ފްރާންސްގެ މަގެއްގެ މަތީގައި އަންހެނެއްގެ ގައިގާ ޖެހި ފިރިހެނަކު ހަ މަހަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

ޕްރިސްގެ މަގެއްގެ މަތީގައި އެ ފިރިހެން މީހާ އެ އަންހެން މީހާގެ ގައިގާ ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް މިހާރު ދަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ. މިދިޔަ ޖުލައި މަސް ތެރޭގައި ކެފޭއެއްގެ ކުރިމަތީގައި އުމުރުން 22 އަހަރުގެ އެ އަންހެން މީހާގެ ގައިގާ ޖަހާ މަންޒަރު ފެންނަ ވީޑިއޯ މީސް މީޑިއާށް ލާފައި ވަނީ އެ އަންހެން މިހާއެވެ.

އެ ވީޑިއޯ އިން ފުރަތަމަ ފެންނަނީ،، މަގުމަތިން ލާފައި ދިޔަ އެ އަންހެން މިހާގެ މޫނު މަތީގައި ޖަހާ މަންޒަރެވެ. އެ އަންހެން މީހާ ބުނިގޮތުގައި، އެ މީހާ އޭނާގެ ގައިގާ ޖެހީ، އޭނާ މަގުމަތިން ލާފައި ދަނިކޮށް އެ މީހާ ހުތުރުބަހުން ވާހަކަދައްކަން ފެށުމުން އަނގަމަޑުން ލައިގެން ހުރުމަށް އެންގުމުން ކުއްލިއަކަށް އައިސްގެން ކަމަށެވެ.

އެ މީހާ އެ އަންހެން މީހާގެ ގައިގާ ޖެހުމުން އެ ކެފޭގައި ތިބި މީހުންވެސް ތިބީ ވަރަށް ބޮޑަށް ހައިރާންވެފައެވެ. އަދި އެތަނުން އެކަކު އެ ފިރިހެން މީހާގެ ގައިގާ ޖެހުމަށް ގޮޑިއެއްވެސް ނަގާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.

އެ މީހާ ޖަލަށް ލުމަށް މިދިޔަ ބުރާސްފަތި ދުވަހު ހުކުމް ކުރިއިރު، އޭނާ 2000 ޔޫރޯ ދެއްކުމަށްވެސް ވަނީ ހުކުމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފަހިީމް

    ރާއްޖޭގައި ނަމަ މިމައްސަލަ ދިގު ދެމިގެން ދާނެ 5 އަހަރަށް. އޭގެ ފަހުން އަންހެންމީހާ ޖަލަށް ލާނީވެސް

    • ޏިނޮމި

      Haha

    • މަރިޔަމް މޫސާ

      ނޫނޭ. ގާސިމް ބުނެފިއެއްނު މިހާރު ރާއްޖޭގެ ކޯޓްތައް ހުރީ ރަނގަޅު މަގުގައެވެ.

    • ފިރެހެނެއް

      ފިރެހެނެއް ގައިގާ އަންހެނެއް ޖަހައިފިނަމަ އެއީކަމަކަށްވެސް ނުވާނެ. ގޯސްވާނީވެސް ފިރެހެންމީހާ. ފިރެހެނެއްގެ ނަމުގަ ކޮމެންޓުކޮށްލީދޯ. މިހާރުވެސް ޤައުމީ ޔުނިވާސިޓީގައި ކިޔަވަމުންދާ އަންހެންކުދިންގެ އަދަދު މާބޮޑުތަންވެސް ބޮޑު. އެކަމަކު ނުފެންނާނެ ފިރެހެނެއް އެކަމާ މެދު ހައްޤެކޭ އެހެން އެއްޗެކޭ ކިޔާފަ ދުވާތީއެއް.