އިންޑިއާގެ އަސާމްގައި ސްކޫލަށް ދާ ކުދިން ކޯރު ހުރަސް ކުރުމަށް މިހާރު ބޭނުން ކުރަން ޖެހިފައި ވަނީ ކަނދުފައްޗެއް ހަދައިގެން އޭގެ މައްޗަށް އަރައިގެންނެވެ. ކަނދުފަތީގެ މަތީގައި ތިބެގެން އެ ކުދިންގެ މައިންބަފައިންގެ އެހީގައި އެ ކުދިން ކޯރު ހުރަސްކޮށް ދަނީ ކަޝޮމަރީ ޕްރައިމަރީ ސްކޫލަށެވެ.

އެ ކޯރު ހުރަސް ކުރުމަށް ފަސޭހައަކަށް ބުރިޖެއް އަޅާފައެއް ނެތެވެ. އެހެންވެ ބައެއް ކުދިން ސްކޫލަށް ދަނީ ފަތާފައެވެ. އަދި ބައެއް ކުދިން ކަނދުފައްޗެއްގެ މައްޗަށް އަރައިގެން ތިބެ މައިންބަފައިންގެ އެހީގައި ސްކޫލަށް ދާ މަންޒަރު ފެނެއެވެ.

މިގޮތަށް ސްކޫލަށް ދަނީ ކުޑަކުދިންނެވެ. ބައެއް ކުދިން މައިންބަފައިންގެ ކޮޑުމައްޗަށް އަރައިގެން ތިބެ އެ ސްކޫލަށް ދާއިރު، ސްކޫލްގެ ހާލަތުވެސް ވަރަށް ބޮޑަށް ދަށްވެފައިވާކަމަށް ވެއެވެ. އެ ހިސާބުގައި ފެންހިންދާ ނިޒާމެއް ނެތުމުން ވަރަށް ބޮޑަށް ސްކޫލް ތެރޭގައި ފެން ހެދިފައިވާކަަމަށްވެސް ވެއެވެ.

ސްކޫލުން ޑިމާންޑް ކުރަނީވެސް ކުދިންނަށް ހިނގާލާފައި ދެވޭނެ ކަހަލަ ބުރިޖެއް އެޅުމެވެ. ނަމަވެސް އެކަމަށް އަދި އަލިމަގެއް ފެންނާކަށް ނެތެވެ.

ކުޑަކުދިންތަކެއް ތައުލީމް ހާސިލް ކުރަން ސްކޫލާއި ހަމައަށް ކުރާ އުނދަގޫ ދަތުރުގެ ވާހަކަ މީޑިއާ އަށް ތިލަވުމުން ވަރަށް ގިނަ ބައެއްގެ ހަމްދަރުދީ އެކުދިންނަށް ދަނީ ލިބެމުންނެވެ. ގިނަ ބަޔަކު ގެންދަނީ މީސް މީޑިއާގައި އެކުދިންގެ ހިތްވަރަށް ތައުރީފް ވެސް ކުރަމުންނެވެ.

ނަމަވެސް އަދިވެސް ބުރިޖެއް އެކުދިންނަށް ލިބޭނެ ދުވަހެއް ނޭނގެއެވެ. ބުރިޖެއް އަޅަން މަސައްކަތް ކުރާ ކަމުގެ އިޝާރާތެއް ވެސް ސަރުކާރުން ވެސް އަދި ރަސްމީ އިދާރާ އަކުން ވެސް ދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޖަވާހިރު

  ނިކަން އަހަރުމެންގެ ރައީސް ޔާމީނާ ތިގައު ހަވާލު ކޮބަލަ ބްރިޖް ވެސް އަޅާދޭނެ. މޯދީއަކަށެއް ނުވާނެ ތިކަމެއް އޭނާ އުޅޭ ގެރި ސަލާމަތްށކުރެވޭތޯ.

  • ށަމު

   ޔާމީނަށް އިންޑިއާ ހަވާލުކޮށްފިއްޔާ މިހާރަށްވުރެް ބޮޑަށ1 އިންޑިއާ ކޮރަަޕްވާނެ. މުޅި އިންޑިޔާ ވެސް ދަވާލަފާނެ.

 2. ދިވެހިރާއްޖެ

  ނޫން ރާައްޖޭގަ އެކަނި ފަގީރުން ނިކަމެތިން އުޅޭނީ މިހާރުވެސް ލިބޭ އެތިކޮޅު މަދުކަމުން ނެއްނުން އެއުަޅެނީ.ރާއްޖޭމީހުން ނައް ފެންނާނީ އެހެން ގައުމު ތަކުގެ މުއްސަނދިން އުޅޭގޮތް..ފަގީރުން އުޅޭގޮތެއް ނުފެންނާނެ..

 3. ތުއްތޮންބެ

  ހާސްކަނޑާލާ ހުވާކޮށް ނިމުނީމާ އެބަދަން ބުރިޖްއަޅާދެން

 4. ރާނީ

  އާން ތީ ތެދެއް