އުމުރަކީ އެންމެ ހަ އަހަރެވެ. އުއްމީދުތަކެއް ކުރަމުން އައި ކުއްޖެއްކަން ޔަގީނެވެ. ނަމަވެސް މިއަދު އޭނާއަށް އެހެރީ، އެ އުއްމީދުތަކާއި ދުރުވެ އެއަށްވުރެ ބޮޑު މަސައްކަތެއް ކުރުމަށް އަތުކުރި އޮޅާލައިގެންނެވެ.

ޗައިނާއަށް ނިސްބަތްވާ އެ ކުއްޖާއަކީ މިއަދު ނުކުޅެދޭ ބައްޕައަށް އެހީވާން ހުރި މީހާއެވެ. މަންމަ އެ މީހުން ދޫކޮށްލާފައި ދިޔައީ، އެއަށްވުރެ ރަނގަޅު ދިރިއުޅުމަށް ހޯދަން ކަމަށް ބުނެއެވެ. އެ އާއިލާ ދޫކޮށް މަންމަ ދިޔައީ އެ މީހުންގެ ބޮޑު ފިރިހެން ދަރިފުޅާއެކުގައެވެ.

ޖިއަ ޖިއާ ނަމަކަށް ކިޔާ މި ކުއްޖާ ކޮންމެ ދުވަހަކު ހެނދުނު 6:00 ޖަހާއިރު ހޭލައެވެ. އަދި ބައްޕައަށް ބައިގަޑިއިރުގެ މަސާޖެއް ދިނުމަށްފަހު ސްކޫލަށް ދާން ތައްޔާރުވެއެވެ.

އޭނާ ސްކޫލަށް ދިއުމުން ބައްޕަގެ ކަންތައް ބަލަހައްޓަނީ، ޖިއާގެ މާމައާއި ކާފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ޖިއާ އޭނާގެ މަންމަ މަތިން ހަނދާންވެސް ނުވެއެވެ. އޭނާ ހަނދާންކުރަން ބޭނުން ނުވަނީއެވެ. ޖިއާ ބުނީ، އޭނާ އެގޮތަށް މަންމަ މަތިން ހަނދާން ކުރަން ބޭނުން ނުވަނީ މަންމަ ބައްޕައަށް އަޅާނުލާތީއެވެ.

2016 ވަނަ އަހަރު ހިނގި އެކްސިޑެންޓަކަށްފަހު ޖިއާގެ ބައްޕަ ވާގިނެތުމުންހު ބައްޕަގެ ގިނަ ކަންތައް ކޮށްދެނީ އޭނާއެވެ. ބައްޕައަށް އެހީތެރިވެދިނުމުގައި އޭނާ ހަރަކާތްތެރިވާއިރު، އެއްވެސް ވަރަކަށް ވަރުބަލިނުވާކަމަށް ޖިއާ ވަނީ ބުނެފައެވެ.

ޖިއާ އޭނާގެ ބައްޕައަށް ކާން ދޭ މަންޒަރު ފެންނަ ފޮޓޯތަކާއި، ވީޑީއޯތައް މީސް މީޑިއާގައިވެސް ދައުރުވިއެވެ. އަދި އެތައް ބައެއްގެ ލޯބި އޭނާއަށް ލިބިގެން ދިޔައެެވެ.

މިއީ އެތައް ބަޔަކަށް ހުރި އިބްރަތެއް ކަން ޔަގީނެވެ. ކޮންމެ ހާލެއްގައިވެސް މައިންބަފައިންނަށް އަޅާލާ އޯގާތެރި ދަރިއަކަށްވުމަށް ވިސްނާލުން މުހިންމު ފިލާވަޅަކަށް ވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ?

    މާޝާﷲ

  2. ކިޔާ

    އަޅޭ ލޯބިކަން...ހާދަ ލޮބުވެތި އޯގާތެރި ދަރިފުޅެކޭ.އަހަރެން އުންމީދުކުރަން އިންޝާﷲ ކޮންމެވެސް ދުވަހަކުން މިލޯބި ލޯބި ކުއްޖާގެ ބައްޕައަށް ދިމާވެފަވާ ހާލަތު ބަދަލުވެގެން ދާނެކަމަށް.

  3. Mohamed Anas

    އަޅުގަނޑުގެ ދުޢާ އަކީ އެ ދެބަފައިން ނަށް މާތްﷲގެ ރަހުމަތުން ފުރިހަމަ ތެދުމަގު ދެއްކެވުން

    • އ

      އާމީން.. މާޝާﷲ