ހަމަ ބުއްދިއާއި އިންސާނުންނަށް ދެއްވާފައިވާ ފެންވަރުގެ ސިކުނޑިއެއް ނެތަސް، ބިމުގައި ލައްވާފައިވާ ޖަނަވާރަކީވެސް ޚާއްޞަ ހުނަރުތަކެއް ލިބިފައިވާ އެއްޗެއްސެވެ. ޚާއްޞަ ސިފަތަކެއް ދެއްވާފައިވާ އެއްޗެއްސެވެ. އެތަކެއްޗަށް ހެޔޮކޮށް ހިތާނަމަ، އެތަކެތިވެސް އަހަރެމެންނަށް ހެޔޮކޮށް ހިތާކަންވަނީ ސާބިތުވެފައެވެ.

މިއީވެސް އެކަމުގެ އަލިގަދަ ހެއްކެކެވެ.

އެމެރިކާގެ ޕެންސިލްވޭނިޔާގެ ގެއެއްގައި އަލިފާނުގެ ޙާދިސާ ހިނގުމުން، ގޭގެ އެތެރޭގައި ނިދާފައި ތިބި ދެމެފަރިންނަށް އަވަހަށް ގެއްލުމެއް ނުލިބެނީސް ނިކުންނަން އެންގީ އޮޅުކޮށްގެން ގެންގުޅޭ ބުޅަލެވެ.

އެގޭގައި ރޯވި އަލިފާންގަނޑާ ބެހޭގޮތުން، އެސަރަޙައްދުގެ ފަޔަރ ޑިޕާޓްމަންޓުގެ ވެރިއެއްވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. ވެރިޔާ ބުނެފައިވާ ގޮތުން އެގޭގައި އެއްވެސް ކަހަލަ ފަޔަރ އެލާމެއް ނެތެވެ. އެހެންނަމަވެސް، ފަޔަރަ އެލާމުގެ މަސްއޫލިއްޔަތު ކުޅެދިނީ އޮޅުކޮށްގެން ގެންގުޅޭ ބުޅާކަން ބުނެފައިވެއެވެ.

މީގެއިތުރުންވެސް، ގޭގައި އުޅޭ ދެމަފިރިންނާ ހަވާލާދީ ބައެއް ރިޕޯޓުތައް ބުނެފައިވަނީ އެރޭ އެމީހުން ނިދަން ތިއްބާ، ބުޅާ އައިސް ގޮވަން ފެށީ އެހެންޏާ ނުވާ ގޮތަށް، އާދަޔާ ޚިލާފު ގޮތަކަށްކަމަށެވެ. އަދި، އެގޮތަށް ގޮވަން ފެށުމުން ދޮރު ހުޅުވާ ބެލީކަމަށް ބުނެފައިވެއެވެ.

މިފަދަ އެކި ކަންކަން، ދުނިޔޭގެ އެކި ތަންތަނުގައި ހިނގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޭަޢާއިޝާ

    މިފަދަ ކޮންމެ ކަމަކުން ހަނދާނަށް އަންނަނީ އައްރަޙްމާން ސޫރަތުގެ 60 ވަނަ އާޔަތް..

  2. މުއުމިން

    އަލްހަމްދުލިއްލާހި
    މާތްﷲ ކުޅަދުންވަންތަކަން

  3. ފައިޒް

    ޢައްރަޚްމާން ސޫރަތުގައި 60 ވަނަ އާޔަތް އިނދޭތަ..

    • މީ

      ބުރޯ މުސްޙަފް ބަލައިގެން ސޫރަތް ފަށައިގެން އެއްކޮޅުން އަނެއްކޮޅަށް ކިޔާލަބަލަ...އޭރަށް ފެންނާނެ