ވަރަށް ލޯބިން އުޅުނު ދެމަފިރިއެއްގެ ކައިވެނީގެ ހަފްލާ އޮސްޓްރޭލިއާގައި ބޭއްވިއެވެ. އެ މީހުން ހުވަފެނުން ދެކުނު ކަހަލަ ގޮތަކަށް ބާއްވަން އުޅުނު އެ ހަފްލާގައި ފަހުން ކަންތައް ވެގެން ދިޔައީ އެ މީހުން އުއްމިދުކޮށްގެން ތިބި ގޮތަކަށް ނޫނެވެ. ކައިވެންޏަށްފަހު ފޮޓޯ ޝޫޓް ނަގަން އެ މީހުން އުޅުނީ ތަފާތު ގޮތަކަށެވެ.
ގްލެން އާއި މިކީ ކައިވެންޏަށް ފަހު ފޮޓޯ ޝޫޓެއް ނަގަން ވެގެން އުޅެނިކޮށް އެ މީހުންނާއި ކުރިމަތިލީ ގެރިއެކެވެ. އެ ގެރިއަކީ ވަރަށް ބޮޑަށް ރުޅި އައިސްފައި ހުރި ގެރި އެއްކަމަށް ވެއެވެ.
އެ މީހުންގެ ފޮޓޯގްރާފަރު އެދުނީ އެ މީހުން ކައިރިން ހޯސްއަކާއި އެކު ފޮޓޯ ނެގުމަށެވެ. އެހެން ނަމަވެސް އެ މީހުން އެ ހޯސްއާއެކު ފޮޓޯ ނަގަން ތިއްބާ އެ މީހުންނާއި އެ ރުޅިގަދަ ގެރި ކުރިމަތިލިއެވެ.
އެ ގެރީ ދުވީ އެ މީހުންގެ ފަހަތުންނެވެ. އެ ގެރި އެ ފޮޓޯ ޝޫޓް ކުރިއަށްގެންދަން ބޭނުން ނުވި ކަހަލައެވެ. އެކަމާއި އެމީ ބިރުން ވަރަށް ބާރަށް ދުވާ މަންޒަރު ފެންނަ ފޮޓޯތަކެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އެހެންކަމުން އެ ފޮޓޯ ޝޫޓް ވެގެން ދާނީ އެ މީހުންނަށް ވަރަށް ބިރުވެރި ޝޫޓަކަށެވެ. އަދި އެ މީހުން ބޭނުންވި ގޮތަށް ފޮޓޯތައް ވަނީ ނުނެގިފައެވެ. ނަމަވެސް އެކަން ވެގެން ދާނީ ހަނދާނުން ފިލާނުދާނެ ވަރުގެ ޝޫޓަކަށެވެ.
އެޑިޓް ކޮށްފައިން ފޮޓޮއެއް...ފޭކް
ދޯ!