މޯލްޑިވިއަން އައިޑޮލް އިން މޫސާ އިޝާން (ކޮކީ);އާއި އަހުމަދު ނާޒިހު ކަޓައިފިއެވެ.

ރޭ ބޭއްވި މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ޕިޔާނޯ ރައުންޑްގައި ދެވަނަ ބުރުގައި ރީތި ލަވަތަކެއް ފެނިގެންދިޔައިރު، މިރޭ އޮތް އެލިމިނޭޝަންގައި ވެސް ބައިވެރިންގެ ފަރާތުން ރީތި ލަވަތަކެއް ފެނިގެން ދިޔައެވެ. މިރޭގެ ޝޯވގައި ދައްކާފައި ވަނީ ބައިވެރިންގެ ޑުއެޓްތަކެވެ.

އަންނަ ހަފްތާގައި އޮންނާނީ އައިޑޮލްގެ ގާލާ ރައުންޑް ޝޯވއެވެ.

މިރޭވެސް ބައިވެރިންގެ ފަރާތުން ފެނިގެންދިޔަ ހުށަހެޅުންތަކަށް ބަލައި ޖަޖުން ވަނީ ބައިވެރިންގެ ފަރާތުން ރަނގަޅު ކުރަންވީ ކަންތައްތައް ކިޔާދީފައެވެ. މިއީ ބައިވެރިން އިތުރަަށް ކުރިއަށްދިޔުމަށް ލިބޭނެ ހިތްވަރަކަށް ވެގެންދާނެއެވެ.

ރޭ އޮތް ޕިޔާނޯ ރައުންޑްގެ ހުށަހެޅުންތަކަށް ޖަޖުންގެ 50 އިންސައްތަ މާކްސް އާއި ބެލުންތެރިންގެ 50 އިންސައްތަ ވޯޓަށް ބަލައި، މިރޭގެ ޝޯވއިން ދެ ބައިވެރިން ވަކިވިއިރު، އަންނަ ހަފްތާ އޮންނަ ގާލާ ރައުންޑްއިން ޖާގަ ހޯދި އަނެއް ހަ ބައިވެރިން މިހާރު ވަނީ ކަށަވަރުވެފައެވެ.

އެ ބައިވެރިންނަކީ،

އިބްރާހިމް ޝަމީލް (ޗައިވާލާ)

އާމިނަތް ސައިނާ މުހައްމަދު ރަޝީދު

ތަސްލީމް

ހަސަން ޝަހުދާން

ނައުޝާދް ލަތީފް

މަރިއަމް ސަލްވާ

އެ ބައިވެރިންގެ އިތުރު މިދިޔަ ހަފްތާ އޮތް ޕިޔާނޯ ރައުންޑް އިން ސަލާމަތްވެފައި ވަނީ އަޒަލް ޢަލީ ޒާހިރާއި މަރިޔަމް މައީޝާއާއި ރައިޙާން ޢާދަމް އާއި ޝާން ޝަރީފާއި ޢަބްދުﷲ މުނާޒް އަދި ޢަބްދުﷲ މުރުޝިދެވެ.

ކިޔުންތެރިންގެ ހިޔާލު