މިދިޔަ ހޮނިހިރު ދުވަހު އިންޑިއާގެ މުރާދްނަގަރް ގެއިން ގެއްލުނު ހަ އަހަރުގެ އަންހެން ކުއްޖާ ރޭޕްކޮށް މަރާލާފައި މިސްކިތެއްގެ ތެރެއަށް އެއްލާފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ، އެ އަންހެން ކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ، މިސްކިތުގެ ފުރާޅުމަތިން ކަމަށެވެ. ފުލުހުން ވަނީ އެ ކުއްޖާ ރޭޕްކޮށްފައިވާކަން ޔަޤީންވެފައިވާ ކަމަށް ބުނެފައެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރު 12:30 ހާއިރު އެ ކުއްޖާ ގެއްލިގެން އެ ދުވަހު ފުލުހުންނަށް ރިޕޯޓްކުރިއެވެ. އަދި އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދަނިކޮށް އެ ކުއްޖާގެ ހަށިގަނޑު އިއްޔެ ފެނުނުއިރު، އެ ހަށިގަނޑަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން، އެ ކުއްޖާ ރޭޕްކޮށްފައިވާކަމަށް ފުރަތަމަ އާއިލާއަށް ޝައްކު ކުރެވުނެވެ. އެ އާއިލާއިން ވަނީ އެކަމުގެ ތުހުމަތު، އެ މީހުންގެ އަވައްޓެރިއެއްގެ މައްޗަށް ކޮށްފައެވެ.
ފުލުހުން ބުނީ، އެ ކުއްޖާގެ އޮޓޮޕްސީން އޭނާ ރޭޕްކޮށްފައިވާކަން ކަށަވަރުވާކަމަށެވެ. އަދި މަރާލާފައި ވަނީ ކަރުގައި ހިފައިގެންކަން އެ ރިޕޯޓްތަކުން ދައްކައެވެ. އެ ކުއްޖާއަކީ އަންނަ ޑިސެމްބަރު މަސް ތެރޭގައި ހަތް އަހަރު ފުރޭނެ ކުއްޖެކެވެ. އެ ކުއްޖާ ގެއްލިފައި ވަނީ، އޭނާގެ ކޮއްކޮއާއެކު މާރުކޭޓަށްގޮސް އުޅުމުގެ ތެރޭގައި ކަމަށް އެ ކުއްޖާގެ ބައްޕައާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
އެ ކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ އިއްޔެ ފަތިސް ނަމާދު ކުރުމަށް އެ މިސްކިތަށް ދިޔަ ބަަޔަކަށެވެ. އެތާ އެ އަންހެން ކުއްޖާގެ ބައްޕަވެސް ހުއްޓެވެ.
މި މައްސަލައިގެ ހިމެނޭ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ކުޑަކުދިންނަށް އޯގާތެރި ދީނުގެ ފޮނި މޭވާ ދޮންވެގެން ފައިބަނީއެވެ
ތިބާ އަށް ބުނެވުނު ބަހުގެ މައްޗަށް ހިތާމަކޮށް ތައުބާވެ، އަމަލުތައް އިސްލާހުކުރުމަށް ތިބާއަށް ނަސޭހަތްތެރިވަމެވެ. މަރުވާނީ މިއަދަކު ކަމެއް، ނުވަތަ މާދަމައަކު ކަމެއް ނޭނގޭތީއެވެ. މާތްﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ އޯގާވަންތަ ރަސްކަލާނގެއެވެ.
ހެޑްލައިން ފެންނައިރަށް ހީވެއްޖެ ރޭޕް އިންޑިއާއޭ.
ކީކޭ ދެން ބުނާނީ 7 އަހަރުވެސް އެކުއްޖާފުޅަށް ނުވޭ.
