އިންޑިއާގެ ބަޖެޓް އެއާލައިނެއް ކަމަށްވާ، ސްޕައިސް ޖެޓުން ދަތުރު ކުރަމުންދިޔަ ތައިލެންޑްގެ ފަސެންޖަރަކު މަތިންދާ ބޯޓު ތެރޭގައި ހާޓް އެޓޭކެއް ޖެހި ކުއްލިގޮތަކަށް މަރުވުމާއި، ގުޅިގެން ފްލައިޓް އިމަޖެންސީގައި ވަރްނަސީއަށް ޖައްސައިފިއެވެ.

މިއަދު ހެނދުނު 7:40 ހާއިރު ބެންގކޮކުން ނައްޓާލި އެ ފްލައިޓްގައި 189 ފަސެންޖަރުން ތިއްބެެވެ. އޭގެ ތެރޭގައި ތައިލޭންޑުގެ 22 ފަތުރުވެރިން ހިމެނެއެވެ. ރިޕޯޓްތައް ބުނާގޮތުގައި، މަތިންދާ ބޯޓު ތެރޭގައި ހާޓް އެޓޭކެއް ޖެހިގެން މަރުވެފައި ވަނީ އުމުރުން 53 އަހަރުގެ ފަސެންޖަރެކެވެ.

ވަރްނަސީގެ ލާލް ބަހްދޫރް ސަޝްތްރީ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮފިޝަލުން ބުނީ، އެ މީހާ ހާޓް އެޓޭކެއް ޖެހުމުން ފްލައިޓް އެ އެއާޕޯޓަށް ޖެއްސީ އިމަޖެންސީގައި ކަމަށެވެ. އަދި އޭނާއަށް ފަރުވާ ދިނުމަށް އެއާޕޯޓާއި، އެންމެ ކައިރިން ސިއްހީ ފަރުވާ ދިނުމަށް ހާއްސަ ތަނަކަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާކަަމަށް ރިޕޯޓްތައް ބުނެއެވެ.

އެ އެއާޕޯޓްގެ އިސް ފަރާތްތަކާއި ހަވާލާދީ ރިޕޯޓްތައް ބުނީ، މި ހާދިސާގައި މަރުވި ފިރިހެން މީހާ ދަތުރުކުރަމުންދިޔައީ އޭނާގެ އަނބިމީހާ އާއި ދައްތަގެ އިތުރުން، އާއިލާގެ އިތުރު ހަތް މެންބަރުންނާއި އެކުގައި ކަމަށެވެ. މި ހާދިސާއާ ގުޅޭ މައުލޫމާތުތައް މިހާރު ތައިލޭންޑުގެ އެމްބަސީ އާއި ހިއްސާކޮށްފައިވާ ކަމަށް އެއާޕޯޓުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު