހުރި އެންމެ ނަސީބޔ=ު ދެރަ ވަގު އެއޮތީ އިނތިހާބުން ބަކިވެފަ!

 2. ރުޒާނާ ޗޮއްޕަޓު

  އަޅެ އޭނައަކީވެސް އިލެކްޝަންސް ކޮމިޝަނަރ އަކަށް ވީނަމަ.

 3. ދިވެހިން

  އިބޫ އަކީ ބޮޑު ވަގު

 4. ނަސީބު

  އެއްވެސް ވަގެއް ނަސީބުވެރިއަކަށް ނުވާނެ އެވެ.

 5. މަރީ

  އެންމެ ނަސީބު ދެރަ ވަގަކީ ވަގުޔާނީމް
  ކަތިވަޅި ގެއްލި ކޮށިގަނޑު ގެއްލި ފާތުމަ ވެސް ގެއްލުނީ...