އުމުރުގެ ދޮށީ ވީމާ އަމިއްލަ ސިއްހަތަށް ވިސްނައިގެން އުޅޭ މީހުން ރާއްޖޭގައި މަދު ކަމަށް ބުނެވިދާނެއެވެ. އަދި ހާއްސަކޮށް އަންހެނުން ފާހަގަކޮށްލެވެ. އަދި އުމުރުން 30 އަހަރަށް ފުރުނީމާ ބަރުދަން ލުއިކުރުމަކީ ނުވާނެ ކަމެއްކަމަށްބުނެ ހިތްވަރު އެލުވާލައެވެ. ނަމަވެސް މިކަންކަން ކޮށްލުމުން ބަރުދަން ލުއިކޮށް ދިނުމަށް އެހީވެދޭނެއެވެ.

ގިނައިން ޕްރޮޓީން ބޭނުންކުރުން

މީހާ ހެދިބޮޑުވާ ވަރަކަށް އެމީހެއްގެ މެޓަބޮލިޒަމް ރޭޓް ދާނީ ދަށްވަމުންނެވެ. އެގޮތުން ރަނގަޅު ޑައިޓެއް ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެވެ. ހާއްސަކޮށް ބަރުދަން ލުއިކުމުގެ މަސައްކަތްކުރާނަމަ ދުވަސް ފަށަންވާނީ ހަށިގަނޑަށް ފައިދާހުރި ކާނާއަކުންނެވެ. އެގޮތުން ހެނދުނުގެ ނާސްތާގައި ޕްރޮޓީންސް ހިމެނުމަށް ހާއްސަ ސަމާލުކަން ދިނުމުން ގިނައިރު ބަޑުހައިނުވެ ހިފަހައްޓާލަދެއެވެ.

ހަކުރު ބޭނުންނުކުރުން

މޭވާއާއި ތަރުކާރީއަކީ ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމަނަންޖެހޭ އެއްޗެއްސެވެ. އަދި ރޮލާ ކެއުމުގެ ބަދަލުގައި އޮރެންޖް ފަދަ ތަކެތިން ފަނިތަށްޓެއް ބޯލުމުން ވެސް އެ މޭވާގެ ފައިދާ ލިބެއެވެ. ނަމަވެސް އޮރެންޖް ފަނިތަށްޓަށް އޭގައި އެކުލެވޭ ގުދުރަތީ ފޮނިރަހައިގެ ބަދަލުގައި ހަކުރު ބޭނުންކުރާނަމަ އޭގެން ލިބެންޖެހޭ ފައިދާއެއް ނުލިބެއެވެ. އެހެންކަމުން ގުދުރަތީގޮތުންދޭ ރަހައިގެ އިތުރަށް ހަކުރު ނޭޅުމަށް އާދަކުރާށެވެ.

ސްޓްރެސްވުމާއި ދުރުވުން

ދިމާވާ ކަންކަމާ ވިސްނާ މީހާގެ މުޅިދިރިއުޅުން އަނދަވަޅަކަށް ވެއްޓިގެން ދިޔަ ނުދޭށެވެ. ވާހަކަތައް އިތުބާރުކުރެވޭ މީހަކާ ހިއްސާކޮށް އެ ކަންކަމާ ފިކުރުކުރުން މަދުކުރާށެވެ. ކަންކަމާ ވިސްނާ ފިކުރުކުރުމުން ސިއްހަތަށް ދޭންޖެހޭ ސަމާލުކަން ކުޑަވެ ޑިޕްރެޝަންއަށް މަގުފަހިވެއެވެ.

ކަސްރަތުކުރުން

ދުވަހުގެ ތާވަލުގައި ކަސްރަތުކުރުމަށް ވަގުތު ހުސްކުރާށެވެ. އަދި ކަސްރަތުކުރަން ފަށަންވާނީ ތަމްރީންލިބިފައިވާ ފަރާތްތަކުގެ އެހީއާއި އެކުގައި އެވެ. އެގޮތުން އެ ކަސްރަތުން ހަށިގަނޑަށް ލިބިގެންދާ ފައިދާތަށް އެގި، ގައިގަ ރިއްސުމުން ދުރުކޮށްދެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކްރޯޑް

    ހިކޭނެ ގޮތްތައް ނޭނގެނީކީ ނޫނޭ އެގޮތަށް މަސައްކަތް ނުކުރެވޭތީ ނުހިކިގެން މިއުޅެނީ

    28
    1
  2. ޝީޝާ

    ހިކޭނެ ގޮތްތައް ނޭނގެނީކީ ނޫނޭ އެގޮތަށް މަސައްކަތް ނުކުރެވޭތީ ނުހިކިގެން މިއުޅެނީ

    22
  3. ހައި

    ހިކޭނެ ގޮތްތައް ނޭނގެނީކީ ނޫނޭ އެގޮތަށް މަސައްކަތް ނުކުރެވޭތީ ނުހިކިގެން މިއުޅެނީ

  4. ފުޅި މަދު ފާޚާނާ

    ކަންނެއް ކަމުން އެކްސަސައިޒް ވެސް ނުކުރެވެނީ... އެންޑް އޮލްސޯ ވީ ޑޯންޓު ހޭވް އިނަފް ޓައިމް.. ޕުއަރ އަސް... ވީ ހޭވް ބިގް ސްޓޮމަކް އޮލްސޯ.. ޕުލީޒް ބަނޑު ހިންދާ ގޮތް އާރޓިކަލް އެއްގަ ގެނެސް ދީބަ....

  5. ފެނު ކެއްކި

    ހިކޭނެ ގޮތްތައް ނޭނގެނީކީ ނޫނޭ އެގޮތަށް މަސައްކަތް ނުކުރެވޭތީ ނުހިކިގެން މިއުޅެނީ

  6. ހޫ

    ހިކޭނެ ގޮތްތައް ނޭނގެނީކީ ނޫނޭ އެގޮތަށް މަސައްކަތް ނުކުރެވޭތީ ނުހިކިގެން މިއުޅެނީ

  7. ލާލާ

    ޑިޕުރެޝަން އަށް ވެސް ދާނެދޯ!
    އަދިވެސް ސުކޫލް ތަކުގަވެސް މުޖުތަމައުގަވެސް
    ދިމާކުރުން ނުހުއްޓޭވީޔަ!
    ދެން މީހަކުމަރުވީމަ ބުނާނެ މަރުވެއްޖެ!
    މަގޭވާ ރަނގަޅު ދުނިޔޭގަ ހުރިކަންވެސް!
    ފަލަވީމަ އެކަނިތަ ޑިޕުރެޝަން އާ ހިސާބައްދަނީ!