ސިއްހީ ބަލިމަނޑުކަމުގެ ސަބަބުން ކިޑްނީ ބަދަލުކުރުމަށް ފަހުގައިވެސް އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، އެކްޓަރުގެ އިތުރުން ފިލްމު ޕްރޮޮޑިއުސަރ ސެލީނާ ގޮމޭޒްގެ ބަލިހާލަތު އެއްކޮށް ރަނގަޅު ނުވާ ކަމުގައި ރިޕޯޓްތަށް ބުނަން ފަށައިފިއެވެ.

އެގޮތުން މިހާރުވެސް ސެލީނާ އަންނަނީ ނަފްސާނީ މައްސަލައެއްގެ ސަބަބުން އެމެރިކާގެ ކެލިފޯނިއާގެ އޮރެންޖް ކައުންޓީގެ ޓްރީޓްމަންޓް ސެންޓަރެއްގައި އެނދުމަތިވެ ފަރުވާ ހޯދަމުންނެވެ. ސެލީނާއާއި ހަވާލާދީ އޭނާގެ އާއިލާގެ ބައެއް މެންބަރުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ކިޑްނީ ބަދަލު ކުރުމަށް ފަހު ކޮންމެ މަހަކުހެން އެއްފަހަރު ސެލީނާއަށް ސިއްހީ އެކި މައްސަލަތަށް ކުރިމަތިވާ ކަމަށާއި އަދި ފަހަކަށް އައިސް ކޮންމެ ހަފްތާއަކު ދެފަހަރު ބަލިވެގެން ޑޮކްޓަރަށް ދައްކަން ޖެހެއެވެ.

ޓީއެމްޒީން ރިޕޯޓްކޮށްފައިވާ ގޮތުގައި 26 އަހަރުގެ ލަވަކިތުންތެރިޔާ ހެލްތު ސެންޓަރުގެ އެނދުމަތިކޮށްފައިވަނީ ނަފުސާނީ މައްސަލަތައް ބޮޑުވެގެން މީގެ ހަފުތާތަކެއް ކުރިން ލޮސް އެންޖެލިސްގެ ސިޑާޒް-ސިނައި މެޑިކަލް ސެންޓަރުގައި އެޑްމިޓްކޮށްގެން ފަރުވާ ވެސް ދީފައި ވަނިކޮށެވެ.

ސެލީނާ ވަނީ މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން ނަފުސާނީ ބައްޔަށް ފަރުވާ ހޯދާފައިވެއެވެ. އެގޮތުން އެންމެ ފަހުން ސެލީނާ ނަފުސާލީ ބައްޔަށް ފަރުވާ ހޯދީ 2016 އެވެ. އަދި އޭގެ ފަހުން 2014 ގައި ވެސް ފަރުވާ ހޯދާފައިވެ އެވެ.

ޓީއެމްޒީއިން ބުނި ގޮތުގައި ސެލީނާއަށް މި ފަހަކަށް އައިސް ވަރަށް ބޮޑަށް ޑިޕްރެޝަނާއި އެންޒައިޓީގެ މައްސަލަތަށް ވަަރަށް ކުރިމަތިވެއެވެ. ސެލީނާއަށް ނަފްސާނީ މައްސަލަތަށް ކުރިމަތިވަނީވެސް އެކަންކަމުގެ ސަބަބުން ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އެނޫހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ﷲ ޙަރާމް ކުރެއްވި ކަންތައް ކުރަންޏާ ތިހެން ވެދާނެ. ލަވަ ކިޔާ ޝައިތޯނާގެ ވަސްވާސްތަކަށް ހެއްލޭމީހުން އެ ޙަލަތުގަ ތިބޭނީ.

    • މަ

      މީ އީމާންތެރި ކަމާ ގުޅިފައޮންނަ ކަމެއް ނޫނޭ. ކިތަންމެ އީމާންތެރިޔަސް އަދި ކިތަންމެ އުފަލުގައުޅުނަސް މިކަހަލަކަމެއް ކޮންމެ މީހަކަށް ވެސް މެދުވެރި ވެދާނެއެވެ.