ހިނގާފައި ދާ މީހުންނަށް ހާއްސަކޮށް ޗައިނާގެ ގުއަންގޑޮންގގެ، ގްރީން ސޭންޑް ޕާކުގައި ހަދާފައިވާ ބުރިޖެއް ވެއްޓުނު ނަމަވެސް، ބުރިޖު މަތިން އެތައް ހާސްބަޔަކު އެއްވެސް ބިރެއް ނެތި ދަތުރުކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯއަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި، އެ ބުރިޖު ވެއްޓުނީ ފަތުރުވެރިންތަކެއް އެ ބުރިޖު މަތީގައި ތިއްބައެވެ. މިހާތަނަށް ބެލި ބެލުމުން އެނގިފައިވަނީ، އެ ބުރިޖު ވެއްޓެން މެދުވެރިވީ، އެއްފަހަރާ މާގިނަ މީހުން ބުރިޖަށް އަރާ ތިބުމުން އެ ބުރިޖަށް މާބޮޑަށް ބަރުވުމުންނެވެ.
ބުރިޖުގެ މެދާއި ދިމާލުން ވަކި ހިސާބަކަށް ވެއްޓިފައިވާ އެ ބުރިޖު ކައިރިއަށް އެތައް ސަތޭކަ ބަޔަކު އެއްވެގެން އުޅުނުއިރު، އެ ބުރިޖު މަތި އެއްވެސް ހާސްކަމެއް ނެތި ދަތުރުކުރަމުންދާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. އަދި މިހާރު މި ބުރިޖު ވެފައިވަނީ ކުރިއާއި އަޅާ ބަލާއިރު ފަތުރުވެރިކަމުގެ މަޤުބޫލު މަންޒިލަކަށެވެ.
ރިޕޯޓްތައް ބުނާގޮތުގައި، އެ ބުރިޖު ވެއްޓުނު ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. އެ ހާދިސާ ހިނގާފައި ވަނީ ޗައިނާގެ ގޯލްޑެން ވީކް ފާހަގަކުރަމުން ދަނިކޮށެވެ. އެއިރު އެ ބުރިޖުމަތީގައި އެތައް ހާސް ބަޔަކު ތިއްބެވެ. ބުރިޖު ވެއްޓުނު ނަމަވެސް އެ ބުރިޖު ބަންދުކޮށްފައެއް ނުވެއެވެ. އަދި އާންމުންނަށް ބޭނުން ކުރެވޭނެހެން އެތަން އޮތީ ހުޅުވާފައެވެ.
އެހެން ވީމަ ތީ އާދައިގެ ބުރިޖެއް ނުންތާ ...