މީސް މީޑިއާގައި ތަފާތު ވީޑިއޯތައް ވައިރަލް ވެއެވެ. އެއްބައި ވީޑިއޯތައް ވައިރަލް ވަނީ އެ ވީޑިއޯތައް ނަގާފައިވާ ގޮތުންނާއި، ވަގުތާއި ހާލަތާއި ގުޅިގެންނެވެ. އަދި އެއްބަޔަކު މަޝްހޫރުވާން ބޭނުންވެގެންވެސް ތަފާތު ވީޑިއޯތައް ތައްޔާރުކޮށް މީސްމީޑިއާގައި ދައުރުކުރެއެވެ.

މިއީވެސް ވީޑިއޯއެއް މީސް މީޑިއާގައި ވަައިރަލްކޮށްލުމަށް ކުދިންތަކެއް ކޮށްފައިވާ ކަމެއްގެ ވާހަކައެވެ. ހަތަރު ކުއްޖެއް ވެގެން އެ މީހުންނާއެކު ކިޔަވަމުންދާ ކުއްޖަކު ކިޑްނެޕް ކުރީއެވެ. އަދި އެ ކުއްޖާގެ ގައިގައި ތަޅައި އަނިޔާކުރިއެވެ. ހަރިޔާނާ ބިވާނީގައި މި ހާދިސާ ހިނގީ މިދިޔަ ހުކުރު ދުވަހުއެވެ. ހަތަރު ކުއްޖަކު ވެގެން އެ ކުދިންނާއި އެއް ކުލާހެއްގައި ކިޔަވަމުންދާ އެ ކުއްޖާއަށް އަނިޔާކުރީ، ގެއަށް ދިއުމަށް ރޭލަށް އެރި ފަހުންނެވެ. މީސްމީޑިއާގައި ވައިރަލް ކޮށްލުމަށް ނެގި ވީޑިއޯގައި ފެންނަނީ އެ މަންޒަރެވެ.

އެ ކުއްޖާ ބުނިގޮތުގައި، އަބަދުވެސް އޭނާއަށް އެ ކުދިން ބުލީ ކުރެއެވެ. އަދި އެ ދުވަހުވެސް ރޭލު ތެރޭގައި އާދައިގެ މަތީން އޭނާއާށް ބުލީ ކުރިއިރު، އޭނާ ރޭލުން ނެރެގެން އެތަނުން ކުއްޖެއްގެ ގެއަށް ގެންގޮސް، އޭނާގެ ގައިގާ ތަޅައި އަނިޔާކުރީ ކަމަށް އޭނާ ބުންޏެވެ.

މި ވީޑިއޯ މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، ވީޑިއޯ ކުރުމުގެ މަގުސަދަކީ، އޭނާގެ "ދަށްކަން" މުޅި ދުނިޔެއަށް ހާމަކޮށް ބަދުނާމުކުރުމަށް ކަމަށާއި، ވީޑިއޯ ވައިރަލް ވެގެންދާނެ ކަމަށް އޭގެތެރެއިން ބައެއް ކުދީން ބުނާ އަޑު އެ ވީޑިއޯއިން އިވިފައި ވެއެވެ.

މި ހާދިސާގައި ލިބުނު އަނިޔާތަކަށްފަހު އެ ކުއްޖާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އަދި އެ މައްސަލައާ ގުޅިގެން ބައެއް ކުދިން ހައްޔަރުކޮށް ސުވާލުކޮށްފައިވާ ކަމަށް ފުލުހުންނާއި ހަވާލާދީ ނޫސްތަކުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހެއްކާ ގަރީނާ

    ކޮބާ ވީޑިއޯ.. މަބޭނުން ވީޑިއޯ ބަލަން..

  2. ލީ

    ކާކަށްތަ ދެން ހިތުން ނުފިލާ ފިލާވަޅު ލިބުނީ؟ އެކުދިންނާ ސުވާލު ކުރި ވާހަކަތަ އެއީ؟ އެނގޭ ގޮތަށް ޚަބަރު ލިޔެބަލަ.