ގުދުރަތީ ނުރައްކަލެއް ނުވަތަ ބިންހެލުމެއް އަންނާނެ ސީދާ ވަގުތެއް ބުނާކަށް އެއްވެސް މީހަކަށް ނޭނގޭނެއެވެ. ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެ ދުވަހެއް ދުވަހަކަށް ކުރިއަރަމުން ދިޔަޔަސްވެސް މެއެވެ. އެހެން ނަމަވެސް އެފަދަ ކަމެއް މެދުވެރިވުމުގެ ކުރީން ފެންނަ ބައެއް ތަފާތު ކަންކަމާއި އާންމު އަލާމަތްތަކުގެ ވާހަކަ ކުރީންވެސް ގިނަ ބަޔަކު ދައްކައި އުޅޭ ވާހަކައެކެވެ. އެފަދަ ކަންކަމާއި މެދު އެކި މީހުން އެކި ޤަބަބޫލުކުރުންތައް ގެންގުޅެއެވެ.

ބިންހެލުންތައް އައުމުގެ ކުރީން ހަރުފަތަކާއި އެނޫންވެސް ބައެއްޖަހަލަ ޖަނަވާރުތައް އޭގެ ވަޒަން ދޫކޮށް ނިކުންނަ ނިކުތުމާއި އުޅުން ތަފާތުވާ ހާދިސާތަކަކީ ކުރިންވެސް އެތައް ބައެއްގެ ސަމާލުކަން ލިބިފައިވާ ހަދިސާ ތަކެކެވެ. އެގޮތުން މީގެ ދެއަހަރު ކުރީން އިޓަލީއަށް އައި ބާރުގަދަ ބިންހެލުމެއްގެ އިތުރުން މިދިޔަ އަހަރުގެ ތެރޭގައި ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އައުމުގެ ކުރީން ހަރުފަތަކެއް އާންމުން ދިރިއުޅޭ ސަރަޙައްދުތަކުން ގިނަ ޢަދަދަކަށް ފެނުނު ހާދިސާއަށް ގިނަ ބައެއްގެ ނަޒަރު ހުއްޓުނެވެ.

ބުނެވޭގޮތުގައި ބިންހެލުން އައުމުގެ ކުރީން އެކަން އެންމެ ބޮޑަށް އިހުސާސް ކުރެވޭ ދިރުންތަކުގެ ތެރޭގައި އެކި ބާވަތްތަކުގެ ހަރުފަ އާއި ހިންޔާއި ބޮކާއި އެކި ކަހަލަ ދޫނި ސޫފާސީފީގެ އިތުރުން ކަނޑުގައި އުޅޭ، ވަރަށް މަދުން ނޫނީ މުޅި ދުނިޔެއިންވެސް ނުފެންނަ އޯރފިޝް (ފަލިމަސް) ހިމެނެއެވެ. ބައެއް ދިރާސާވެރިން އެފަރާތްތަކުގެ ހޯދުންތަކުގެ އަލީގައި ބުނާގޮތުގައި، ބިންހެލުމެއް އައުމުގެ ކުރީން މި ތަކެތީގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނެއެވެ.

"ބޭރު ޤައުމަކުން ކުރިން ފެނުނު "އޯރފިޝް އެއް

މި ދިރުންތަކުގެ ތެރޭގައި ހިމެނޭ ފަލިމަހަކީ ބިންހެލުންތައް އައުމުގެ ކުރީން އެންމެ ތަފާތު ގޮތަކަށް ފެންނަ ދިރުމެވެ. މިއީ ކަނޑުތަކުގެ އެންމެ އަޑީގައި އުޅޭ ބާވަތެއްގެ މަހަކަށް ވީނަމަވެސް، ބިންހެލުން އައުމުގެ ކުރީން މީގެ ކުރީން މި ބާވަތުގެ މަސްތައް ރަށްރަށުގެ ގޮނޑުދޮށުން ފެނިފައި ވެއެވެ. އައި މަރުވެ ގޮނޑުދޮށަށް ލައްގާފައި ހުއްޓާވެސް ފެނިފައި ވެއެވެ.

