ވައްކަން ކުރުން މިވަނީ ވަރަށް ބޮޑަށް އާއްމުވެފައެވެ. އެކަން ހުއްޓުވުމަށް ކިތަންމެ މަސައްކަތް ކުރި ނަމަވެސް، ބިރަކާއި ނުލާ އެކަންކޮށްގެން، ދިިރިއުޅެމުން އަންނަ މީހުންވެސް މަދެއް ނޫނެވެ. ވައްކަން ކުރަމުން ދަނީ ބޭޒާރުވެދާނެ ކަމުގެ ބިރެެއް ނެތިއެވެ. ވައްކަންކޮށްގެން އެ ނަގަނީ ރެއާ ދުވާލު އެތައް މަސައްކަތްތަކެއްކޮށްގެން ހޯދާ ފައިސާ ތަކެވެ.

މިއީވެސް މީހެއްގެ ގެއިން ވައްކަން ކުރުމަށްފަހު، ބިރެއް ނެތި އުޅެމުންދާ ބައެކެވެ. މި މީހުން ވައްކަން ކޮށްފައި ވަނީ، އިންޑިއާގެ ސްރީނަގަރް ސިޓީގެ ފްލެޓަކުންނެވެ.

އެ ފްލެޓަަށް އެ މީހުން ވަދެފައި ވަނީ މޫނު ފޮރުވައިގެން ނޫނެވެ. ނަމަވެސް މޫނު ތިރިކޮށްގެން ބަޔަކަށް ނޭގޭނެހެންނެެވެ. އެ ފްލެޓްގައި ހުރި އެޕާޓެމެންޓަކަށް ވަދެ ވަގަށް ނަގާފައި ވަނީ،ފައިސާ އާއި ޖަވާހިރުތަކެވެ. އަދި އެ ތަކެތި ވަގަށް ނެގުމަށްފަހު ނުކުންނަމުން އެކަކު ނެށީއެވެ.

އެ މީހާ ނަށާ ވީޑިއޯއަށް އެތައް ބައެއްގެ ސަމާލުކަން ލިބުނެއެވެ. އޭނާ ނަށާފައި ވަނީ ގައިގާ ބެޑް ޝީޓެއް އޮޅައިގެންނެވެ. އޭނާ ނަށަން ހުރިއިރު، އޭނާއާއެކު ވައްކަން ކުރަން ވަން ދެން ތިބި މީހުން ނުކުންނަ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.

ގިނަ ބަޔަކު ބުނަނީ އޭނާ އެގޮތަށް ނަށާފައި ވަނީ ފުލުހުންނަށް ޖެއްސުމަށެވެ. އަދި އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު