ވެރިކަމަށް ވަޑައިގަތީސުރެން އެތަށް ބައެއްގެ ފާޑު ކިޔުމާއި ސަމާލު ކަން ހޯދަމުން އަންނަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް މީޑިއާގެ ސަމާލުކަން ހޯދައިފިއެވެ.

ޓްރަމްޕްގެ ރަސްމީ މަތިންދާ ބޯޓް އެއާ ފޯސް ވަން އަށް އެރި އިރު ބޫޓުގައި "ޓޮއިލެޓް ޕޭޕަރެއް" ތަތްވެފައި އޮތުމުން މިހާރު މިހާރު މި ކަން ވަނީ އެތަށް ބަޔަކަށް ޖޯކަކަށެވެ.

މީސް މީޑިއާގައި މި މަންޒަރު ފެންނަ ވީޑިއޯއަށް އެކި ފަރާތްތަކުން ދަނީ ޖޯކް ޖަހައި ކޮމެންޓް ކުރަމުންނެވެ.

ޓްރަމްޕަށް ނޭގި ހުރެ ހުންނަވައި، މީޑިއާގެ ކެމެރާތަކުގެ ކުރީގައި ހިންގަވާފައި ދިޔައީ ޓިޝޫއަކާ އެކުގަ އެވެ. ޓްރަމްޕްގެ ބޮޑީ ގާޑުނަނަށް މި މަންޒަރު ދެނުނު ނަމަވެސް އެކަމަށް އެއްވެސް ސަމާލު ކަމެއް ދީފައެއް ނުވެއެވެ.

އެމެރިކާގެ ރައްޔިތުންގެ ފާޑުކިތުން ގިނަ ވަމުންދާ އެމެރިކާގެ ރައީސް ޓްރަންޕަށް އޮތް ތާއީދު ކުޑަވަމުންދާއިރު ހިޔާލު ހޯދުމުގެ މި ސަރވޭގެ ނަތީޖާ ދައްކާ ގޮތުން، އެމެރިކާގެ ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް 50 އިންސައްތަ މީހުން ތިބީ، ޓްރަމްޕް ވެރިކަމުން ދުރުކުރަން ވެސް ތައްޔާރަށެވެ.

އެމެރިކާއަށް ހެޔޮ އެދޭ އެކުވެރި ގައުމުތަކާ އޮތް ގުޅުން ބީރައްޓެހި ކުރަމުންދާ އެމެރިކާގެ 45 ވަނަ ރައީސް ޑޮނަލްޑް ޓްރަމްޕު އަންނަނީ އެމެރިކާގެ ޒަމާނީ ހަތުރުންނާއި އެކު އެކުވެރިކަމާ ގާތް ގުޅުންތައް އުފައްދަމުންނެވެ. މި ކަމުގެ ސަބަބުން އެމެރިކާގެ ރައްޔިތުންގެ މެދުގައި ޓްރަންޕް އަށް އޮތް ތާއީދު ދަނީ ދުވަހެއް ދުވަހަކަށް ދަށަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަލް

    މިގައުމުގެ ރައީސްގެ ބޫޓުގައި ޗުއިންގަމް ކިރުގަނޑެއްވެސް ތަތްލެވި....ލޮލް

  2. ހުސޭނުބޭ

    ޓްރަމްޕެޓް ބޫޓުގައި ޓިޝޫޕޭޕަރު ހުރިއްޔާ އެ ޓިޝޫޕޭޕަރުން ފުހުނު އެއްޗެތިވެސް އެފަކީރު ބޫޓުގައި ހުންނާނެ! އެވަރު ބޮޑު ހޭބައްޔެއް އެއީ!

  3. ވެލަބުލި

    އަހަރެމެންގެ ކުރީގެ ރައީސް އެއްބޫޓްކިބާގައިވެސް އުޅުއްވި ކޮބާ މައްސަލައަކީ

    • ލިމްލީ

      ހިނި އަންނަނީހަމަ އަންނި ހަނދާންވެފައި.. އެވެސްހަމަ ބޮޑުކޮހެއް..ގަމާރެއް. ތިކަހަލަ.