ފާއިތުވެދިޔަ ދުވަސްތަކަކީ ދުނިޔެއަށް އާދަޔާއި ޚިލާފަށް ބިންހެލުން ގިނައިން އަންނަމުންދާ ދުވަސްތަކެކެވެ. މި ދުވަސްވަރާއި ދިމާކޮށް، ބާރުގަދަ ބިންހެލުންތައް އައުމުގެ ކުރީން ފެންނަ ކަމަށް ބުނާ ބާވަތުގެ ފަލިމަހެއް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުންވެސް މިވަނީ ދާދި އެހަކަށް ދުވަހު ފެނިފައެވެ. އެއީ ފަލި މަހެއްކަމަށް ގިނަ ބަޔަކު އިއްތިފާޤުވީނަމަވެސް، އެކި މީހުން އެ ނަމަށް ތަފާތު އެކި ނަންނަން ދެމުން ދެއެވެ. ފ. ދަރަނބޫދޫ އިރުމަތީ ކަނޑުއޮޅިން ބޭނި އެ މަހުގެ ދިގުމިނުގައި ހަފޫޓު ހުއްޓެވެ. އޭގެ ފޮޓޯ ފާއިތުވެދިޔަ ދުވަސްތަކުގައި މީސްމީޑިއާގައިވެސް އާންމުވެފައިވާއިރު ގިނަ ބައެއްގެ ސަމާލުކަން އެ ފޮޓޯތަކަށް ވަނީ ލިބިގެން ގޮސްފައެވެ.

ރާއްޖެއިން ފެނުނު އާދަޔާ ޚިލާފު މަސް

މި ބާވަތުގެ މަސް އާންމުކޮށް ދިރިއުޅެމުންދަނީ ދުނިޔޭގެ ފުން ކަނޑުތަކުގެވެސް އެންމެ އަޑީގައި ކަމަށްވެއެވެ. މި މަސް ފަންސާސް ފޫޓަށް ދިގުވާއިރު، މިހާތަނަށް ފެނުނު މިބާވަތުގެ އެންމެ ދޮގު މަހުގެ ދިގުމިނުގައި 35 ފޫޓު ހުރިކަމަށް ވެއެވެ. ބިންހެލުމެއް އައުމުގެ ކުރީން ފަލިމަސް އޭގެ ވަޒަން ދޫކޮށް ދާކަމަށް ޤަބޫލުކުރެވޭ ޤަބޫލުކުރުންތަކެއް އޮންނައިރު، އެގޮތަށް ކަންތައް ކުރަނީ ނުރައްކަލެއް އަންނަކަން އެނގުމުން ކަމަށް ބުނެވެއެވެ.

ފިލިޕީންސް ބިންހެލުން: މިދިޔަ އަހަރުގެ ކުރީކޮޅު ފިލިޕީންސަށް މެގްނިޓިއުޑް މިންގަނޑުން 6.7 ގެ ބާރުމިނުގައި ބިންހެލުމެއް އައުމުގެ މަދު ދުވަސްތަކެއް ކުރީން ފަލި މަހެއް އެޤައުމުގެ އުތުރު އައްސޭރީގެ ސިޓީއެއް ކަމަށްވާ ސުރީގައޯ އިން ހިފާފައި ވެއެވެ.

ކެލެފޯނިއާ ބިންހެލުން: މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެމެރިކާގެ ކެލެފޯނިއާއަށް ވަނީ މެގްނިޓިއުޑް މިންގަނޑުން 6.8 ގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައެވެ. އޭގެ ދުވަސްތަކެއް ކުރީން އެ ސްޓޭޓުގެ އައްސޭރީގެ ރަށެއްކަމަށްވާ ޓޮޔޯން ބޭ އިން ހަފްތާއެއްގެ ތެރޭގައި ދެ ފަލިމަސް ފެނުނެވެ.

ޖަޕާން ބިންހެލުން: މީގެ އަހަރުތަކެއް ކުރީން ޖަޕާނުގެ ހޮންޝޫއަށް ގެއްލުން ބޮޑު ބިންހެލުމެއް، މެގްނިޓިއުޑް މިންގަނޑުން 7.3 ގެ ބާރުމިނުގައި އައިސްފައިވާއިރު، އެ ބިންހެލުމުގެ ކުރީން މި ބާވާތުގެ މަހެއް އެޤައުމުގެ އައްސޭރީގެ ސަރަޙައްދަކުން ފެނިގެން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ.

