އެއްޤައުމުން އަނެއް ޤައުމަށް ދަތުރު ކުރާއިރު ޕާސްޕޯޓަކީ ތިމާއަކީ ކޮން ނަސްލެއްގެ ކޮން ޤައުމަކަށް ނިސްބަތްވާ މީހެއްކަން ހާމަކޮށްދޭ އެއްޗެކެވެ. އަދި އެއްޤައުމުން އަނެއް ޤައުމަށް ދަތުރު ކުރާއިރު، އެމީހަކު ދަތުރު ވިސާއެއް ބޭނުންވެއެވެ. މިގޮތަށް ވިސާ ލިބުމަކީ ގިނަ ފަހަރަށް ވަރަށް ދަތި ކަމެކެވެ. ޤައުމެއްގެ ޕާސްޕޯޓަކީ ބާރުގަދަ ޕާސްޕޯޓެއްތޯ ނުވަތަ ނޫންތޯ އެނގޭނީ އެ ޕާސްޕޯޓަކުން ވިސަރ އާ ނުލާ ވަކިމުއްދަތަކަށް އެތެރެވެވޭ (ވިސާ ފްރީ) ޤައުމުގެ ތަކުގެ އަދަދުންނެވެ.

މިިގޮތުން ބަލާއިރު މިހާރު ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓްގެ މަޤާމްގައި އޮތީ ޖަޕާނެއެވެ. ޖަޕާނުން މިމަޤާމް ހާސިލްކޮށްފައިވަނީ މީގެ ކުރިން މިމަޤާމްގައި އޮތް ސިންގަޕޫރް ތިރިއަށް ޖައްސާލުމަށް ފަހުއެވެ.

ފަތުރުވެރިންގެ މެދުގައި މަޤްބޫލް ޕާސްޕޯޓްތަކުގެ މައުލޫމާތު ގެނެސްދޭ ސައިޓެއް ކަމަށްވާ ހެންލީ ޕާސްޕޯޓް އިންޑެކްސްގައި ޝާއިރުކޮށްފައިވާ ޑޭޓާގައިވާ ގޮތުން ޖަޕާންގެ ޕާސްޕޯޓްގައި ޖުމްލަ 190 ޤައުމަކަށް ވިސާ ފްރީކޮށް ދަތުރު ކުރެވޭނެއެވެ، ޖަޕާނުން ލިސްޓްގެ އެއްވަނައަށް އައިސްފައިވަނީ މިމަހު ކުރީކޮޅު މިޔަންމާ އާއެކު ހެދި އެއްބަސްވުމެއްގެ ދަށުން އެޤައުމަށް އެތެރެވާން ވިސާ ބޭނުން ނުވާ ކަމަށް ހަމަޖެއްސުމާ އެކީއެވެ. މިހާރު މިލިސްޓްގެ ދެވަނައިގައި އޮތީ ސިންގަޕޫރެވެ. ސިންގަޕޫރްގެ ޕާސްޕޯޓްގެ ބޭނުންކޮށްގެން ވިސާ ފްރީ 189 ޤައުމަކަށް އިތެވެއެވެ. އަދި މިލިސްޓްގެ ތިންވަނައިގައި ޖަރުމަނު އޮތް އިރު، ޕްރާންސް އަދި ސައުތް ކޮރެއާ އޮތީ ލިސްޓްގެ ހަތަރު ވަނަައިގައެވެ. ދުނިޔޭގެ ބޮޑު ބާރު ކަމަށް ދަޢުވާ ކުރާ ޤައުމުތައް ކަމަށްވާ އެމެރިކާ އޮތީ ލިސްޓްގެ ފަސްވަނައިގައެެވެ. އަދި ލިސްޓްގެ އެންމެ ފަހަތުގައި 30 ޤައުމާއިއެކު އޮތީ އަފްޤާނިސްތާނާއި އިރާޤެވެ.

މިގޮތަށް ވަކި މުއްދަތަކަށް މާބޮޑު ޕްރޮސީޖަރ އަކާ ނުލާ ޤައުމަކަށް އެތެރެވެވޭ ގޮތަށް ވިސާ ފްރީކޮށް އޮތުމުން ސިއްޙީ ކަންކަމުގައި ނުވަތަ ޗުއްޓީ ހޭދަކޮށްލަން ޤައުމުތަކަށް ދިއުމުގައި ފަސޭހަ ތަކެއް ލިބިގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އިބުރާ

  ދިވެހިރާއްޖެ އޮތީ ލިސްޓްގެ 58 ވަނަގައި 87 ގައުމަށް އޮންއެރައިވަލް ވިސާގަ ދަތުރުކުރެވޭ ގޮތުގަ.
  އަވަށްޓެރި އިންޑިޔާ 81 ވަނަގައި 60 ގައުމަށް އޮންއެރައިވަލް ވިސާގަ ދަތުރުކުރެވޭ އިރު ލަންކާ އުޅެނީ ލިސްޓްގެ 99 ވަނަގައި 42 ގައުމަށް އޮންއެރައިވަލް ވިސާގަ ދަތުރުކުރެވޭ ގޮތުގަ.

 2. ރިސާޗް

  ޖަޒީރާ ރާއްޖެ އޮތީ ކިތަށް ވަނައިގަ..

  1
  1
 3. ލުއިފުޅި

  ޖަޒީރާ ރާއްޖެ އަށް އަދިނުވޭ ވީމައެގޭނީ

  1
  1
 4. މިލިޓަރީ

  ރާއްޖެއަ ކުރިނުލިބެނީ ރައިސް ނަޝީދުގެ ސަބަބުން. މިރާއްޖެ އަގުވައްޑަމުން ދާތީ.

  5
  1
  • މަރިސާ

   އަގު ވެއްޓި ވަރަކަށް ރައްޔިތުންނަށް ރަނގަޅީ. މިހާރު ޢިމްރާނާއި މައުމޫނާއި ޤާސިމަކަށް ނުވޭ އެއީ ދީނަށް ފުރައްސާރަކުރި މީހަކަށް ވެސް. އެއާރޕޯޓް ވިއްކާލި މީހަކަށް ވެސް. ބައި އެޅީތޯއްޗެ. ޢުމަރު ނަސީރާއި ޔާމީން ނޫނީ ޤައުމީ ވިސްނުމެއް ހުރި އެކަކު ވެސް ނޫޅޭ ލީޑަރުންނޭ ކިޔައިގެނެއް.

   9
   1