ލޮލުގައި މައްސަލައެއް ހުރުމުގެ ސަބަބުން، އައިނު އަޅައިގެންނާއި ލެންސް ލައްވައިގެން އުޅެން ޖެހޭ މީހުން މަދެއް ނޫނެވެ. އެއީ ކިތަންމެ އުނދަގޫ ކަމަކަށް ވިޔަސްވެހެވެ. ނަމަވެސް ދާދި ފަހުން، ޑޮކްޓަރުން ތަކެއްގެ ބުރަ މަސައްކަތުން މި ވަނީ މިކަމަށް ފަސޭހަ މަގެއް ހޯދާފައެވެ. އެއީ ލޮލަށް ތިއްކެއް ޖަހައިލައިގެން ވެސް ލޮލަށް ފެންނަ ގޮތެވެ.
"ނަނޮޑްރޮޕްސް" ނަމަކަށް ކިޔާ މި ލޮލަށް އަޅާ ފެންތިއްކަކީ، ދުރާއި ކައިރި ބަލަން އުނދަގޫ މީހުންނަށްވެސް އޮތް ހައްލެއް ކަމަށް މި އުފެއްދުން އީޖާދު ކުރި ޑޮކްޓަރުންގެ ޓީމް ވިދާޅުވެއެވެ.
"ބަލި މީހާ ފޯނުގަ އިންނާނެ "އައި ރިފްރެކްޝަން" ބެލުމަށް ޚާއްސަ އެޕެއް. ދެން ލޭޒާރ ޕެޓާރނެއް މެދުވެރިކޮށް ލޯ ރަނގަޅަށް ބެލަމަށްފަހު "ނަނޮޑްރޮޕްސް" ބޭނުން ކުރާނީ. އަދި މިއީ ގޭގައި އަމިއްލައަށް ވެސް ކުރެވިދާނެ ފަރުވާއެއް" މި އުފެއްދުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި ޑޮކްޓާރ ޒީވް ޒަލަސްކީ ބުންޏެވެ.
ކޮންމެ ދެ މަހަކުން އެއް މަހު ލޮލުގެ ޓެސްޓު ހެދުމަށް އިރުޝާދުދެމުން ޑޮކްޓަރުންގެ ޓީމުން ބުނެފައިވަނީ، ކުރިއަށް އޮތް އަހަރެއްހައި ދުވަސްތެރޭ، މި "ނަނޮޑްރޮޕް" ބާޒާރުން ލިބޭނެ ކަމަށެވެ. އެއީ އިތުރަށް ހަދަން ޖެހޭ ބައެއް ތަހުލީލުތަކަށް ފަހުގައެވެ.
އުފާވެރި ޚަބަރެއް. މިފަދަ ހޯދުންތައް ހޯދާ މީހުނަށް އިތުރު ކުރިއެރުން ދެއްވާށި.
ވާވް. ކެތް މަދުވެފަ މިހުރީ މި ބާޒާރަށް ނެރޭ ދުވަހަކައް، ވަަގުތުން ގެންނަ ޓެކްނޮލޮޖީ ބައި ވަރަށް ސަޅި އަބަދުވެސް،
ހާދަ ރަނގަޅޭ. ތިޔަ ޑޮކްޓަރުންނަށް ކުރިއެރުން ދެއްވާށި އާމީން.