މި ހާދިސާތަކުގެ އިތުރުންވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބިންހެލުން އައުމުގެ ކުރީން ފަލި މަސް ފެނުނު ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. ފަލިމަސް ފެންނަނީ ބިންހެލުމެއް އައުމުގެ ކުރީންކަމަށް ތަޖުރިބާކާރުން ބުނެފައި ނުވީނަމަވެސް، އެފަރާތަތްކުން ޤަބޫލުކުރާ ގޮތުގައި ބޮޑެތި ބިންހެލުންތައް އައުމުގެ ކުރީން އެހެން ބައެއް ޖަނަވާރުތަކެކޭ އެއްފަދައިން ފަލި މަހަށްވެސް ނުރައްކަލެއް ކުރިމަތިވާކަން އިހުސާސްކުރެވެއެވެ. އެހެންކަމުން މިއީ އިއްތިފާޤަކަށް ވުމަށްވުރެ ބޮޑަށް ހަޤީޤަތަކަށް ވެދާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. އުސްމާ

    ﷲއަށް ބިރުވެތިވެ ހެޔޮގޮތުގައި އެއްމެންވެސް ދިރިއުޅެންވީ

    • ބިރުގަނޭ

      ބައެއް ފަރާތް ތަކުން ސަމާލުކަން ދެނީ ލޫޠު ބާގައިގެ މީހުން ހިންގި ޢަމަލު ހިންގަން ފާޅުގަ. އަދި ހެއްދެވި ފަރާތުގެ ބަސް ފުޅަކަށް އިޙުތިރާމެއް ނުކުރޭ.

    • މުއުމިން

      އިންޝާﷲ

  2. ބެއްޔާ

    ދިރާސާގެ ރެފަރެންސް ބޭނުން.

    • އޯކޭ

      ގޫގުލްގަ ސާރޗް ކޮއްބަލަ އެހެން މީހުނައް ބަލާފާ ނުކޮއް.

  3. ރިައަލިޓީ

    ބަރޮމެޓްރުކް ޕްރެޝާ ދަށްވެ ސީކުއެކުސް އަންނަން ފެށީމަ ފުނުގަ އުޅޭ މަސް އޯފިށް ފަދަ މަސް މައްޗަށް އަރަންފަށާ... ބިންހެލުން އަންނަން އުޅޭ ކަމުގެ ނިށާނެއްގޮތުން ބިންހެލުމާ ފުނުގަ އުޅޭ މަސް މައްޗައް އެރުމާ ވ ބޮޑު ގުޅުމެއް ވޭ

  4. ބިންހެލުން

    މާނައަކީ ރާއްޖޭގެ ކަންޑު އަޑިއަށް ބަދަލު އަންނަން ފަށަފިއޭ

  5. ފީވަކު މީހާ

    ހެޔޮނުވާނެ މީސްތަކުންނޭ ދެންވެސް ރަނގަޅައް އުޅެބަލަ

  6. ޙަސަންބެ

    ތިޔައީ ހަމަ ވާހަކަ

  7. ނަސީމު

    ކޯލިޝަން ލޯގޯ ގައި އޮތް މަހާއި އެއްވައްތަރު ތި މަސް

  8. އަހްމަދުބޭ

    ތިޔަބާވަތުގެ މަހެއްގެފޮޓޯއެއްނޫންބާއިއްތިހާދު ކެންޕޭންލޯގޯގެމަތީގައެއިންނަނީ އެއީވެސް އިއްތިފާގެއްވާ
    ވިސްނައިފިމީހަކަށް ޢިބުރަތަކަށްވާ

    • ހައި

      ކޮންކަހަލަ ބޭކާރު ވާހަކަ ދައްކާ މީހުން މިއުޅެނީ. ރަނގަޅަށް އުޅެވޭތޯ ބަލާބަލަ މީހުންގެ ލޯގޯ ދިރާސާނުކޮށް. ހުރިހާ ކަމެއް ސިޔާސީ ކަންކަމާއި ގުޅުވާއިރު ނުވިސްނޭ ތިބުނާ ބަހެއްގެ އެއްވެސް އޮއްޓަރެއް މާނައެއް ނެތްކަން. މިހާ ކުރިއަރާފައިވާ ޒަމާނުގައިވެސް މީހުން މާބޮޑަށް ގަޅީދޯ؟ ސެންސްލެސް ޕީޕަލް. ވަރަށް ފޫހިވޭ. ލޯގޯގަ އިން މަހަކުން ބަޔަކު ކަންތައްކުރާނެ ގޮތް އެގެންޏާ ތި ވަރަށް މާތް ބޭކަލެއް. ބޭކާރު ވާހަކަ ނުދެއްކުން އެއީ އެންމެ ބުއްދިވެރި ގޮތް.

