ޖައްވީ އިދާރާ، އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަންގައި 6 މަސް ދުވަހު އުޅުމަށްފަހު ތިން އެސްޓްރޯނަޓަކު އަނބުރާ ދުނިޔޭގެ ބިމަށް އަތުވެއްޖެވެ.

މި ތިން އެސްޓްރޯނަޓުން ބިމަށް އައިސްފައިވަނީ ރަޝިޔާގެ ކެޕްސޫލްއެއްގައެވެ. އަދި ފައިބާފައިވަނީ ކަޒަކިސްތާނުގެ މީހުން އުޅޭ ހިސާބާއި ދުރު ސަހަރާއަކަށެވެ. މި ކެޕްސޫލްގައި އައިސްފައިވަނީ އެމެރިކާގެ ޖައްވީ އިދާރާ، ނާސާގެ އެސްޓްރޯނަޓަކާއި ޔޫރަޕިއަން ސްޕޭސް އެޖެންސީގެ އެސްޓްރޯނަޓަކާއި ރަޝިއަން ސްޕޭސް އެޖެންސީ ކޮސްމޯނަޓެކެވެ.

197 ދުވަހު ޖައްވުގައި ހޭދަ ކުރުމަށްފަހު މި 3 މީހުން ދުނިޔޭގެ ބިމަށް އައިސްފައިވާއިރު، މިދުވަސްތަކުގެ ތެރޭގައި އުޅަދުން ފައިބާ ތިން ފަހަރެއްގެ މަތިން މި އެސްޓްރޯނަޓުންވަނީ އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަން މަރާމާތުކޮށްފައެވެ. މީގެ ތެރޭގައި ސްޕޭސް ޝަޓަލްގައި އިތުރު ކެމެރާ ހަރުކުރުމާއި އިތުރު ބައެއް މަސައްކަތްތައްވެސް ހިމެނެއެވެ. އަދި ރަޝިޔާގެ އެސްޓްރޯނަޓްވަނީ އުޅަނދުން ބޭރުގެ ޖައްވުގައި އެންމެ ގިނަ ވަގުތު ހޭދަ ކުރި ރަޝިޔާގެ މީހާގެ މަޤާމް ހޯދާފައެވެ. މިގޮތުން އޭނާވަނީ ޖައްވުގައި 7 ގަޑިއިރާއި 46 މިނެޓް ހޭދަކޮށްފައެވެ.

މި 197 ދުވަހުގެ ތެރޭގައި މި އެސްޓްރޯނަޓުންވަނީ ޖައްވީ އުޅަނދުގައި ތިބެ ގިނަ ތަޙްލީލްތަކެއް ކޮށްފައެވެ. މިގޮތުން ދިޔާތަކެތިން ދިޔާތަކެތި ވަކި ކުރެވޭނެ ގޮތާއި ފިނި ކުއަންޓަމް ގޭސް ބޭނުންކޮށްގެން ތަފާތު ދިިރާސާތައް ކުރިއަށް ގެންގޮސްފައި ވެއެވެ. އަދި ދުނިޔޭގެ ބިމުގައި ތިބި، ތަރިތައް ދިރާސާ ކުރާ ފަރާތްތަކަށް ގިނަ މަޢުލޫމާތު ތަކެއްވަނީ ހިއްސާކޮށްފައެވެ.

އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަންއަކީ ދުނިޔެ ވަށައިގެން އެބުރެމުން އަންނަ ޖައްވީ އުޅަނދެކެވެ. މި އުޅަނދުން އެސްޓްރޯނަޓުން ފައިބާާފައިވަނީ ކެޕްސޫލްއެއްގައެވެ. އަދި ދުނިޔެއަށް އައުމަށް 4 ގަޑިއިރުވަނީ ހޭދަވެފައެވެ. މިތިން އެސްޓްރޯނަޓުންގެ ހާލުވެސް ރަނގަޅު ކަމަށް ބޭރުގެ މީޑިޔާތަކުން ހާމަކުރެއެވެ.