ފޯންގެެ ދުނިޔޭގައި އެޕަލް އަދި ސެމްސަންގްއަކީ އަބަދުވެސް ވާދަ ކުރާ ދެ ކުންފުންޏެވެ. އެޕަލްގެ އެންމެ ފަހުގެ ފޯންތަކާއި ސެންސަންގްގެ އެންމެ ފަހުގެ ފޯނުތަކާއި އަޅާ ކިޔާ އެތަނުން އެންމެ ރަނގަޅީ ކޮ ންފޯނެއްތޯ އަބަދުވެސް މީހުން ބަލައެވެ.

މިފަހަރުވެސް މިކަހަލަ ޓެސްޓެކެވެ. ފޯން ބަފް ނަމަކަށް ކިޔާ ކުންފުންޏަކުން މިވަނީ ސެންސަންގްގެ އެންމެ ފަހުގެ ފޯން ސެމްސަންގް ގެލެކްސީ ނޯޓް 9 އަކާއި އައިޕޯންގެ އެންމެ ފަހުގެ ފޯން އައިފޯން ޓެން އެކްސް މެކްސްގެ ބެޓްރެރީ އާއި އަޅާ ކިޔާފައެވެ.

ސެމްސަންގް ގެލެކްސީ ނޯޓް 9 ގެ ބެޓްރީއަށް ބަލާލާއިރު، މިބެޓެރިއަކީ 4,000 މިލިއެންޕެއަރގެ ބެޓްރިއެކެވެ. އަދި އައިފޯން ޓެން އެކްސް މެކްސްގެ ބެޓްރިއަކީ 3,174 މިލިއެންޕެއަރގެ ބެޓްރިއެކެވެ.

ބެޓްރީ ޓެސްޓްގައި އާއްމުކޮށް ފޯނުން ބޭނުންކޮށް އުޅޭ ހުރިހާ ކަމެއް ކުރެއެވެ. މިގޮތުން ޓެކްސްޓް ކުރުމާއި ގުޅުމާއި ފޮޓޯ ނެގުމާއި މިފަދަ ކަންކަން ކުރެއެވެ. މިޓެސްޓް ފެށިއިރު ކުރީގައި އޮތީ އައިޕޯންއެވެ. ސަބަބަކީ ފުރަތަމަ ކޯލް ކުރުމުން އައިފޯން ޓެން މެކްސްގެ ބެޓްރިން އުނިވީ އެންމެ 3 އިންސައްތައެވެ. ނަމަވެސް ސެމްސަންގް ގެލެކްސީ ނޯޓްގެ ބެޓްރީ ޕަސެންޓޭޖްއިން 5 އިންސައްތަ އުނިވެފައިވެއެވެ.

ނަމަވެސް ފަހުން ފޯން ބޭނުން ކުރަން ފެށުމުން އައިޕޯންގެ ބެޓްރީ އަވަހަށް ހުސްވިއެވެ. އައިފޯން ޓެން އެކްސް މެކްސްގެ ބެޓެރީ އެއްކޮށް ހުސްވިއިރު, ސެމްސަންގް ގެލެކްސީ ނޯޓް 9 ގައި 37 އިންސައްތަ ޗާޖް ހުއްޓެވެ.

ބެޓްރީގައި ޗާޖް ހުންނަ މިންވަރަށް ބަލާ އައިފޯންއަށްވުރެ ކުރީގައި ސެމްސަންގް އުޅުނު ކަމުގައި ވީނަމަވެސް، ޕާފޯމޭންސްއަށް ބަލާ ކުރީގައި އުޅެނީ އައިފޯންއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަލީ

    4000 އާއި 3174 އަޅާ ނުކިޔޭނެ ދޯ...

    • ސެމްސަންގް

      ނޯޓުން ބޭނުންކުރީ 2520. އައިފޯނުން 3174. ކަޑަ؟

  2. ޓެކްނީޝަން

    ކޮބާ ޕާފޯމަންސް ރަނގަޅުވެފަ ؟ އައިޕޯން ބެޓަރީ ތިވީ ހުލި ވިއްޔާ..

  3. ބެއްޔާ

    އެޕަލްގަ ފޭސް އެއް އިމޯޖީ އެއް ފެންނާކަށް ނުހުރޭ.. ކިހިނެއް ލަދުގަތީމަ ޔޫ މެންނަށް އިނގެނީ.؟

  4. މަބޫ

    ކަލޭ ހަމަ އެއްޗެއް ލިޔެލީދޯ ލަދޭ ހަޔާތޭ ކިޔާގެން

  5. ާަަައާފަލު

    ޢަޅޭ މަ ބޭނުމީ މޮޓޮރޮޢްލާ ފޯނެކޭ. ޢެޕަލް ކަޑަ. ސޮމްސޮންގޫ ވެސް ކަޑަ .

  6. އައިފޯން

    ސެމްސަންގް އައް އެޕަލްއާ ކައިރިވެސް ނުކުރެވޭ
    ލަދު ހަޔާޔް ކޮބާތަ

  7. ހާފިދް ފަޤީހް

    ސެމްސަންގް އަކީ އެޕަލް މާމަ

  8. ޢިބޫ ސޯލިހު

    ޢެކަތީގެބެޓަރިއެމްޕެއަރބޮޑު އަނެކަތީގެބެޓަރިއެމްޕެއަރކުޑަ އެހެންވީމަ ބެޓަރިއެމްޕެއަރ ކުޑައެތި އަވަހަށް ބާރުގޮސްފަތިއޮތީ ދެންކޮންކަމަކާލަދުގަންނަންޖެހެނީ

  9. ފޮނި

    އާނ... ތިއޮތީ ތާކު ނެތްވަރު މޮޅު ޓެސްޓެއް ހެދިފަ. ދެންތިބޭ މަޑުން ހެޔޮނުވާނެ..

  10. ޔާންބެ

    ސެމްސަންގް ވަރެއް ނެތް ހަމަ!!1

  11. އައިފޯން

    ޕަފޯމަންސް ރަނގަޅީ އެޕަލްވިއްޔާ ކޮންކަމަކާ ލަދުގަންނަންވީ..؟ ލޮލް?

  12. އެޕަލް

    މިއޮތީ ކޮންމެވެސް އެއްޗެކޭ ކިޔާފަ ދޭތެރެ ޖައްސާފަ. ލަދު ގަންނަވާލައިފިޔޭ ބުނެފަ