ސައުދި އަރަބިއްޔާގައި ބައްޕައަކު ނަމާދުކޮށް ނިމެންދެން ދަރިފުޅު ބަލައިދިން ސެކިއުރިޓީ އޮފިސަރަކަށް އެތައް ބައެއްގެ ލޯބި ލިބެންް ފެށި، އެ މަންޒަރު ފެންނަ ފޮޓޯތައް މީސް މީޑިއާގައި ދައުރުވާން ފެށުމުންނެވެ.

މަދީނާގެ މަސިޖިއްދު ނަބަވީގެ ސެކިއުރިޓީއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ އެ މީހާ ކުއްޖަކު އުރައިގެން ހުރި މަންޒަރު ފެންނަ ފޮޓޯތައް ދަރުވަމުން އަންނައިރު، ގިނަބަޔަކު ދަނީ އެ ސެކިއުރިޓީ އޮފިސަރަަށް ތައުރީފް ކުރަމުންނެވެ.

އެ އޮފިސަރު އެ މީހާގެ ދަރިފުޅު އުރައިގެން ހުރުމުން، އޭނާގެ ނަމާދު ވަރަށް ފަސޭހައިން ކުރެވިއްޖެއެވެ.

މަސްޖިދުއް ނަބަވީގެ އިންފޮމޭޝަން އޮފިސަރު ބުނީ، އެ މަންޒަރުތަކުންފެ ފެންނަނީ އެތަނުގައި ނަމާދު ކުރުމަށް އަންނަ މީހުންނަަށް އެތަނުގައި މަސައްކަތް ކުރާ ސެކިޔުރިޓީން އިހްތިރާމް ކުރާ މިންވަރު ކަމަށެވެ.

އެ ބައްޕައަށްޓަކައި، ދަރިފުޅު އުރައިގެން ހުރި ސެކިއުރިޓީ އޮފިސަރު ކުރި މަސައްކަތް ވަނީ ވަރަށް ބޮޑަށް ބަލައިގަނެފައެެވެ. އަދި އެއީ އެ މީހުންގެ ވަޒީފާގެ ބައެއް ނޫންކަމުގައި ވިޔަސް، އޭގެން ދައްކައިދެނީ ނަމާދު ކުރުމަށް އެތަނަށް އަންނަ އެއްވެސް މީހަކަށް އެ ސެކިޔުރިޓީންނަކީ ދުރުހިލޭ ބަޔަކަށް ނުވާނެ ކަން ކަމަށްވެސް އެ އޮފިސަރު ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވިލްސަން
  2. ޢަފްލާ

    ޢަލްހަމްދު ލިއްލާހި

  3. އީމް

    މާޝާﷲ

  4. މަންމަ

    އަހަރެމެން ވެސް ތިބެން ދަރިން އުރައިގެން ބައްޕަ ކންތައް ކުރާދެެެން

    • ބައްޕަ

      ކަލޭ ތީ ސެކިއުރިޓީއެއް ތި؟؟