ގްރެޑުއޭޝަން ހަފްލާއަށް އެންމެންވެސް ވަރަށް ގިނަ ތައްޔާރީތަކެއް ވެއެވެ. ދުވަހަށް ހާއްސަކޮށް ހެދުން އަޅައެވެ. އަގުބޮޑުކޮށް ހެދުމާއި ގަހަނާވެސް އަޅައެވެ. ދުވަހާއި ގުޅޭގޮތަށް ތަފާތު އެކި ޑިޒައިންތަކުގެ ހެދުންތައް އެ ދުވަހު ފެނެއެވެ. އެހެން ނަމަވެސް މިމީހާ ބޭނުންވީ ތަފާތު ގޮތަކަށް އެ ހަފްލާގައި ހެދުން އަޅާށެވެ.

ގާނޫނީ ވަކީލުކަމުގެ ދާއިރާއިން ޑިގްރީ ނިންމާލުމަށްފަހު، ގްރެޑުއޭޝަން ހަފްލާއަށް މި ޒުވާނާ ދިޔައީ ސްޕައިޑާމޭން ހެދުމުގައެވެ. އާއްމުކޮށް ގްރެޑުއޭޝަން ހަފްލާތަކަށް އޮފީސް ހެދުމުގައިތާއެވެ. ނަމަވެސް އެކަން އެގޮތަށް ކުރަން ބޭނުން ނުވިއެވެ. މި ޒުވާނާ ސްޕައިޑާމޭން ހެދުމުގައި އެ ހަފްލާއަށް ގޮސް އެތައް ބައެއްގެ ސަމާލުކަން ވަނީ ހޯދާފައެވެ. މި މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް މިހާރު ދަނީ މީސްމީޑިއާގައި ދައުރުވަމުންނެވެ.

https://www.youtube.com/watch?v=rTnWkIl1TYk

މެކްސިކޯއަށް ނިސްބަތްވާ ރޮމެރޯ އެ ޒުވާނާ ގާނޫނީ ވަކީލު ކަމުގެ ޑިގްރީ ނިންމާލީ ޔުނިވާސިޓީ އޮފް ސިއުޑޭޑް ޖުއަރޭޒުންނެވެ.

ރޮމެރޯ ބުނީ، އެ ހަފްލާއަށް އެގޮތަށް ދިއުމުން އެއްވެސް މީހަކު އޭނާދާ ދިމާލަށް އެއްޗެއް ކިޔާފައި ނުވާ ކަމަށެވެ. ނަމަވެސް އެ ޔުނިވާސިޓީގެ ރެކްޓާގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ފެނުނު ނަމަވެސް، އޭނާގެ މޫނަށް ހިނިތުންވުންވެސް ގެނެސްދިންކަމަށް އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނިގޮތުގައި، އަބަދުވެސް މަންމަގެ ސަޕޯޓް އޭނާއަށް ލިބެމުން އަންނައިރު، އޭނާއަށް ސްޕައިޑާމޭން ކޮސްޓިއުމްވެސް ގަނެދިނީ މަންމައެވެ.

ކިޔުންތެރިންގެ ހިޔާލު