މިދިޔަ ބުރާސްފަތި ދުވަހު މަރާލި، އިރާގުގެ މަޝްހުރު މޮޑެލް، ތާރާ ފާރިސް މަރާލުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

މިކަން ހާމަކޮށް އިރާގުގެ އިންޓީރިއާ މިނިސްޓްރީން ވިދާޅުވީ، ތާރާ މަރާލި މައްސަލަ ހަލުވިކަމާއި އެކު ތަހުޤީޤުކުރެވެމުން ދާއިރު، އެ މައްސަލައިގައި ތުހުމަތު ކުރެވޭ އެކަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ އާއި ސުވާލުކޮށް އެމައްސަލަ އިތުރަށް ބަލަމުންދާ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެ މިނިސްޓްރީން ނޫސްތަކުގައި ވިދާޅުވީ، ތާރާގެ މަރުގެ ހާދިސާ ހިނގިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި މައްސަލަ އާއި ގުޅުންހުރި މީހަކު އަތުލައިގަނެވުމަކީ އެ ހާދިސާގެ ތަހުޤީޤަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، އެއީ ބަޔަކު ރާވައިގެން ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގައި ކުރީންވެސް ބެލެވިފައިވާއިރު، ހާދިސާގެ ފަހަތުގައި ތިބި މީހުން އަތުލައިގަތުމަށް މިކަމުން ފަސޭހަވެގެންދާނެ ކަމަށެވެ.

މަރާލި ތާރާ ފާރިސް

 

ތާރާ މަރާލާފައި ވަނީ، އޭނާގެ ކާރުގައި އިރާގުގެ ސިޓީއަކުން ބަޣުދާދަށް ދަތުރުކޮށްފައި ދަނިކޮށް ސައިކަލަކުން ދިޔަ ދެ މީހަކު އޭނާއަށް ބަޑިން ހަމަލާ ދިނުމުގެ ސަބަބުންނެވެ. މި ހާދިސާގައި ތާރާގެ ބޮލަށް ދެ ވަޒަނާއި މޭމައްޗަށް އެއް ވަޒަން އަމާޒުވެފައިވާއިރު، ހޮސްޕިޓަލަށް ނުގެންދެވެނީސް ވަނީ މަރުވެފައެވެ.

ތާރާ މަރާލި މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި މިހާރު ދައުރުވަމުންދާއިރު، ވީޑިއޯއިން ތާރާގެ އެންމެ ފަހުގެ ވަގުތުކޮޅު ފެނިގެންދެއެވެ. އެ ވީޑިއޯއިން އޭނާއަށް ހަމަލާދިން ދެމީހަކު، ހަމަލާދިނުމަށްފަހު ސައިކަލަށް އަރައިގެން ފިލަންދާ މަންޒަރު ފެނެއެވެ. އޭރުވެސް މަޑުމަޑުން އޭނާގެ ކާރު ދިޔައީ ކުރިއަށް ދުއްވަމުންނެވެ.

އޭގެ ފަހުން މާގިނައިރެއް ނުވެ، އެ ސަރަޙައްދުން މީހަކު ދުވެފައި ގޮސް ތާރާގެ ކާރުގެ ދޮރުކޮޅުވާލައި އެހީތެރިވުމަށް މަސައްކަތްކުރާ މަންޒަރު ވީޑިއޯއިން ފެނެއެވެ. ނަމަވެސް ކާރު ތެރޭގައި އެވަގުތު ހުރި ތާރާ ނުވަތަ އޭނާއަށް ހަމަލާދިން މީހުންގެ މޫނު ވީޑިއޯއިން ސާފެއް ނުވެއެވެ.

https://twitter.com/aWMKJ8UyGBIcqMo/status/1045676355239768066

ތާރާއަކީ އިރާގުގައި 2015 ވަނަ އަހަރު ބޭއްވި ރީތީގެ ރާނީ ހޮވުމުގެ މުބާރާތެއް ޔާމިޔާބު ކުރި އަންހެނެކެވެ. އޭނާއަށް އެއަށްފަހު އާންމުންގެ ބޮޑު ސަމާލުކަމެއް ލިބުނުއިރު، ފަހުން ދިރިއުޅުން ގްރީސްއަށް ބަދަލުކޮށްގެން އުޅުނީ ޤައުމުން ބޭރުގައެވެ. ނަމަވެސް އޭނާ މަރާލާފައި މިވަނީ ގްރީސްގައި އުޅުމަށްފަހު އެނބުރި ޤައުމަށް އައިތާ ގިނަ ދުވަސްތަކެއް ނުވަނީސްކަމަށް ވެއެވެ. ތާރާ މަރާލިއިރު އޭނާ ތައްޔާރުވަމުން ދިޔައީ ޔޫއޭއީއަށް ދިރިއުޅުން ބަދަލުކުރަން ކަމަށް އާއިލާގެ ފަރާތުން ނޫސްތަކުގައި ބުނެފައިވެއެވެ.

