ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓްެެރެސް ސެލީނާ ގޮމޭޒްއަށް ނަފްސާނީ ބަލި ޖެހިގެން މެންޓަލް ފެސިލިޓީ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. މިއީ މި ހަފްތާ ތެރޭގައި އެ މައްސަލައާ ގުޅިގެން އޭނާ އެޑްމިޓް ކުރި ދެ ވަނަ ފަހަރެވެ.

ސެލީނާ ހޮސްޕިޓަލްގައި އެޑްމިޓް ކުރި ހަބަރު އިވުމާއެކު ގިނަބަޔަކު ދަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދި މެސެޖްތައް ކުރަމުންނެވެ. އަދި އެކަމާއި ހިތާމަ ކުރަމުންދާ މީހުންވެސް މަދެއް ނޫނެވެ. އޭގެ ތެރޭގައި ސެލީނާގެ ކުރީގެ ލޯބިވެރިޔާ ޖަސްޓިން ބީބާވެސް ހިމެނެއެވެ.

މީގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ސެލީނާ އާއި ޖަސްޓިންގެ ގުޅުން ކެނޑި ޖަސްޓިން ބީބާ ހޭލީއާ ކައިވެނި ކުރި ނަމަވެސް ސެލީނާގެ ބަލި ހާލަތު އެނގުމުން ޖަސްޓިން ހުރީ ބޮޑު ހައިރާންކަމެއްގައި ކަމަށް ވެއެވެ.

އަދި ޖަސްޓިން ހޭލީގެ ކާރުގެ ތެރޭގައި ރުއި މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯގައި ޖަސްޓިންގ ހޭލީއާއި ވާހަކަދައްކާ މަންޒަރު ފެންނައިރު، ޖަސްޓިން ވަރަށް ބޮޑަށް ލޯ އުނގުޅާ މަންޒަރުވެސް ފެނެއެވެ.

ސެލީނާ އާއި ޖަސްޓިންއަކީ ވަރަށް ލޯބި ޖޯޑެއްގެ ގޮތުގައި ގިނަބަޔަކު ދެކެމުންދިޔަ ދެ މީހުނެވެ. ނަމަވެސް ކުއްލިއަކަށް ދެ މީހުންގެ ގުޅުން ވަނީ ކެނޑިފައެވެ. އަދި އެ ގުޅުން ކެނޑުނުތާ މާ ގިނަ ދުވަހެއް ނުވަނީސް ޖަސްޓިން ފެނިގެން ދިޔައީ ހޭލީއާއެކުގަައެވެ.

އުމުރުން 26 އަހަރުގެ ސެލީނާ ވަނީ މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން ނަފުސާނީ ބައްޔަށް ފަރުވާ ހޯދާފައިވެއެވެ. އެގޮތުން އެންމެ ފަހުން ސެލީނާ ނަފުސާލީ ބައްޔަށް ފަރުވާ ހޯދީ 2016 އެވެ. އަދި 2014 ގައި ވެސް ފަރުވާ ހޯދާފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލިމްލީ

    އެގޮތުން އެންމެ ފަހުން ސެލީނާ ނަފުސާލީ ބައްޔަށް ފަރުވާ ހޯދީ 2016 އެވެ. އަދި އޭގެ (ފަހުން 2014 ގައި) ވެސް ފަރުވާ ހޯދާފައިވެ އެވެ. އެޭގެ ކުރިން ލިޔެބަ.

    • ޟަ

      ފަހުންނެކޭ ނެއްދޯ