ބައެއް މީހުންނަކީ ކުކުޅު ދެކެ ބިރުން އުޅޭ ބައެކެވެ. ހާއްސަކޮށް އަންހެނުންނެވެ. އާއްމުކޮށް ގިނަ ބަޔަކު ކުކުޅެއް ފެނިއްޖެ ނަމަ އުޅޭނީ ތެޅި ފޮޅޭ ވައްތަރަށެވެ. އަދި އޭގެން އެއްޗެއް ފަހަތުން އަންނަ ނަމަ، އެ ދިޔައީ ކައިރީގައި ތިބި މީހުންގެ ޒަމާނެއެވެ. މުޅި ސަރަހައްދުގައި އެ މީހުން އެނބުރޭނެއެވެ. އަދި އެ ކުކުޅުވެސް އުޅޭނީ އެ މީހުން ބިރު ގަންނަވަން ވެގެންނެވެ.

މިއީވެސް އެފަދަ ހާދިސާއެކެވެ. އިނގިރޭސިވިލާތުގެ ޔުނިވާސިޓީއެއްގައި ކިޔަވަމުންދާ ދަރިވަރެއްގެ ފަހަތުން ދިޔަ ކުކުޅެއްގެ ސަބަބުން އޭނާ ދުވެ ނަގާ މަންޒަރު އެ ވީޑިއޯއިން ފެންނައިރު، އެތައް ބަޔަަކަށް އެ ވީޑިއޯ ބަލައިފިއެވެ. އެތައް ބަޔަކު އެ މަންޒަރު ބަލާ މަޖާކުރިއެވެ. އަދި އެ މީހާއަށް މަލާމަތްވެސް ކުރިއެވެ.

މިހާރު އެ ވީޑިއޯ ކޮޅު ބޭނުންކޮށްގެން މީމްތައްވެސް ވަނީ ހަދާފައެވެ. ޓްވިޓާ މެދުވެރިކޮށް ހިއްސާކޮށްފައިވާ ވީޑިއޯ ކޮޅު އެތައް މިލިއަން މީހުން ބެލިއިރު، އެ ވީޑިއޯ ޓްވީޓް ކުރީ ބޯޒް މާރބާޗްއެެވެ.

އޭނާ މަސައްކަތް ކުރާ ތަނުގެ ސީސީޓިވީ ފޫޓޭޖަށް އަރާފައިވާ އެ ވީޑިއޯ އޭނާ ހިއްސާކޮށްފައިވާއިރު، އޭނާ ބުނީ، އެ ކުކުޅު އޭނާ ފަހަތުން ދުވީ އޭނާއާއެކު މަސައްކަތް ކުރާ އަންހެނުންތައް އެ ކުކުޅު ދެކެ ބިރުގަންނާތީ ކަމަށެވެ.

"އެހެންވެ އަހަރެން ލައްވާ އެ މީހުން މަސައްކަތް ކުރުވީ އެ ޖުކުޅު އެތަނުން ބޭރު ކުރަން". މާރބާޗް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު މޫސާ

    ކުކުޅެއް ނޫން. ހާލެއް އޭނާގެ ފަހަތުން ދުވަމުން އައީ. ހާ ވަރަށް ރުޅިގަދަވާނެ ބައެއް ފަހަރު.

    • ކިޔާ

      ކުކުޅުވެސް ވ.ރުޅި ގަދަވާނެ.ހާއްސަކޮށް ފިޔޮއް ކުކުޅު.ލޯބިން ކުޑަ ފިޔޮކެއްގެ ގައިގަ އަތްލާން އަތްދިއްކޮއްލިޔަސް ނިމުނީ.ކަކަކަ ލައްވަމުން ރުޅިއައިސް ފުއްޕާލާފަ ފުންމައިގެން އަންނާނެ އެމީހަކާ ދިމާލަށް.މަވަރަށް ބިރުގަނޭ ފިޔޮއް ކުކުޅުދެކެ.