އެކުގައި ދެމީހަކަށް އުޅެވޭނީ އެއްވެސް މަޖުބޫރު ކަމެއް ނެތި ދެމީހުން ވެސް ބޭނުންވާ ކަންތައްތައް ކޮށްގެން ކަމަށް ބައެއް މީހުން ހީކޮށްފާނެއެވެ. ނަމަވެސް އަނެއް ބަޔަކު ގަބޫލު ކުރާ ގޮތުގައި ލޯބިން އެކުގައި އުޅެން ބޭނުންވާ ނަމަ ބައެއް ކަންކަމަށް މަޖުބޫރު ކުރަވަން ވެސް ޖެހޭނެއެވެ.

އެކަމަށް އެއްބަސްވާ ދެ ލޯބިވެރިއެއްގެ އެއްބަސްވުމެއް ޓްވިޓާގައި ވަނީ ވައިރަލް ވެފައެވެ. މިއީ އަންހެނަކު އޭނާގެ ލޯބިވެރިޔާ ބޯލަނބަން މަޖުބޫރު ކަންތައްތައް ހިމަނައިގެން ހަދާފައިވާ އެއްބަސް ވުމެކެވެ. މިއެއްބަސްވުމުގައި ދެމީހުން ވެސް ވަނީ ސޮއި ކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެއްބަސްވުމުގައި ޖުމްލަ 22 މާއްދާއެއް ހިމެނެއެވެ. އޭގެތެރޭގައި އެއްވެސް އަންހެނެއްގެ ފޯނު ނަމްބަރު ފިރިހެން މީހާގެ ފޯނުގައި ސޭވް ކޮށްފައި އިނުން މަނާކުރާ މާއްދާ އަކާއި ސޯޝަލް މީޑިއާއެއް އެއްވެސް އެޕްލިކޭޝަނެއް މެދުވެރިކޮށް އަންހެނަކު ފޮލޯ ކުރުން މަނާ ކުރާ މާއްދާ އެއް ވެސް ހިމެނެއެވެ.

ރަހުމަތްތެރިންނާއި އެކު ހަފްތާއަކު ދެފަހަރަށް ވުރެ ގިނައިން ބޭރަށް ދިއުން ވެސް އެއްބަސްވުމުގެ ދަށުން ފިރިހެން މީހާ އަށް ވަނީ މަނާކޮށްފައެވެ. "އެއްވެސް ތަނެއްގައި އެއްވެސް އަންހެނަކާއި ދިމާއަށް ބަލާލައިގެން ވެސް ނުވާނެ" އެއްބަސްވުމުގެ ފަސް ވަނަ މާއްދާގައި ވެއެވެ.

އޭގެ އިތުރުން އަންހެން މީހާ ބޭނުން ވެއްޖެ ކޮންމެ ވަގުތަކު އޭނާގެ ލޯބިވެރިޔާގެ ފޯނު ޗެކް ކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށް އެއްބަސްވުން ބުނެއެވެ. އަދި އެންމެ މަދުވެގެން ކޮންމެ ދެހަފްތާ އިން އެއް ފަހަރު ޑޭޓަކަށް ދާން ޖެހޭނެ ކަމަށް ވެސް އެއްބަސްވުމުގައި ވެއެވެ.

ލޯބިވެރިޔާ މެސެޖެއް ކޮށްފިނަމަ އެންމެ ލަސްވެގެން 10 މިނެޓް ތެރޭގައި އެމެސެޖަކަށް ރިޕްލައި ކުރަން ޖެހޭނެ ކަމަށް ވެސް އެއްބަސްވުމުގައި އެބައޮތެވެ.

މީގެ އިތުރުން ބައެއް ރަހުމަތްތެރިންގެ ނަން ފާހަގަ ކޮށް އެމީހުންނާއި ބައްދަލު ކުރުމާއި، އެމީހުން ފިރިހެން މީހާ އުޅޭ ގެއަށް ގެނައުން ވެސް އެއްބަސްވުމުގެ ދަށުން އަންހެން މީހާ ވަނީ މަނާ ކޮށްފައެވެ.

މިއެއްބަސްވުން ޓްވިޓާގައި އާންމު ވުމުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަންހެން މީހާ އަށް ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކިޔާ

    މީ ކޮން ޤައުމަކަށް ނިސްބަތްވާބައެއްބާ؟؟؟ތި އަންހެންމީހާއަށް ބުނެލަން ބޭނުމީ ތިފިރިހެންމީހާ ދޫންޏެއްހެން ކޮއްޓަކަށްލާފަ ބަންދުކޮށްފަ ބަހައްޓާ.ތީދެން ބޮޑުވަރު.ބޯހަލާކު..

  2. މޮޔާ

    ތިފިރިހެމްމީހާ ތިގަރާރުގައި ސޮއި ކުރިނަމަ ތީވަރައް ކަޓު ފިރިހެނެއް އަނެއްކާ ދެން ތިބި ހުރިހާ ފިރިހެނުނަނަށް ބޮޑު އުދަގުޅެއް

  3. ޒިމްނާ

    ތީ ފިސާރި ކަބަލެއް މިޤައުމުގާ ނެތް ތިކަހަލަ ފިރިހެނުން ނުކުރަން ބުނި ކަމެއްވިއްޔާ މި ފިރިހެނުން އަވަހަށް ކުރާނެ

  4. ޖަނާ

    ޕިސް ޕިސް...ބޮޑުވަރު އެއީ ދެން...ދޫންޏެއްވެސް އެއަށްވުރެން މިނިވަންކޮށް ކޮށީގަ އިންނާނެ..