މަޝްހޫެރު ވާހަކަ ލިއުންތެރިޔާ މަރިޔަމް މޫސާ (މަރީ) ގެ ވާހަކައެއްގެ މައްޗަށް، އޭނާ ޑައިރެކްޓްކޮށްފައިވާ ދިވެހި ފިލްމް "ތިޔަ ލޯތްބާއި ދުރަށް" ގެ ޕްރޮމޯޝަނަލް ލަވަ އާންމުކޮށްފިއެވެ.

މި ފެށޭ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު އަޅުވަން ހަމަ ޖެހިފައިވާ، މި ފިލްމަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް ކުޅެފައިވާ ފިލްމެކެވެ. މި ފިލްމުން، އަހްމަދު އަޒްމީލް (އަޒޭ)، މަލީހާ ވަހީދް (މަލް) އަދި ވަހީދު ފެނިގެންދާނެއެވެ. މިއީ ސްރީލަންކާގައި ކުޅެފައިވާ ފިލްމަކަށް ވުމާއިއެކު، ލަންކާގެ ބަތަލާ އުދޭނީ ވެސް ފެނިގެންދާނެއެވެ.

މިއަދު އާންމުކޮށްފައިވާ ޕްރޮމޯޝަނަލް ލަވަ ކިޔާފައިވަނީ އިބްރާހިމް ނިފާރް (ތިއްތި) އެވެ. އަދި މި ލަވައިގެ މިއުޒިކް ވެސް ހައްދަވައިފައިވަނީ ހަމަ އޭނާއެވެ. ނަމަވެސް ޅެން ހައްދަވައިދެއްވީ އިސްމާއިލް މުބާރިކެވެ.

#thiyaloaibaadhurah #promotion #song April 21st Releasing OlympusTo book ticket SMSTLD (name and date) send to 4044

Posted by Thiya Loaibaa Dhurah - The Movie on Saturday, March 10, 2018

މި ފިލްމުގެ ޑައިރެކްޓާރ މަރީ ބުނީ، ފިލްމާއި ދޭތެރޭ ހިތްހަމަ ޖެހޭ ކަމުގައެވެ. އަދި ބެލުންތެރިންނަށްވެސް ކަމުދާނެ ކަމަށް އުންމީދު ކުރާ ކަމުގައެވެ.

ޓެކްނޯ މީޑިއާއިން ގެނެސްދޭ މި ފިލްމުގެ 'އޮފިޝަލް ޓްރެއިލާރ' ވެސް ވަރަށް އަވަހަށް އާންމުކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖާދު

    ޕްރޮފެޝަނަލް ކަމަށް ބަލާއިރު ތި ޕޯސްޓްގައި އަޒޭގެ ފޯން ޖީބަށް ލާފަ އިންނަކން ފާހގަވާތީ ވ ހަޑި ކަމަށް ދައްކާ... ފޯނު ވޮލެޓް ކަހަަ އެއްޗެހި ނުހުންނާނެ ފެންނާކަށް

  2. އައްކު

    ސޮޑައްބެދޯ. އެހެންވީރު ތިނުބެލޭނެ.