ބޮލީވުޑްގެ ކުޅަދާނަ އެކްޓަރ ސައިފް އަލީ ޚާން، އޭނާގެ އަމިއްލަ އާ ފިލްމު ޕްރޮޑަކްޝަނެއް އުފައްދައިފި އެވެ.

މީގެ ކުރިން ސައިފްގެ ހިއްސާ އޮވެގެން އުފެއްދި އިލުމިނާޓީ ފިލްމްސް ޕްރޮޑަކްޝަންއަކީ ސައިފް އާއި އޭނާގެ ރަހުމަތްތެރިޔާ ދިނޭޝް ވިޖަން ގުޅިގެން އުފެއްދާފައިވާ ދެމީހުންގެވެސް ހިއްސާ އޮތް ޕްރޮޑަކްޝަނެކެވެ.

ސައިފްގެ އާ ޕްރޮޑަކްޝަންގެ ނަމަކީ ބްލެކް ނައިޓް ފިލްމްސް އެވެ. ބްލެކް ނައިޓް ފިލްމްސް ދަށުން އުފައްދާ ފުރަތަމަ ފިލްމު "ޖަވާނީ ޖާނެމަން" ގެ މަސައްކަތް އަންނަ އަހަރު ފަށާއިރު އެފިލްމު ޑައިރެކްޓް ކުރާނީ މިތްރޯލް އާއި ފިލްމިސްތާން ފަދަ ފިލްމުތަށް ޑައިރެކްޓް ކޮށްފައިވާ ކުޅަދާނަ ޑައިރެކްޓަރ ނިތިން ކައްކަރު އެވެ.

"ޖަވާނީ ޖާނެމަން" އަކީ ފެމިލީ ކޮމެޑީއެއްގެ ގޮތުގައި ގެނެސްދޭ ފިލްމެކެވެ. އެ ފިލްމުގައި ދައްކުވައިދޭނީ އުމުރުން 40 އަހަރުގެ ބައްޕައަކާއި ދަރިއެއްގެ ދެމެދުގައި އޮންނަ ހާއްސަ ގުޅުމެކެވެ، ސައިފް ހިއްސާވެގެން އުފެއްދި އިލުމިނާޓީ ފިލްމްސްއިން ވަނީ 2009 ވައި ނެރުނު ފިލްމު "ލަވް އާޖް ކަލް" އާއި 2012 ވަނަ އަހަރު ނެރުނު ފިލްމު "ކޮކްޓެއިލް"ގެ އިތުރުން 2013 ވަނަ އަހަރު ނެރުނު "ގޮ ގޯއާ ގޯން" ފަދަ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައި އެވެ.

އިލުމިނާޓީ ފިލްމްސްއިން ދަށުން އެންމެފަހުން ފިލްމެއް ގެނެސްދިނީ 2014 ގައި އެވެ. އެއީ "ހެޕީ އެންޑިންގް" އެވެ. އަދި އެ ފިލްމަަށް ފަހު ދިނޭޝް ވަނީ އޭނާގެ އަމިއްލަ ޕްރޮޑަކްޝަނެއް އުފައްދައި އިލުމިނާޓީ ފިލްމްސްއިން ޕްރޮޑަކްޝަނުން ވަކިވެފައި އެވެ. ސައިފް އަލީ ހާން އަކީ ރޭސް އާއި ޕަމްޓޮމް ފަދަ ފިލްމުތަކުން ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ އެކްޓަރެކެވެ. ސައިފް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިއަހަރުގެ އޮކްޓޯބަރ މަހު ނެރެވުނު ފިލްމު "ބާޒާރު" އިންނެވެ.