ޕެރޫގެ ފިރިހެނަކު ހުސް ވަގުތު އާންމު ކޮށް ކުރާ ކަމަކީ ގޫގްލްގެ ސްޓްރީޓް ވިއު އިން އެކި މަގުތަކާއި، އެކި ތަންތަން ބެލުމެވެ. އެއީ އޭނާ ވަރަށް ފޫހިފިލާ ކަމެކެވެ. ނަމަވެސް އެއީ އޭނާގެ ދިރިއުޅުން އެކޮޅުކޮޅުން ޖެހިދާނެ ކަމެއް ކަމަށް އޭނާ ހިޔެއް ނުކުރެއެވެ.

އޭނާގެ ނަމެއް މީޑިއާ އިން ހާމަ ކޮށްފައެއް ނުވެއެވެ. ޕެރީގެ ނޫސްތަކާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އޭނާ އެއް ދުވަހު ގޫގްލް ސްޓްރީޓް ވިއު އިން މަގުތައް ބަލަމުން ދަނިކޮށް ވަރަށް ހައިރާން ކުރަނިވި މަންޒަރެއް ފެނުނެވެ. އެއީ އޭނާގެ އަނބިމީހާ އާއި ވައްތަރު މީހަކު ގޮނޑިއެއްގައި އިށީންދެގެން އުނގު މަތީގައި ފިރިހެނަކު ބާއްވައިގެން އިން މަންޒަރެވެ.

ގޫގްލް ސްޓްރީޓް ވިއު އަކީ ކުރިން ވީޑިއޯ ކުރެވި ރައްކާ ކުރެވިފައި ހުންނަ މަންޒަރުތައް ދައްކުވައިދޭ އެޕްލިކޭޝަނެއް ނަމަވެސް ފިރިހެން މީހާ އަށް އެކަން އިތުރަށް ބަލަން މަޖުބޫރު ވިއެވެ.

ފުރަތަމަ ކަމަކަށް އޭނާ ކުރި ކަމަކީ ސްޓްރީޓް ވިއު އިން ފެންނަނީ އޭނާގެ އަނބިމީހާ ކަން ކަށަވަރު ކުރުމެވެ. އެކަން ކަށަވަރު ކުރުމަށް ވަރަށް ގިނަ ކަންކަން ބެލިއެވެ.

ދެން އޭނާ އަނބިމީހާ އާއި ސުވާލު ކުރިއެވެ. ފޮޓޯ ފެންނަން ހުރުމުން އަނބިމީހާ އަށް އިތުރަށް ދެކޮޅު ހެދޭކަށް ނެތެވެ. އޭނާ އެއްބަސްވިއެވެ. ކައިވެނި ކޮށްގެން ހުރ ހިލޭ ފިރިހެނަކާއި ގުޅުން ބޭއްވި ކަމާއި ދެމީހުން ޕާކްތަކަށް ގޮސް ވަގުތު ހޭދަކޮށްފައި ވާނެ ކަމަށް އިއުތިރާފްވިއެވެ.

އަނބިމީހާގެ އަމިއްލަ އިއުތިރާފަށް ބަލައި ފިރިހެން މީހާ ވަނީ މިހާރު އެކައިވެނި ރޫޅާލަން ނިންމާފައެވެ. ވަރީގެ މައްސަލަ މިހާރު އޮތީ ކޯޓުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގޫގްލް ސްޓްރީޓް ވިއުގެ ސަބަބުން ބޭވަފާތެރިއެއްގެ ކިބައިން ދިރިއުޅުން ސަލާމަތް ކުރެވުނީތީ ފިރިހެން މީހާ ހުރީ ވަރަށް އުފަލުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މަމެން

  ތީހަމަ ތެދެއް. ތިޔަކަން ތިޔަހެން ވާތީ މަ މިހާރު މަގޭ އަތުގަ އޮތް އަގު ބޮޑު ސެމްސަންގް ގެލެކްސީ އެސް އެއިޓް ވެސަ ހަމަ ބިންމަތީގަ ޖެހި ޖެހީނުން ތަޅާ ކުދި ކުދި ކޮއްލާއިފިން. އޭގެ ފަހުން މިހާރު ހަމަ އެއްވެސް މައްސަލަ އެއް ނުޖެހޭ. ވަރި ވުމުގެ ކުރިން ފޯނު ތަޅާލީމަ މަ ސަލާމަތްވީ.

