ހައިހީލްސް ނުވަތަ އުސްފައިވާނަކީ އަންހެނުންނަށް ހާއްސަ ފައިވާނެކެވެ. ނަމަވެސް މި ފިރިހެން މީހާ ކޮންމެ ހަފްތާއަކު 3 ދުވަހު އޮފީހަށް ދަނީ ހައިހީލްސް އަށް އަރައިގެންނެވެ.

30 އަހަރުގެ މި ޒުވާނާ އޮފީހުގައި ހައިހީލްސްގަ ހިނގާތަން ފެނި ގިނަ އަންހެނުން ތިބެނީ ހައިރާންވެފައެވެ. އެޝްލޭ އެކްސްވެލް ލަމް ވަކި އަންހެނަކަށް ދޫނުކުރާ ފަދަ ރީތި ހިނގުމެއްގައި ހިނގާލާފައިދާއިރު އެއީ ފިރިހެނެއްހެން ވެސް ހީނުވެއެވެ.

އޮސްޓުރޭލިޔާ ނިިއު ސައުތް ވޭލް ސިޓީއެއް ކަމަށްވާ ސިޑްނީގެ އޮފީހެއްގައި އިންސްއަރެންސް އިންޑަސްޓްރީގެ ޕްރޮޑަކްޓް މެނޭޖަރ މަގާމުގައި މަސައްކަތްކުރަމުންދާ އެޝްލޭ މިގޮތަށް ކަންތައް ކުރާތާ މިހާރު އަހަރެއްހާ ދުވަސް ވެއްޖެކަމަށް ރިޕޯޓްތަައް ބުނެއެވެ.

މިކަން ފެށުނުގޮތް ކިޔައިދެމުން އެޝްލޭ ބުނީ ހައިހީލްސްގައި މަސައްކަތަށް އަންނަ ދިގު އަންހެން މުވައްޒަފަކު އޭނަ ގާތު ބުނިގޮތުގައި ހައިހީލްސްގައި ހިނގާލުމުން ވަރަށް އުފާވެ ހިތްވަރުގަދަކަން އިހުސާސްކޮށްލެވޭ ކަމަށެވެ.

އެގޮތުން އެކަން ޓްރައި ކޮށްލަން ބޭނުންވީ ކަމަށާއި މިކަމަށްފަހު ވަރަށް ހިތްވަރުގަދަކަން އިހުސާސްކުރެވި ކޮންމެ ކަމަކާވެސް ކުރިމަތިލާން މިހާރު ފަސްނުޖެހޭ ކަމަށް އޭޝްލީ ބުންޏެވެ.

ދިގުމިނުގައި 6 ފޫޓް ހުންނަ އޭޝްލޭގެ ކަލެކްޝަންގައި މިހާރު 9 ހައިހީލްސް އޮންނަ ކަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ށަމްސު

    ތިވާނީ އަނެއްކަހަލަ ސޮރަކަށް

  2. ޖޮއްބެ

    ނަސީބެއް ތިޔަމީހަކީ މަޝްހޫރު މީހެއް ނޫންކަން އެހެންނޫންނަމަ މިހާރު ހުރިހާފިރިހެނުން އަންހެން ފައިވާން ގަންނަން ފިހާރަތަކަށް ދުވަން ފަށައިފީސް.

  3. ޑްކެނޭ

    ކޮބާ މިކަމުން ދޭހަކޮށްދޭން ތިއުޅޭ އެއްޗަކީ. އަންތަރީސް ވެއްޖެ

  4. މާނީ

    އައްޗީ...ބޮޑު ރަނޑެއް ވައްތަރު ޖަހަނީ?

  5. މުޙައްމަދު

    ވިހެއުމަކީވެސް ވަރަށް ހއްވަރުގަދަކަން އިޙްސާސްވާނެ ކަމެއް. ޓްރައިކޮއްލަންވީނު

    • ޙުސްނު

      ????????