އެމެރިކާގެ ދެމަފިރިޔަކު އެއް ކުރަމުންދިޔަ އެއްހާސް ޑޮލަރު އެ މީހުންގެ ދަރިފުޅު ކޮށާލައިފިއެވެ. މިހާރު އެ ދެމަފިރިން އެ ތިބީ އެ ކަމާއި ބުނާނެ އެއްޗެއް ނޭނގިފައެވެ.

ބެން އާއި ޖެކީ ނަަމަކަށް ކިޔާ މި ދެމަފިރިން މީގެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން އެއް ކުރަމުންދިޔަ އެ ފައިސާ ތަަަކަކީ ފުޓްބޯޅަ ސިޒަނަށް ހާއްސަކޮށް ޓިކެޓް ގަތުމަށް އެއްކުރަމުން ދިޔަ ފައިސާ އެވެ. އެހެންކަމުން މިހާރު އެ ދެމަފިރިން ތިބީ ބޮޑު ހިތާމައެއްގައެވެ.

ރައްކާކުރި ފައިސާތައް ހުރީ ސިޓީ އުރައަކަށް އަޅާފައެވެ. އެ ސިޓީ އުރައަަށް އަޅާފައި ހުއްޓާ ލިއޯ ނަމަކަށް ކިޔާ އެ ކުއްޖާ ވަނީ އެ އެއްޗެހި ކުދި ކުރާ މެޝިނަށް ލާފައެވެ.

ޖެކީ ބުނީ އެކަން އެ މީހުންނަށް އެނގުނީ މަންމައަށް އެ ފައިސާތައް ދިނުމަށްޓަކައި ސިޓީ އުރައަކަށް ލައިގެން އުޅެނިކޮށް އެ ފައިސާ ނުފެނިގެން ހޯދަމުން ދަނިކޮށެވެ. އެއިރު އެ ފައިސާތައް ބެހެއްޓި ހިސާބެއްގައި ނެތެވެ. އެހެންވެ އެ ފައިސާތައް ހޯދަމުން ދަނިކޮށް ފެނުނީ، ކުދިކޮށް ކޮށާލާފައިވާ މަންޒަރެވެ.

ޖެކީ ބުނީ، އެ މަންޒަރު އޭނާއަށް ފެނުމުން ފުރަތަމަ ގަބުވެފައި ދެ މީހުންނަށްވެސް ތިބެވުނީ ކަމަށެވެ. އަދި އެ ފައިސާތަކާއި ގުޅޭގޮތުން އެ މީހުން ލިއޯގެ ކައިވެނީގެ ހަފްލާގައި ދައްކާނެކަމަށްވެސް އޭނާ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ފައިސާތައް އެދެމަފިރިންނަށް ލިބުމުގެ ފުރުސަތު އެބައޮތެވެ. އެއި އެގޮތަށް ކޮށާލާފައިވާ ފައިސާތަކަަށް ބަދަލު ދޭ ސަރުކާރުގެ އޮފީހެއް ހުންނާތީއެވެ.

ކިޔުންތެރިންގެ ހިޔާލު