ކޮންމެ ލޯބީގެ ވާހަކައެއް ނިމުން ފޮންޏެެއް ނުވާނެއެވެ. އަދި ކޮންމެ ލޯބީގެ ދިރިއުޅުމެއްގެ ދޭތެރޭގައި އުފާވެރިކަން ނެތިދާ ބީދައިން، ލޯބިވެރިޔާ އެހެން މީހަކާއި އެކީ ދިރިއުޅުމަށް ދޫކޮށްލާ ލޯބިވެރިންވެސް މަދެއް ނޫނެވެ. މިއީ އުފާވެރި ވާހަކައަކަށް ވެދާނެ ކަމަށް ބެލެވުނު ދެމަފިރިންނަށްވެސް ދެ ލޯބިވެރިންގެ ވަކިވިކަމުގެ ހަބަރު ލިބުމުން ދެރަވިއެވެ.

މި ދައްކަނީ މިިދިޔަ އޮގަސްޓް މަހުގެ ހަ ވަނަ ދުވަހު އޮސްޓްރޭލިއާއަށް ނިސްބަތްވާ ދެމަފިރިއަކަށް މޫދުން ފެނުނު ފުޅިއެެއްގައި އޮތް މެސެޖު ލިޔެފައިވާ މީހާ އާއި އޭނާގެ ލޯބިވެރިޔާއާ ދެ މީހުންގެ ވާހަކައެކެވެ. އެ މެސެޖް ލިޔުނު މީހާއަކީ ޗައިނާއަށް ނިސްބަތްވާ މީހެކެވެ.

އޭނާ އިންޑިއާ ކަނޑުގައި ދަތުރު ކުރަމުންދަނިކޮށް އެއްލާލި ފުޅިއެއްގައި އޮތް އެ މެސެޖު ފެނުނު ދެމަފިރިން އެއީ ކޮން ބައެއްކަން ހޯދުމަށް އޭގެ ފޮޓޯއެއް ނަގާ މީސް މީޑިއާއަށް ލިއެވެ. އެ މެސެޖު ލިޔެފައި ވަނީ ޗައިނާ ބަހުންނެވެ. އެ މެސެޖް އިނގިރޭސި ބަހަށް ތަރުޖަމާކޮށް އެ މެސެޖު ލިޔުނު މީހާ ހޯދުމުގެ މަސައްކަތް ފެށިއެވެ.

އެ މެސެޖުގައި އޮތީ ލޯބިވެރިޔާ ދޫކޮށްލާފައި ދަތުރު ކުރަން ޖެހުމުން ކުރާ ހިތާމާއިގެ ވާހަކައެވެ. އޭނާ ބުނިގޮތުގައި، އެންޖޭޖް ކުރުމަށްފަހު ވަގުތުން އޭނާ ދަތުރެއް ފަށަން ޖެހުނު ކަމަށާއި، އޭނާ ދޫކޮށްފައި ދާން ޖެހުމުން މައާފަށް އެދޭ ކަމަށެވެ.

"އަހަރެން އެދެނީ ލޯބިވެރިޔާ ޖިންގ ކައިރިއަށް ގެއަށް ގޮސް އޭނާއާއެކު އުފާވެރި ދިރިއުޅުމެއް އުޅެން". އެ މެސެޖުގައި ވެއެވެ.

އެ މެސެޖު މީސް މީޑިއާގައި ދައުރުވާން ފެށުމާއެކު، އެ އޮސްޓްރޭލިއާ ދެމަފިރިންނަށް އެ މެސެޖް ލިޔުނު މީހާގެ ރަހުމަތްތެރިއެއް ވަނީ މެސެޖްކޮށްފައެވެ.

އަދި އެ ދެ ލޯބިވެރިން ގުޅުން ކެނޑިފައިވާކަމަށްވެސް އެ މީހާވަނީ ބުނެފައެވެ. އެ ދެ މީހުންގެ ގުޅުން ކެނޑުނީ ކައިވެނި ކުރުމުގެ ކުރިންކަމަށްވެސް އެ މެސެޖުގައި ވެއެވެ.

އެ ދެ ލޯބިވެރިންނަށް އެކުގައި ކައިވެންޏާއި ހަމައަށް ނުދެވެން. އެ ދެ ލޯބިވެރިންނަށް އަހަރެން އިހުތިރާމް ކުރަން".އެ އޮސްޓްރޭލިއާ ދެމަފިރިން ބުންޏެވެ.

މިހާރު އެ ލޯބިވެރިންގެ ތެރެއިން އަންހެން މިހާ އުޅެނީ ކައިވެންޏެއް ކޮށްގެންނެވެ. އަދި ފިރިހެން މިހާ އަދިވެސް ހުރި ހުސްހަށިބައިކޮށް ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަަަައިފު

    ވަރަށް އަސަރު ގަދަ ވާހަކަ އެއް.....