  • ހޮހޯ

   ލޮލް ސަޅި

 2. ނަން

  މި ދިރިއުޅުން ނިމުމަކަށް މި އަންނަނީ އުޅެން އެކަށީގެވާ ތަނެއް ނުލިބުމުގެ ސަބަބުން. ވަރަށް ދެރަ... ހުރިހާ ކަމެއް މުއްސަނދިންނަށް، ނިކަމެތިން ނިކަމެތިކަން މަތީ އަބަދަށް.

 3. ޝިޢާ

  ބޮޑެތި މީހުންގެ ތެރޭގައި ނަފްސާނީ ބަލި އެންމެ ގިނަވާ އެއްސަބަބަކީ ދެމަފިރިން އެކަކު އަނެކަކަށް ޚިޔާނާތްތެރިވުން. ދިވެހިރާއްޖޭގައި އެއީ އެމީހުންގެ އަމިއްލަކަމެކޭ ބުނުމުގެ ބަދަލުގައި ތެދުވެރި ވަފާތެރިވާން މީހުންނަށް ދަސްކޮށްދީ ޚިޔާނާތްތެރިވުމަކީ ކިހާނުބައި ކަމެއްކަން ދަސްކޮށްދޭން ފަށައިފިއްޔާ އިސާހިހަތު ނަފްސާނީ ވަރަށް ގިނަ މައްސަލަތަކަށް ޙައްލު ލިބި އެބަލީގެ މީހުން މަދުވާނެ. ސަބަބަކީ ވަފާތެރި ދެމަފިރީން ގިނަވެއްޖެއްޔާ އެއީ ކުދީންނަށް ނަމޫނާއަކަށްވެސް ވާނެތީ. އަދި ދެމަފިރީންގެ އަރާރުމާއި ޢާއިލާ ރޫޅުމުގެ ސަބަބުން ދިމާވާ ނަފްސާނީ މައްސަލަތަކަށް ޙައްލު ލިބޭނެތީ. މިހާރު ތަޢްލީމީ ނިޒާމުގައި ޚައްސަކޮށް އުޅޭ އަންހެންވެރީން އަމިއްލަ މިނިވަންކަމޭ ކިޔާ އުޅޭވަރުން އެމީހުންގެ ފަރާތުން ހިއްވަރުލިބިގެންވެސް ވަރަށް ބައިވަރު ޢާއިލާތައް ރޫޅިފައި އެބަހުރި. ބަޔަކު މިކަން ޕްރޫފްކުރަން ދިރާސާއެއްކުރިއަސް ފެންނާނެ ތަޢުލީމީ ނިޒާމުގައި ޚައްޞަކޮށް އަނހެންވެރީން އެމީހުންގެ ފިރީންގެ ބޮލުފައިންޖަހާފައި ގޮސްފައި ހުރިވަރު 99% ވަރުވާނެ. ދަރީންނަކީ މާތްﷲ ދެއްވާ އަމާނާތެއްކަން ދަނެ އެ އަމާނާތަށް ފަރުވާތެރިވާ މުޖުތަމަޢެއް ބިނާ ކުރެވިއްޖެއްޔާ ތިބަލީން މުޖުތަމަޢު ސަލާމަތްވީ. އެހެނވީމާ ތިކަން ފަށަންވީ ތަޢުލީމީ ނިޒާމުގެ ތެރެއިން. ޚައްޞަކޮށް އަނހެންވެރިންނަށް އެމީހުންނަށް އ ކުރެވެނީ ކިހާވަރު ކަމެއްކަން އެނގެންފެށި ދުވަހަކުން މެނުވީ ތިކަމަށް ޙައްލެއް ލިބޭކަށްނެތް. މިވާހަކަތައް މިކލިޔުނީ މިކަން ތަޖުރިބާކޮށް އަދި ވަރަށް ބައިވަރު ދިރާސާ ކޮށްފައި.