މީސްމީޑިޔާއަކީ މިއަދު ގިނަ ފަރާތްތަކެއްގެ ދިރިއުޅުމުގެ އެއް ބައެވެ. މިގޮތުން ބަލާއިރު، ފޭސްބުކް އަކީ ދިވެހިންގެ ތެރޭގައި އެންމެ މަޤްބޫލް އެއް މީސްމީޑިޔާއެވެ. މިއާއެކު ދިރިއުޅުމުގައި ވާ ކޮންމެ ކަމެއް، އަދި ކުރާ ކޮންމެ ކަމެއް ފޭސްބުކް މެދުވެރިކޮށް ހިއްސާކޮށްލެވެއެވެ.

ނަމަވެސް މާގިނައިން ފޭސްބުކްގައި ޕޯސްޓް ކުރާނަމަ ފޭސްބުކް އެކައުންޓް ކޮންމެވެސް ސަބަބަކާ ހުރެ ޑިލީޓް ކޮށްލަން ބޭނުންވެއްޖެނަމަ އެކަން ކުރަން އުދަގޫވެދާނެއެވެ. ފޭސްބުކް ބޭނުން ކުރަމުންދާ ގިނަ ބަޔަކުވަނީ މިމައްސަލަ ކުރިމަތި ވެފައެވެ. މާގިނައިން ފޭސްބުކް އެކައުންޓްއިން ޕޯސްޓް ކުރާނަމަ ފޭސްބުކް އެކައުންޓް ޑިލީޓް ކޮށްލަން ބޭނުންވާ ދުވަހު ދަތި ތަކަކާއި މިވަނީ ކުރިމަތިލާން ޖެހިފައެވެ. ބައެއް މީހުން ބުނާ ގޮތުގައި މިއީ ފޭސްބުކް ބަގް އެކެވެ. ނަމަވެސް މި ބަގް މިހާތަނަށް ފޭސްބުކް އިން ހައްލުކޮށްފައިއެއް ނުވެއެވެ.

މިބަގްގެ ސަބަބުން ފޭސްބުން ބޭނުން ކުރުން ހުއްޓާލުމަށް ބޭނުންވާ މީހާއަށް އުދަގޫ ތަކާއި ކުރިމަތިވެއެވެ. އަދި ފޭސްބުކް އެކައުންޓް ޑިލީޓް ކުރުމަށް ގިނަ ވަގުތު ނަގައެވެ. އަދި ބައެއް ފަހަރު އެކައުންޓް ޑިލީޓް ނުވާގޮތްވެސް ވެއެެވެ.

ފޭސްބުކްއިން މިފަދަ މައްސަލަ އެއް ކުރިމަތި ވެފައިވާއިރު، ފޭސްބުކް ބޭނުން ކުރާ 50 މިލިޔަން ފަރާތްތަކުގެ މައުލޫމާތު ލީކް ވެފައިވާ ކަމަށްވަނީ ފޭސްބުކްއިން ދާދިފަހުން ހާމަކޮށްފައެވެ. އަދި މިމައުލޫމާތުތައް ލީކްވި ހަފްތާގައި ފޭސްބުކްއިންވަނީ އެކައުންޓް ޑިލީޓް ކުރެވޭ އުސޫލަށް ބަދަލު ގެނެސްފައެވެ. މިގޮތުން މީގެ ކުރިން 14 ދުވަހުން އެކައުންޓް އެއްކޮށް ޑިލީޓް ކުރެވޭއިރު، މިހާރު 30 ދުވަސް ވަންދެން ފޭސްބުކްގައި އެމީހެއްގެ މައުލޫމާތު ރައްކާތެރިކޮށްފައި ހުންނާނެ ކަމަށް ފޭސްބުކްއިން ހާމަކުރެއެވެ. އަދި އެކައުންޓް ޑިލީޓް ކުރަން ޖެހިތާ 30 ދުވަހުގެ ކުރިން އެކައުންޓް އަބުރާ ބޭނުން ވެއްޖެނަމަ އެކަން ކުރެވޭނެއެވެ.

ކަމުގެ މާހިރުން ބުނާ ގޮތުގައި އެކައުންޓް ޑިލީޓް ނުވާ މައްސަލަ ފެންމަތި ވެފައިވަނީ މި ގޮތަށް އެކައުންޓް ޑިލީޓް ކުރާ މުއްދަތު އިތުރު ކުރި ފަހުންނެވެ.