އިންސާނީ ދަރިފަސްކޮޅަށް ނުރައްކާ ވާފަދަ އަލިފާން ފަރުބަދަ އެއް ގޮވަން ތައްޔާރުވެފައިވާކަމަށް ސައިންސްވެރިން ބުނެފިއެވެ.

އާންމު ގޮތެއްގައި އިންސާނީ ދަރިފަސްކޮޅު ނެތިގެން ހިގައިދާނެ ކަމަށް ބެލެވެނީ ގިނި ހިލައެއް ދުނިޔޭގައި ޖެހި މުޑި އަރައިގެންނެވެ. ނަމަވެސް އެރިކާގެ ޖައްވީ އިދާރާ ނާސާއާއި ހަވާލާދީ ބީބީސީގެ ރިޕޯޓެއް ބުނާގޮތުން އަލިފާން ފަރުބަދަ ނުވަތަ ސުޕަ ވޮލްކޭނޯ އެއް ގޮވުމަކީ ވެސް އިންސާނީ ދަރިފަސްކޮޅަށް ނުރައްކާތެރި ކަމެކެވެ.

ސުޕަ ވޮލްކޯނޭ އެއް ގޮވަނީ ކޮންމެ 100000 އަހަރަކުން އެއް ފަހަރު އެވެ. ސައިންވެރިން ލަފާ ކުރާ ގޮތުގައި މި ފަދަ އަލިފާން ފަރުބަދައެއް ގޮވަފި ނަމަ މުޅި ދުނިޔޭގެ ބޮޑު ސަރަހައްދެއް ބަނޑަށް ޖެހި ދުނިޔެ އާދަޔާ ހިލާފަށް ފިނި ގަދަވެގެން ދާނެ ކަމަށެވެ. ސަބަބަކީ ފަރުބަދައިން ނިކުންނަށް އަޅީގެ ދުމުން ދުނިޔެއަށް އިރުގެ އަލިކަން ނުލިބޭނެތީއެވެ.

ގޮވަން ތައްޔާރު ވެފައިވާ ކަމަށް ބެލެވޭ އަލިފާން ފަރުބަދަ
ގޮވަން ތައްޔާރު ވެފައިވާ ކަމަށް ބެލެވޭ އަލިފާން ފަރުބަދަ

އެމެރިކާގެ ޔެލޯ ސްޓޯން ނޭޝަނަލް ޕާކްގައި ވާ ޔެލޯ ސްޓޯން އަލިފާން ފަރުބަދަ މިހާރު ގޮވުމަށް ތައްޔާރުވެފައިވާ ކަމަށް ސައިންވެރިން މިހާރު ދަނީ ބުނަމުންނެވެ. ޔެލޯ ސްޓޯން އަލިފާން ފަރުބަދަ އަކީ ކޮންމެ 600000 އަހަރުން އެއް ފަހަރު ގޮވާ އަލިފާން ފަރުބަދައެކެވެ. މި ފަރުބަދަ އެންމެ ފަހުން ގޮވިތާވެސް 600000 އަހަރު ވެދާނެ ކަމަށް ސައިންސްވެރިން ލަފާކުރެއެވެ.

މި އަލިފާން ފަރުބަދަ ގޮވުން ހުއްޓުވުމަށް ނާސާއިން މިހާރު ދަނީ ދިރާސާ ތަކެއް ކުރަމުން ނެވެ. އެގޮތުން މި އަލިފާން ފަރުބަދައިގެ އަޑި އަށް 10 ކިލޯމީޓަރަށް ތޮރުފުމަށް ފަހު ޕްރެޝަރުގައި ފެން ފޮނުވުމަށް ދަނީ ވިސްނަމުންނެވެ. މީގެ ސަބަބުން މި ފަރުބަދައިގެ އަޑި ހޫނުގަދަ ނުވެ އެެއް ވަރެއްގައި ހިފަހައްޓާނެ ކަމަށް ސައިންސްވެރިން ލަފާކުރެއެވެ.

އަލިފާން ފަރުބަދަ ގޮވުމުގެ ކުރިން އެކަން ހުއްޓުވަން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ކުރާނެ އަސަރެއް އަދި ޔަގީންކަމާއި އެކު ބުނާކަށް ނޭނގެއެވެ. އެހެންކަމުން މިއީ އަލިފާން ފަރުބަދަ ގޮވުން ހުއްޓުވިދާނެ ގޮތެއް ކަމުގެ ކަށަވަރު ކަމެއް ވެސް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޭުގުބޭ

  ތޮރުފަން އުޅެގެން ދެންގޮވާނީ އަތަށް

 2. ސަވާލަކީ...

  600،000 އަހަރު މިދުނިޔެއަށް ވެއްޖެބާ؟

  • ދުނިޔެ

   ޢަޅެ ފަހެ! އެތައް މިލިއަން އަހަރެއް ވެއްޖެ މިހާރު މިދުނިޔެއަށް ?

  • ޚދހދގ

   ޢާނ...ވެއްޖެ!

  • އިލްކްސަ

   ޔުނިވާސްގެ އުމުރު 14 ބިލިޔަން އަހަރު، ދުނިޔޭގެ އުމުރު 4.5 ބިލިޔަން އަހަރު. އިންސާނުން އުޅޭތާ 200000 އަހަރަށްވުރެ ގިނަ

 3. ކަހެރުވައް

  ތިކަން އޮތީ މީގެ ސާދަސަތޭކަ އަހަރު ކުރީގައި މަމެންގެ ފޮތުން އެނގެން

  • ނަން

   ކީކޭބާ އެއީ؟ ގައިމުވެސް ނާސާ އާއި އެމެރިކާގެ ވާހަކަ ނުއޮންނާނެ.

  • Anonymous

   ރަނގަޅު ވާހަކައެއް. މިކަމަކީ މީގެ ސާދަސަތޭކަ އަހަރުކުރިން މުސްލިމުންނަށް އެނގި ބާވެފަ ހުރި ކަންކަން

 4. އަޖޭ

  ދުނިޔެއައް 4543 ބިލިއަން އަހަރު. އެއީ 4,543,000,000,000 އަހަރު

 5. ގޮބްސް

  ލޮލް