މަޝްހޫރު މީސް މީޑިއާ މަންސަ، އިންސްޓަގްރާމް މެދުވެރިކޮށް، ތުއްތު ކުދިން ވިއްކި ބަޔަކު އިންޑޮނޭޝިއާ އިން ހައްޔަރު ކޮއްފިއެވެ.

މި ވިޔަފާރި ފަޅާއަރުވާލައި އިންޑޮނޭޝިޔާގެ ފުލުހުން ވަނީ ވިޔަފާރި ކުރަމުންދިޔަ ކަމުގެ ކުށުގެ ތުހުމަތުތަކުގައި 4 މީހަކު ހައްޔަރުކޮށްފިއެވެ.

އިޖުތިމާއި ހަރަކާތްތަކެއް ހިންގާ ބައެއް ގޮތަށް ދޭހަވާ ގޮތަށް ހިންގަމުންދާ މި އެކައުންޓްގައި، ތުއްތު ކުދިން ގަތުމުގެ ވިޔަފާރިއާއިގެން ކުރިއަށް ދިއުމަށް ހާއްސަކުރެވިފައިވާ ވަޓްސްއެޕް ނަންބަރު ތަކާއި މާބަނޑު އަންހެނުންނާއި، މާބަނޑު އަންހެނުންގެ ބަނޑުގެ ސްކޭންތަކުގެ އިތުރުން ތުއްތު ތުއްތު ކުދިންގެ ފޮޓޯތައްވެސް ވަނީ ޕޯސްޓްކޮށްފައެވެ.

އިންޑޮނޭޝިއާ ފުލުހުންވަނީ ޗީފް ޑިޓެކްޓިވް ކާނަލް ސުދާމިރަން ވިދާޅުވީ، ދަރިން އެޑޮޕްޓް ކުރަން ބޭނުންވާ މީހުން މި އެކައުންޓް މެދުވެރުކޮށް ތުއްތު ކުދިން ގަންނަ ކަމަށެވެ.

މި އެކައުންޓް ފޮލޯ ކުރާ 700 އެއްހައި މީހުން ތިބިއިރު، ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ނިންމާލަނީ ވަޓްސްއެޕް މެދުވެރިކޮށް ކަމަށް ވެއެވެ. މި އެކައުންޓް މެދުވެރިކޮށް ތުއްތު ކުދިން ވިއްކަމުން ދަނީ ގާތްގަނޑަކަށް 900 އެއްހައި ޑޮލަރަށެވެ.

އިންޑޮނޭޝިއާގެ ޗައިލްޑް ޕްރޮޓެކްޝަން ކޮމިޝަނުން ބުނީ، ކުޑަކުދިން ގަނެވިއްކުމުގެ ހާދިސާތައް އެގައުމުގައި މީގެ ކުރިންވެސް ހިނގާފައިވާކަމަށެވެ.

މީގެ އިތުރުން މި ވިޔަފާރީގެ އެއް މުއާމަލާތަކަށް ފުލުހުންނަށް ހުރަސް އެޅުނު ކަމަށާއި، ނަމަވެސް ވިއްކާލި ތުއްތު ކުއްޖާ ސަލާމަތް ނުވި ކަމަށާއި އެ ކުއްޖާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް ކަމަށް އިންޑޮނޭޝިއާ ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި އެކައުންޓް މެދުވެރިކޮށް ދަރިފުޅު ވިއްކާލަން ބޭނުންވާ މާބަނޑު މީހުންގެ އޮޕަރޭޓަރާއި ކޮށްފައިވާ މުއާމަލާތްތަކުގެ މައުލޫމާތުވެސް މި އެކައުންޓްގައިވަނީ ޕޯސްޓްކޮށްފައެވެ.