  9. سلام

    الحمد لله ހުރިހާ ކަމެއް ވެސް އެންމެ މޮޅަށް ދެނެވޮޑިގަތުން މޮޅީ ﷲ سبحانه وتعالى

  10. އައުޒަމް

    ބިންހެލުން ނާންނަ ވަރެއް ނޫނޭ. ބިންހެލުން އަންނަންޏާ އަންނަންވީ މާލެއަށް. އެހެންޏާފަހެ މި މާލެއަށް ނުކަތާވަރަށް މީހުން ގެނެސްގެން އަޅުން ގެންގުޅޭހެން މިގެންގުޅެނީ. މިއަށް ވުރެ ބޮޑު އަނިޔާވެރިކަމެއް އަޅެ ފަހެ ކޮބާ؟

  11. ާއަޖައިބުއަންތަރީސް

    ކަލޭމެން ވެރިކަމާ ތޮޅިލަތޮޅިލަ ތިއްބާ ބިންހެލލުން އައިސް ވާނެ ހައެއްޗެއް ވާނީ... ބިންހެލުންތަކާ ތޫފާންތަށް އަންނައިރު ދެކުލައިގެ މަތީފަޑީގެ ފުންނާބުސް ބައިގަނޑު ކަހާތަން ހިރުވާވެސް ނުލާ...
    ޥެރިކަމާހެދި ބޫތުކައި އަވަލާފަ މިސްކިތައް އަރާ ހަތިމު ނަގައިގެން ކިޔަވަން ތިބިއްޔާ ކީއްތަވާނީ...

  12. ކަލޮ

    ރާއްޖެއަށް ފެނިގެން ތިއުޅެނީ ރިބަން މަހެއް

  13. Anonymous

    ހިންޔާއި އަދި އެންމެ ދޮގު މަހުގެ ވަާހަކަ ފެނުމުން އެއީ ކޯޗެއްކަން ނޭގުނު. އަދިވެސް ބުނެލަން ބޭނުންވަނީ ކިޔަވައިގެން ނޫސްވެރިކަން ކުރަން ނިކުންނާށޭ. ނަމެއްގަ ނޫސް ލިޔުނީމަ ވާނީ މިހެން.

  14. ލޮޖިކް

    "މި މަސް ފަންސާސް ފޫޓަށް ދިގުވާއިރު، މިހާތަނަށް ފެނުނު މިބާވަތުގެ އެންމެ ދޮގު މަހުގެ ދިގުމިނުގައި 35 ފޫޓު ހުރިކަމަށް ވެއެވެ." (6ވަނަ ޕެރެގްރާފް)

    މި މަސް 50 ފޫޓަށް ދިގުވާކަން އެނގުނީ ކިހިނެތް؟

    • ?

      35 ފޫޓްގެ މަސް ބުނީ އެެވާހަކަ?

  15. ޢަފްލާ

    ކޮންމެ މީހަކުވެސް އެންމެފުރަތަމަ އެމީހެއްގެ އަމިއްލަ ނަފްސް އިސްލާހް ކުރަންވީ ވެރިމީހާވިޔަސް ފަނޑިޔާރު ވިޔަސް އުއްތަމަ ވިޔަސް ޝޭޚުން ވިޔަސް އަހަރެން އާދައިގެ މީހާވިޔަސް ދޮންވިޔަސަ ކަޅުވިޔަސް

  16. ާައަމީލު

    ﷲއަށް ބިރުވެތިވެ ހެޔޮގޮތުގައި އެއްމެންވެސް ދިރިއުޅެންވީ

    REPLYއިންޝާﷲ

  17. ވާންޗޫ

    ބޮަކަންފުށީ ގަބުރުސްތާނުގައި މީހަކު ވަޅުލުމަށްޓަކައި ވަޅުކޮނުމުގެ ތެރޭގައި އެނަކޮންޑާއެއް ފެނިޖެ އެވެ.

  18. ވާންޗޫ

    ތިޔަ ބައިމީހުން ހަާރާމް ކަންތަކާ ދުރުވެ ގަންނާާށެވެ. މުސީބާތެއް އަންނާނީ ބުނެފަކާ ނޫނެވެ.

  19. Anonymous

    ޣުދުރަތްތަރި ކަން