2015 ވަނަ އަހަރު ތާރާއަށް ލިބުނު ކާމިޔާބީއަށްފަހު އޭނާ ފަހުން ފެނިގެން ގޮސްފައިވަނީ ޔޫޓިއުބު ވީޑިއޯތަކުންނެވެ. އެތައް މިލިއަން ވިއުސް އޭނާގެ ވީޑިއޯތަކަށް ލިބެމުންދިޔައިރު، މީސްމީޑިއާގައި އެތައް ހާސް ބަޔަކު އޭނާ ފޮލޯކުރަމުންދެއެވެ. ތާރާއަކީ މުޅި އިރާގުންވެސް ހަވަނައަށް އެންމެ ގިނަ މީހުން ފޮލޯ ކުރާ މޮޑެލްއެވެ.

ތާރާހެ ކުއްލި މަރުގެ ޚަބަރުން އެތައް ބަޔަކަށް ސިހުން ގެނުވިއިރު، އެ ޚަބަރާއިއެކު ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި ހިތާމަވެރި ޝުޢޫރުތައް ފާޅުކުރަމުންނެވެ. އަދި ތާރާ އާއި އާއިލާއަށް އިންސާފު ހޯދައިދިނުމަށް، ކަމާއި ބެހޭ ފަރާތްތަކަށް އޭނާގެ ފޭނުން ދަނީ ގޮވާލަމުންނެވެ.

އޭނާ މަރާލުމުގެ ކުރިން ތަފާތުއެކި ގޮތްގޮތަށް އޭނާއަށް މަރުގެ އިންޒާރު ލިބެމުންދިޔަ ކަމަށް ވެއެވެ. ތާރާގެ އިތުރުން، ފާއިތުވެދިޔަ ދުވަސްތަކުގައި އިރާގުގެ ބައެއް އެހެން މޮޑެލްއިންނަށްވެސް ބައެއް ފަރާތްތަކުން ދަނީ މަރުގެ އިންޒާރުދީ ނުރައްކާ ކުރިމަތިކުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ސުލްހަވެރި ދީނުގެ ފޮނިމޭވާ ދޮންވެ ފައިބަނީ

    • ޑޯގް ކިންގް

      އެހެން ދީން ތަކުގެ މީހުން، މީހުން ނުމަރާތަ؟ މީހުން މެރުމާ ދީނާ އޮތީ ކޮން ގުޅުމެއް؟

      2
      2
    • Anonymous

      ސުލްހަވެރި ދީނަކީ ހަމައެކަނި ﷲ ތައާލާގެ ހަޟްރަތުގައިދީނަކީ. އެދީނަށް ނޫޅޭ އެކަމަކު ﷲ ހެއްދެވި ނިކަމެތި އަޅަކު އެދީނަށް ކޮށްލާ ތިކަހަލަ ފުރައްސާރަކުން މަލާމަތް ލިބޭނީ ހަމަ ހަލެއަށް. ކަލޭ ތިއީވެސް ﷲ ގެ އަޅެއް. ކަލެއަކަށް ކަލޭގެ އުމުރެއް ސިއްހަތެއް ކަނޑައެއް ނޭޅޭނެ. ނިކަމެތި ކުނަމެއްސެއްފަދަ ބައެއް އިންސާނުންނަކީ. ބޮޑާވެ ހިތުހުރިގޮތަކަށް އުޅެންވެގެން މުސްލިމަކަށް ނުވަނީ. ﷲ ފިޔަވާ ކަލޭމެން އަޅުވެތި ވަނީ ޝައިތާނާއަށް

      3
      2
    • ޙައްޤު

      ނިކަމެތިކަމުގެ މޭވާ "ޒައްގޫމް" ކާން ރެޑީވަނީބާ؟

      1
      2
    • ނަސޭޙަތް

      ކަލޭ ހިތުން ﷲ އަށް މަލާމާތް ކޮއްލީތަ؟ ބަޔަކު މުނބްކަރާތެއް ހިންގުމަކީ ދީނުގެ މައްސަލައެއް ނޫން. ގެފުޅު ކައިރީ ޒިނޭ ކުރުމަކީ ގފުޅުގެ މައްސަލައެއް ނުވަތަ އިސްލާމް ދީނުގެ އައިބުކަމެއް ނޫން. ދީނާއި ނުބެހި ހުރޭ.

      2
      2
  2. ސިއ

    ސުބުހާނަﷲ

  3. އިބުރޭ

    ނުލފާ އެފިރިހެނާ މަރަން ވީ ަވަހަށް

    • އަސްމަދު ފުލް

      ނޯ މަރާނެ ކަމެއްނެއް.. ހިމަންރައިޓް އެކޭ ބޮރޯ

      1
      2