އިންޑިޔާގައި ތީ ކުށެއްނޫނޭ މިވަރުގެ ގައުމެއްގެ ފަހަތުން މިދުވަނީ މިގައުމަށް ވާނޭ ގޮތަކާއިމެދު ކަންބޮޑުވޭ މިހާރު
ސުބުހާނަﷲ. ހާދަ ދެރައޭ.. މާތްﷲ އީ އެންމެ މޮޅައް ބަދަލް ހިއްޕަވާ އިލާހް
ﷲ ތަޢާލާ އިންސާނުން ދުނިޔެއަށް ފޮނުއްވީ އެކަލާނގެ އެއްކައުވަންތަކޮށް ހެޔޮ ޢަމަލުކުރުމަށް. އިންސާނުން ކުރާ ކޮންމެ ނުބައި ނުލަފާ ޢަމަލެއް މަނާކުރުމަށް މަތިން މަލާއިކަތުންފައިބައި ނުވަތަ ގިނި ހިލަ ފައިބައިނަމަ އެއްވެސް މީހަކު ކުށެއް ކުރަން ބިރުގަންނާނެ އަދި އިމްތިޙާނު ކުރެއްވުމުގެ ބޭނުމެއް އޭރުން ނޯންނާނެ.
ﷲ ތަޢާލާ ނުރުއްސަވާ ބައެއް ޢަމަލުތައް ހިނގުމަށް އެކަލާނގެ މެދުވެރިކުރައްވަނީ އެކަންކަމާ މެދު އެކަލާނގެ ޢަދުލުގެ ނިޔާ ކަނޑައަޅުއްވާނެ ދުވަހެއް ލައްވާފަވާތީވެ.
ތިމާ ހެއްދެވި ރައްބު އޮޅި އަދި ރަސޫލެއް ފޮތެއް ނޭނގޭ ޖާހިލުން ކިތަންމެ ފޮރުވިތިބެ ނަމަވެސް އަދި ފާޅުގައި ވާހަކަދެއްކި ނަމަވެސް އެކަން ﷲ ދެނެވޮޑިގެންވޭ އަދި އެފަދަ މުރުތައްދަކު ނުވަތަ ކާފިރަކު ތައުބާނުވާ ޙާލުގައި މަރުވެއްޖެނަމަ އޭނާ އެބުނެ އުޅޭ ބަސްތަކާއި އަދި އޭނާ ޢަމަލުތަކުގެ ނުބައިކަމާ ކުރިމަތިލާނެ.
އެފަދަ މީހާއާއި އޭނާއަށް ވާގިދޭނެ ކިތަންމެ ގިނަ ބަޔަކު މިދުނިޔޭގައި ތިބި ނަމަވެސް، އަދި ކީރިތި ރަސޫލާއަށް މަލާމާތުގެ ކިތަންމެ ބަސްތައް ރައްދުކުރި ނަމަވެސް، އަދި އެކަލޭގެފާނަށް ކިތަންމެ ނަފުރަތެއް ކުރިނަމަވެސް ﷲ ތަޢާލާވަނީ އެކަލޭގެފާނަށް ނަޞުރުދެއްވާފަ އަދި އެކަލޭގެފާނުގެ ނަންފުޅު މަތިވެރިކުރައްވާފަ.
ﷲ އީ އެކަލޭގެފާނުގެ ރައްކައުތެރިކުރައްވާ ފަރާތް، އަދި އެއަށްފަހު ޖިބުރީލުގެފާނާއި އެންމެހައި މަލާއިކަތުންނާއި އަދި އެންމެހައި މުއުމިނުން މިތިބީ އެކަލޭގެފާނުގެ ދިފާޢުގައި.
ހައްދާވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ ޢަދާވާތްތެރިންގެ މައްޗަށް އަޅަމެންނަށް ނަޞުރު ދެއްވާންދޭވެ.
ޢާމީން
ހަސަދައިގެ ސަބަބުން ތިހުރީ ހުޅުރޯވާން ކައިރިވެފަ.އެހެންވެ މައުލޫއިން ބޭރު ކޮމެންޓުކުރެވޭ އިރުވެސް ނޭނގޭ.ތިބަލިމަޑުކަމަށް އޮތް ފަރުވާއަކީ ކީރިތި ޤުރުޢާން.އަވަހަށް ފަރުވާކުރަން އުޅޭ.ނޫނީ އަނދާ ހުލިވެދާނެ..
Aameen
އާމީން