އަނުޝްކާ ޝަރްމާގެ ބައްޕަ ކޮލޮނަލް ރިޓަޔާޑް އަޖޭ ކުމާރް ޝްރްމާ އޭނާގެ ދަނބިދަރި ވިރާތް ކޮލީއަށް ހާއްސަ ހަދިޔާއެއް ދީފިއެވެ.

މުމްބާއި މިރާގައި ބަޔާންކޮށްފައިވާގޮތުގައި، ކޮލޮނަލް ޝަރްމާ ވިރާތްއަށް ދީފައި ވަނީ ލޯބީގެ ޅެން ހިމެނޭ ފޮތެކެވެ.
އެ ނޫހުގައި ބުނެފައިވާގޮތުގައި، އެ ފޮތަކީ ކޮލޮނަލް ޝަރްމާގެ ދެމަފިރިން ފޮތެއް ލޯންޗް ކުރުމަށްގޮސް ވިރާތްއަށް ފޮތެއް ގެންދަން ބޭނުންވީއެވެ.

އެ ލޯބީގެ ޅެންތައް ހިމެނޭ ފޮތަކީ ޅެން ހެދުމުން އެވޯޑްތަކެއް ލިބިފައިވާ މަނޯޖް މުންތަސިރުގެ ފޮތެކެވެ.

ވިރާތް އާއި އަނުޝްކާ އަކީ ޅެންތަކަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ހުންނަ ދެ މީހުންނެވެ. އެގޮތުން އެ މީހުންގެ ކައިވެނީގެ ހަފްލާގައިވެސް ވަރަށް ބައިވެރި ޅެން ފޮތްތައް ލިބުނުކަމަށް ވެއެވެ.

މި ދެމަފިރިން ކައިވެނިކޮށްފައި ވަނީ މިދިޔަ ޑިސެންބަރު މަހުގެ 11 ވަނަ ދުވަހު އިޓަލީގައެވެ. އޭގެ ފަހުން އިންޑިއާއަށް އައިސް އިންޑިއާގައި ދެ ކައިވެނީގެ ހަފްލާވެސް ވަނީ ބާއްވާފައެވެ.

އަނުޝްކާ މިހާރު ދަނީ އޭނާގެ އެންމެ އަވަހަށް އާއްމުންނާއި ހަމައަށް އަންނާނެ ބިރުވެރި ފިލްމް ޕަރީގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ. އަދިއެއަށް ފަހު އޭނާ ފެނިގެން ދާނީ ޝާހްރުކް ޚާންއާއެކު ޒީރޯއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. 478

    ޔާރައްބަލް ޢާލަމީން... ކޮލޮނަލްއެއް ނޫން ކާނަލް.... ޕިސްޕިސްޕިސް

    • ސާ

      ???????????????????????????????

  2. ކާނަލް

    ކޮލޮނަލް އެއް ނޫނޭ. ޢެއީ ކާނަލް. ކިހާ ދެރަކަމެއް.

  3. ކްރޯޑް

    ދެކައިވެނީގެ ހަފްލާއެއްނޫން ކައިވެނީގެ ދެ ހަފްލާ މަހިތުން ކޮލޮނަލްއެއް ނޫން ކާނަލް

  4. އެދުރު

    ކާނަލް....